21 ޖެނުއަރީ 2021
ކެނެޑާ މީހަކު އޭނާގެ އަމިއްލަ ރެސްޓޯރަންޓުގެ މެނޫ ރިވިއުކޮށް "ފާޑުކިޔުމުން" ކަސްޓަމަރުން އިތުރުވެ ވިޔަފާރި ރަނގަޅުވެއްޖެ އެވެ.
ކެނެޑާ މީހަކު އޭނާގެ އަމިއްލަ ރެސްޓޯރަންޓުގެ މެނޫ ރިވިއުކޮށް "ފާޑުކިޔުމުން" ކަސްޓަމަރުން އިތުރުވެ ވިޔަފާރި ރަނގަޅުވެއްޖެ އެވެ.
މޮންޓްރިއަލްގައި ފީގަންގް ފީ ކިޔާ މީހާ ހިންގާ ޗައިނާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓް "ކުއިޒިން އާންޓް ޑާއީ" ގެ މެނޫގެ ވާހަކަ ޓްވިޓްކުރީ އެތަނުގެ ކެއުންތައް ތަޖުރިބާރުކުރި ކިމް ބްލެއާ ކިޔާ މީހެކެވެ.
މެނޫގައި ހިނަމާފައިވާ ޑިޝްތަކުގައި ފީގަންގް އަމިއްލަ އަށް ލިޔެފައިވާ ރިވިއުތަކުގެ ސްކްރީންޝޮޓްތަކާ އެކު ކިމް ޓްވިޓާގައި ހިއްސާކުރީ އެތަނަކީ އޭނާ އަށް އެންމެ ކަމުދާ ޗައިނީޒް ރެސްޓޯރަންޓް ކަމަށް ބުނަމުންނެވެ. އަދި އެތަނުގެ ހަގީގީ ޓްރީޓަކީ މެނޫ ކަމަށް ބުންޏެވެ.
"އެތަނުގެ މެނޫ އަކީ ވެރިމީހާގެ ފަރާތުން ދީފައި އޮތް ވަރަށް އިހުލާސްތެރި ކޮމެންޓްރީއެއް [ރިވިއުއެއް]." ކިމް ބުންޏެވެ.
Aunt Dai is my favourite Chinese restaurant in Montreal, but the REAL treat is the menu, featuring extremely honest commentary from the owner. pic.twitter.com/FpA1xt0GrF
— Kim Belair (@BagelofDeath) January 10, 2021
މެނޫގައި ފީގަންގް ވަނީ އޭނާގެ ރެެސްޓޯރަންޓުން ލިބޭ ހުރިހާ ކެއުންތަކަކީ އެންމެ މީރު އެއްޗެހީގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި ކެއުންތަކުގައި ހުރެދާނެ ކަސްޓަމަރުން ގަޔާނުވެދާނެ ކަންކަން ވެސް ފާހަގަކޮށްފަ އެވެ.
ނަމަވެސް ފީގަންގެ ރެސްޓޯރަންޓްގެ މެނޫގައި ވަރަށް ސާފު ސީދާކޮށް ކެއުންތަކުގެ ހަގީގަތް "އޯނާޒް ވޯޑްސް" ގެ ނަމުގައި ހުލާސާކޮށްދީފައި ހުރުން ވެގެން ދިޔައީ ގިނަ ބަޔަކު ވަރަށް ހިތްހަމަޖެހުނު ކަމަކަށެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހު ކިމް ކުރި ޓްވީޓާ އެކު "ކުއިޒީން އާންޓް ޑާއީ" އަށް ކުރިން ކަސްޓަމަރުން ނުވަންނަ ވަރަށް ވަންނަން ފަށައި، އެތަނުގެ ވިޔަފާރި އަށް ވަނީ ބާރު ބޮޑުވާން ފަށައިފަ އެވެ.
A tweet changed everything! https://t.co/Wpvit7gVUk
— Feigang Fei (@feigangfei) January 18, 2021
މިކަމާ ގުޅިގެން ކިމްގެ ޓްވީޓް ސަމާލުކަމަށް އައުމުން ފީގަންގް ވަނީ ކިމް އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އޭނާ 2011 ގައި ޓްވިޓާ އެކައުންޓެއް ހެދި ނަމަވެސް މިހާތަނަށް ޓްވިޓާ ބޭނުމެއް ނުކުރެ އެވެ. އެކަމަކު ކިިމްގެ ޓްވީޓާ އެކު ރެސްޓޯރަންޓްގެ ވިޔަފާރި ރަނގަޅުވުމުން ފީގަންގް ވަނީ ޓްވިޓާ އަލުން ބޭނުން ކުރަން ވެސް ފަށައިފަ އެވެ.
I’m interviewing Feigang Fei @feigangfei this Friday 4pm EST, Saturday 8am AEDT on @instagram for an exclusive first livestream with this extremely honest restaurant owner for @TravelWritersOz @travelwordsmith Thanks @BagelofDeath for letting the world know about him. pic.twitter.com/9ULKOHrnFX
— Bridgett Leslie (@BridgettLeslie1) January 19, 2021
އޭނާގެ ރެސްޓޯރަންޓްގެ މެނޫއާ ބެހޭ ގޮތުން ކިމް ކުރި ޓްވީޓާ އެކު، އެކިއެކި މީޑިއާތަކުން ވެސް މިހާރު ތިބީ އިންޓަވިއު ހޯދަން ފީފަންގްގެ ރެސްޓޯރަންޓްގެ ކައިރީ ކިއު ހަދައިގެންނެވެ. އަދި ބައެއް މީޑިއާތަކަށް އިންޓަވިއު ދޭން ފުރުސަތު ލިބުނު ވާހަކަ އާއި މުޅިން އަލަށް އިންޓަވިއުއެއް ދޭން ޖެހުމުގެ ތަޖުރިބާ ވެސް ޓްވިޓާގައި ކިޔައި ދީފައިވެ އެވެ.
First tweet is to thank @BagelofDeath, her tweet made my comments on our restaurant website https://t.co/sDRKdRpkJv known to media. First radio interview in my whole life, first TV interview, it’s like a dream. Thank you from the bottom of my heart! pic.twitter.com/Baa5NaZoXm
— Feigang Fei (@feigangfei) January 17, 2021
ފީގަންގް ބުނި ގޮތުގައި އެންމެ ޓްވީޓެއްގެ ސަބަބުން ހުރިހާ ކަމެއް ބަދަލުކޮށްލައިފި އެވެ. އަދި އެކަމުގެ ޝުކުރު އަބަދު ވެސް ކިމް އަށް އޮންނާނެ ކަމަށް ބުންޏެވެ.
އެންމެ އަގުބޮޑު ފްރެންޗް ފްރައިޒް 200 ޑޮލަރަށް
މިއީ އެންމެ ލޯބި ޝެފް
ވަޒީފާއަށް އެދޭއިރު ފޮޓޯ ހުށަހަޅަން ޖެހުމުން ފާޑުކިޔަނީ
ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖުގައި
ނަޖޫ ބޭނުމީ ސިންޑާއާ އެކު މުޅި މަންޒަރު ބަދަލުކޮށްލަން
ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން
ޝެފް އޮލިމްޕިއަޑްގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިއްޖެ
"މާސްޓަ ޝެފް" ގެ ހޯސްޓަކަށް ތަމަންނާ
ޝިހާބު: ސައުދީގެ ދިވެހި ޝެފް
އެންމެ އަގު ބޮޑު ބާގަ އަށް 5،964 ޑޮލަރު