08 ނޮވެމްބަރ 2016
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިއަދު ހުށަހެޅި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމަށް މެމްބަރުންނަށް ގާތްގަނޑަކަށް ހަފުތާއެއްގެ މުއްދަތު ދީފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިއަދު ހުށަހެޅި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމަށް މެމްބަރުންނަށް ގާތްގަނޑަކަށް ހަފުތާއެއްގެ މުއްދަތު ދީފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަން މެމްބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އެހެންކަމުން ބަޖެޓު ދިރާސާކުރަން މެމްބަރުންނަށް ހަ ދުވަސް ލިބޭނެ އެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތްތައް ކޮމެޓީގައި ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.
އާންމު ކޮމެޓީން ވަނީ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް ނިންމައިފަ އެވެ. އެއީ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓާއި ކޮމެޓީ ރިޕޯޓު ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ހަތް މިނެޓެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން އެ ބަޖެޓު ދިރާސާ ކުރާނީ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ ގުޅިގެންނެވެ.
މާލިއްޔަތު ކޮމެޓީގައި ތިއްބަވަނީ ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު، ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް، ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން ޝަހުދީ، ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު، ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު، ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް އަދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރެވެ.
އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް، ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ފަޒާދު، މަޑަވެލީ ދާއިރާގެ ޕީޕީއެމް މެމްބަރު މުއާޒް މުހައްމަދު ރަޝީދު، ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ، ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ، މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް، ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް އަދި ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލެވެ.
އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ބަޖެޓުގެ ތެރެއިން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި ހަރަދުގެ 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.
ބަޖެޓު ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ކުރާ ހަރަދު (7.2 ބިލިއަން ރުފިޔާ، 26.7 ޕަސެންޓް) އާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު (10.3 ބިލިއަން ރުފިޔާ، 40.2 ޕަސެންޓް) އާއި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދު (3.5 ބިލިއަން ރުފިޔާ، 12.5 ޕަސެންޓް) އަދި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމުގެ ހަރަދު (5.9 ބިލިއަން ރުފިޔާ، 20.6 ޕަސެންޓް) އެވެ.
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
ފުރާ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގަނީ
މަޖިލީހަށް ބަޖެޓު ފޮނުވައިފި، 26 ބިލިއަން ރުފިޔާ
ބަޖެޓުގެ އިގްތިސާދީ މިންގަނޑުތަކާ ބެހޭ މަޝްވަރާކޮށްފި
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
މާލީ ހާލަތުގެ ހަގީގަތް ކިޔައިދޭން ނާޒިމްގެ އިލްތިމާސް