Roadha Mihaaru
"ސިގްނަލް" އިން ވަޓްސްއެޕް ކޮޕީކުރަނީ

"ސިގްނަލް" އިން ވަޓްސްއެޕް ކޮޕީކުރަނީ

30 ޖެނުއަރީ 2021

ވަޓްސްއެޕުން ދާދި ފަހުން އިއުލާންކުރި އުސޫލަކާ ހެދި، އެ ބޭނުންކުރާ މީހުން ރުޅިގަދަވެ އެތައް ބަޔަކު "ސިގްނަލް" ބޭނުންކުރަން ފެށުމާ އެކު އެ ޕްލެޓްފޯމުން ވަޓްސްއެޕްގެ ބައެއް ފީޗާތައް ކޮޕީކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕުން ދާދި ފަހުން އިއުލާންކުރި އުސޫލަކާ ހެދި، އެ ބޭނުންކުރާ މީހުން ރުޅިގަދަވެ އެތައް ބަޔަކު "ސިގްނަލް" ބޭނުންކުރަން ފެށުމާ އެކު އެ ޕްލެޓްފޯމުން ވަޓްސްއެޕްގެ ބައެއް ފީޗާތައް ކޮޕީކުރަން ފަށައިފި އެވެ.

"ސިގްނަލް" އަކީ މީގެ ހަ އަހަރު ކުރިން ޖުލައި 29، 2014 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. މިއީ ސިގްނަލް ޓެކްނޮލޮޖީ ފައުންޑޭޝަނާއި ސިގްނަލް މެސެންޖާ އެލްސީސީން ގެނެސްދިން އެންކްރިޕްޓެޑް މެސެޖިން ސާވިސްއެކެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސިގްނަލް" ބޭނުންކުރާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމާއެކު އެ ޕްލެޓްފޯމުން ވަޓްސްއެޕްގެ ބައެއް ފީޗާތައް ކޮޕީކޮށް، އަދިވެސް ވަޓްސްއެޕްގައި ހުރި މުހިއްމު ގިނަ ފީޗާތަކަކާ އަންނަނީ ވިސްނަމުންނެވެ.

މިހާރު ކޮޕީކޮށްފައިވާ ފީޗާތަކުގެ ތެރޭގައި ވަޓްސްއެޕް ގްރޫޕް ޗެޓްތައް ކަސްޓަމައިޒްކުރެވޭ ގޮތަށް ހުންނަ ފީޗާތަކާއި ޗެޓްލޮގްގެ ބެކްގްރައުންޑްގެ ވޯލްޕޭޕަރު ބަދަލުކޮށްލެވޭ ގޮތަށް އިނުމާއި އެއްފަހަރާ ވީޑިއޯ ކޯލް ހަދައިލެވޭ މީހުންގެ އަދަދު އަށަކަށް އިތުރުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ވަޓްސްއެޕްގައި އިންނަ "އެބައުޓް" ފީޗާއާ އެއްގޮތަށް ސިގްނަލްގައި ވެސް ހަމަ އެފަދަ ފީޗާއެއް ހިމަނާފައިވެ އެވެ.

"ސިގްނަލް" ބޭނުންކުރާ މީހުންގެ އަދަދު މިހާރު 40 މިލިއަނަށް އަރަ އެވެ.

ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރަ އެވެ.