Roadha Mihaaru
ހިބަޅިދޫ ސަރުކާރުން އަތުލި މައްސަލަ ސުޕްރީމް ކޯޓަށް

ހިބަޅިދޫ ސަރުކާރުން އަތުލި މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

19 ޖެނުއަރީ 2021

ބ. ހިބަޅިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަން ސަރުކާރުން އަތުލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބ. ހިބަޅިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަން ސަރުކާރުން އަތުލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް 50 އަހަރަށް ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ހިބަޅިދޫ ސަރުކާރުން އަތުލީ 2016 ގަ އެވެ. އިކުއިޒިޝަން ކޮސްޓް ނުދައްކާ ކަމަށް ބުނެ އެ ތަން އަތުލީ ނޮވެމްބަރު، 2015 ގައި ހިބަޅިދޫން ހަތިޔާރުތަކެއް ފެނިފައި ވަނިކޮށެވެ.

އެ ރަށުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ބިޒްނާސް އިން ކޯޓަށް ހުށަހެޅުމުން 2017 ގައި ސިވިލް ކޯޓުން ހުކުމްކުރީ ހިބަޅިދޫ އަނބުރާ އެ ކުންފުންޏަށް ދިނުމަށެވެ. އެކަމަކު 2019 ގައި ހައި ކޯޓުން ވަނީ އެ ހުުކުމްކޮށް ބާތިލްކޮށް، އަދި އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ބިޒްނާސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

ހިބަޅިދޫ އަނބުރާ ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލު ނުކުރާތީ އެ ހުކުމް ތަންފީޒު ކުރަން ވެސް ބިޒްނާސް އިން ދަށު ކޯޓުގައި ކުރިން އެދުނެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގައި މައްސަލަ އޮތުމުން ހުކުމް ތަންފީޒު ނުވެ އޮއްވާ ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ވެސް ކުރި އެވެ. އެ ދައުވާތައް ފަހުން ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.