Roadha Mihaaru
އެޑްމިނިސްޓްރޭޓަރުން ނެގުން ހުއްޓާލުމުގެ އަމުރަށް ތާއީދު

ނުވަ ކޯޓަކަށް އެޑްމިނިސްޓްރޭޓަރުން ނެގުން ހުއްޓާލަން ނެރުނު އަމުރު ހައި ކޯޓުން ދަމަހައްޓައިފި

28 ޖެނުއަރީ 2021

ނުވަ ކޯޓަކަށް ކޯޓު އެޑްމިނިސްޓްރޭޓަރުން އައްޔަންކުރުން ހުއްޓާލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުވަ ކޯޓަކަށް ކޯޓު އެޑްމިނިސްޓްރޭޓަރުން އައްޔަންކުރުން ހުއްޓާލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު ބަދަލުކޮށް، ކުރިން ތިބި އެޑްމިިނިސްޓްރޭޓަރުންގެ ތެރެއިން ވަކި މިންވަރަކަށް މާކްސް ނުލިބޭ މީހުން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ނުވަ މީހަކު އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޑީޖޭއޭގެ މައްޗަށް އަމުރު ނެރެފައިވަނީ އެ މައްސަލަތައް ނިމެންދެން އެ މަގާމުތަކަށް އާ މީހުން އައްޔަން ނުކުރުމަށެވެ.

އެ ނިންމުން އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ނުވަ މީހުން ކޯޓު އެޑްމިނިސްޓްރޭޓާގެ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިމުމުގެ ކުރިން އެ ވަޒީފާތަކަށް އާ މީހުުން އައްޔަންކޮށްފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުމެއް އެ މީހުންނަށް ލިބިދާނެ ކަމަށެވެ. އަދި ދާއިމީ މުވައްޒަފުން އެ މަގާމުގައި ނެތުމުން ޖޭއެސްސީ އަށް ކުރިމަތިވެފައިވާ ދަތިކަން ވަގުތީ ގޮތުން ހައްލު ކުރެވޭނެ ކަމަށާއި އެކަމަކު ދާއިމީކޮށް ބަޔަކު ނަގައިފި ނަމަ، ލިބޭނެ އިއާދަ ނުކުރެވޭނެ ގެއްލުން ބޮޑުވެދާނެ ކަމަށް އެ ހުކުމުގައިވެ އެވެ

އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.