08 ނޮވެމްބަރ 2016
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިހާރު ނަގަމުން އަންނަ ބައެއް ޓެކްސްތައް ބޮޑުކޮށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ވެސް 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނުވަތަ ޓެކްސްއެއް އަންނަ އަހަރުން ފެށިގެން ނަގަން ސަރުކާރުން ނިންމައިފި އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިހާރު ނަގަމުން އަންނަ ބައެއް ޓެކްސްތައް ބޮޑުކޮށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ވެސް 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނުވަތަ ޓެކްސްއެއް އަންނަ އަހަރުން ފެށިގެން ނަގަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ.
އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި ކަމަކަށެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ މާސްޓާ ޕްލޭންގެ ކުރެހުމެއް: އާ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުން. ފޮޓޯ: ނިޝާން އަލީ /މިހާރު
ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓްގައި، ގެސްޓް ހައުސް ތަރައްގީކުރަން ބިން ހިއްކުމަށްފަހު ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ބޮޑު އާމްދަނީއެއް ހޯދަން ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން އަކަފޫޓެއް 1،000ރ.ގެ މަގުން 500،000 އަަކަފޫޓު ވިއްކައިގެން 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް އެއީ ކޮން ސަރަހައްދަކުން ބިން ހިއްކައިގެން ލިބޭ އާމްދަނީއެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން އަލަށް ހިމެނި އެއް ކަމަކީ މާލެ ސަރަހައްދުގެ ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، ހަތަރު ފުރޮޅު އަދި ދެ ފުރޮޅު ލީ އުޅަނދުތަކުން ކޮންޖެޝަން ފީއެއް ނެގުމެވެ. ސަރުކާރުން ވަނީ އުޅަނދުތަކުގެ ފީ ނެގުމުގެ ސިޔާސަތަށް ބަދަލު ގެނެސް 261 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.
އާމްދަނީ އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު ވެސް ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން މިހާރު ސިނގިރެޓަކުން ނަގާ ޓެކްސް 1.75ރ. އަށް ބޮޑުކޮށްގެން 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ފިޒީ ޑްރިންކްސް އާއި އެނާޖީ ޑްރިންކްސް އިން 20 ޕަސެންޓްގެ އެޑްވޮރަމް ޓެކްސްއެއް ނަގަން ވެސް ނިންމާފައިވެ އެވެ. އެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ސަރުކާރުން ވަނީ ޓެކްސީކުރުމަށް ކާރާއި ޕިކަޕްގެ 400 ލައިސަންސް އަންނަ އަހަރު އަލަށް ވިއްކަން ނިންމައި އެއިން އާމްދަނީގެ ގޮތުގައި 12 މިލިއަން ރުފިޔާ ކަމަށް އަންޒާދާ ކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ސަރުކާރު ހިއްސާ ކުންފުނިތަކުގެ ޑިވިޑެންޑް ޕޮލިސީ 60 ޕަސެންޓަށް ބޮޑުކޮށްގެންނެވެ. އެގޮތުން ޑިވިޑެންޑް ބަހާ އުސޫލް ބަދަލުކުރުމުން 1.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ބަޖެޓްގައި ވެސް އެސްއީޒެޑުގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ފީއެއް ހިމަނާފައިވެ އެވެ. އެއީ 500 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ހުށަހެޅުއްވި ކަންތައްތަކުން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޑް ބަހާ އުސޫލަށް ބަދަލު ގެނައުމުން ލިބޭ އާމްދަނީ ހިމެނުމުން 3.5 ބިލިއަނަށް އިތުރުވާނެ އެވެ.
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ސަރުކާރުން ބޭނުންވަނީ ދިވެހިންގެ އަތުން އޭޑީސީ ނަގަން
ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ހަފުތާއެއް ދީފި
ބަޖެޓަށް 26.8 ބިލިއަން، އާމްދަނީ 21.9 ބިލިއަން
ބަޖެޓުގެ އިގްތިސާދީ މިންގަނޑުތަކާ ބެހޭ މަޝްވަރާކޮށްފި
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ