17 ޖެނުއަރީ 2021
ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބަންދަށް ލުޔެއް ނުދޭން ނިންމައި، އެކަމަކު ކޯޓު އަމުރަކާ ޚިލާފަށް އެކަކު ބަންދުގައި ބަހައްޓާތީ އެ ކަމަށް ފިޔަވަޅު އަޅައިފާނެ ކަމުގެ އިޝާރާތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބަންދަށް ލުޔެއް ނުދޭން ނިންމައި، އެކަމަކު ކޯޓު އަމުރަކާ ޚިލާފަށް އެކަކު ބަންދުގައި ބަހައްޓާތީ އެ ކަމަށް ފިޔަވަޅު އަޅައިފާނެ ކަމުގެ އިޝާރާތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރެ އެވެ. އެއީ ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހުމަދު މޫސާ އާއި ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ އިތުރުން ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.
ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެ ހަ މީހުންގެ މައްޗަށް ކުރެ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައި، ކުރިއަށް ގެންދިޔައީ ލިޔުންތައް ދައުވާ ލިބޭ މީހުންނަށް ލިބުނު ކަން ކަށަވަރު ކުރުމުގެ ބަ އެވެ. ދައުވާ ލިބޭ އަނަސްގެ ވަކީލަކު ނެތުމުން ވަކީލަކު އައްޔަން ކުރަން އޭނާ އެންގި އެވެ.
ދެން ކުރިއަށް ގެންދިޔައީ ދައުވާ ލިބޭ ހަ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބުމުން އެ މީހުންގެ ބަންދު މުރާޖައާ ކުރުމުގެ މަރުހަލާ އެވެ. އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އެ މީހުން ބަންދުކުރަން ނިންމި ސަބަބުތައް އަދިވެސް ދެމިއޮތުމުން ބަންދަށް ލުޔެއް ނުދިނުމަށެވެ.
ދައުވާ ލިބޭ އިގްބާލް ރިމާންޑް ޖަލެއްގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި އޮތަސް، އޭނާ ބަހައްޓާފައި ހުންނަނީ ފުލުހުންގެ ދަށުގައި ހުރި ކަސްޓޯޑިއަލް ޖަލެއް ކަމަށް ވާ ދޫނިދޫގަ އެވެ. އެކަން އޭނާގެ ވަކީލު ފާހަގަކުރުމުން އިސް ގާޒީ ޝަކީލް އެކަމާ ބެހޭ ގޮތުން ދައުލަތާ ސުވާލު ކުރެއްވި އެވެ. ކޯޓު އަމުރާ އެއްގޮތަށް ދައުލަތުން އަމަލު ނުކުރަނީ ކީއްވެގެންތޯ އާއި އެއީ ކޮން ބައެއްގެ އިހުމާލެއްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ކަސްޓޯޑިއަލް ޖަލުގައި އިގްބާލް ބަހައްޓަނީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުން ކަމަށާއި އެކަމަކު ޖާގަ ނެތިގެން ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. ޖަލުގައި ޖާގަ ނެތްކަމުގެ ލިޔުމެއް ލިބިފައި އޮތުމުން ބަޔަކު އިހުމާލުވި ކަމަށް ބުނެވެން ނެތް ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ.
ނަމަވެސް އިސް ގާޒީ ޝަކީލް ވިދާޅުވި ގޮތުގައި، މީހުން ބަންދުގައި ބައިތިއްބަނީ ދައުލަތުން އެދިގެން ކަމަށް ވާއިރު، ކޯޓުގެ އެންގުންތަކަށް ދައުލަތުން އަމަލު ނުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އިގްބާލް، ރިމާންޑް ޖަލެއްގައި ބަހައްޓަން ދެ ފަހަރަށް އެންގުމުން ވެސް އެގޮތަށް ދައުލަތުން އަމަލު ނުކުރާ ކަމަށް ވިދާޅުވެ، ގާޒީ އެންގެވީ ކޯޓު އަމުރު ތަންފީޒު ކުރަން ހުރަސް އެޅީ ދައުލަތުގެ ކޮން ވެރިއެއް ކަން ސާފުކޮށް ދިނުމަށެވެ.
"ދައުލަތުން ސާފުކޮށް ދެއްވަންވީ ކޮން ވެރިއެއް ކަން ކޯޓު އަމުރު ތަންފީޒު ކުރަން ހުރަސް އެޅީ ނުވަތަ މަނާކުރީ. އެއީ ކޮންމެ މަގާމެއްގައި ހުރި ކޮންމެ ބޭފުޅަކަށް ވިޔަސް،" ގާޒީ ޝަކީލް ވިދާޅުވި އެވެ.
އެކަމަކު ދައުލަތުން ބުނީ އިހުމާލުވީ ކޮން ބައެއް ކަން ބުނަން ނޭނގޭ ކަމަށެވެ. ދައުވާ ލިބޭ އިގްބާލް ރިމާންޑް ޖަލަކަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސްގައި ފުލުހުން އެދިފައިވާ ކަމަށާއި ކަރެކްޝަންސް އިން މީހުންނާ ހަވާލުވަނީ ޖަލުން ޖާގަ ހުސްވަމުންދާ ވަރަކުން ކަމަށް ދައުލަތުން ބުންޏެވެ. ޖާގަ ހުސްވިހާ އަވަހަކަށް އެ މީހާ ރިމާންޑް ޖަލަށް ބަދަލު ކުރާނެ ކަމަށާއި އެކަމަކު އެއީ އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް، ހައި ކޯޓުގެ ނިންމުމަކާ ހަވާލާދީ، ދައުލަތުން ބުންޏެވެ.
ގާޒީ ވިދާޅުވީ ކޯޓު އަމުރު ނެރުނުތާ 38 ދުވަސް ވީއިރު ވެސް އިގްބާލް ރިމާންޑް ޖަލަކަށް ބަދަލު ނުވިޔަސް، އޭގެ ފަހުން ވެސް އެތައް ބަޔަކު ރިމާންޑް ޖަލުގައި ބައިތިއްބަން ކޯޓުން އަމުރުކުރި ކަމަށެވެ. އެހެންވެ، މަސައްކަތް ކޮށްފި ނަމަ، އޭނާ ވެސް ރިމާންޑް ޖަލަކަށް ގެންދެވޭނެ ކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އޭނާ ރިމާންޑް ޖަލަށް ބަދަލު ނުކޮށްފި ނަމަ، އިގްބާލްގެ ދިފާއީ ވަކީލު އެކަން ކޯޓަށް އަންގަންވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މި ގޮތަށް ކޯޓުން ނިންމިކަން ކަރެކްޝަނަލް ސާވިސްގެ އިސް ވެރިިންނަށް ދައުލަތުން އަންގަން ޖެހޭނެ ކަމަށް ވިދާޅުވެ، ގާޒީ ވިދާޅުވީ "މީހުންގެ ޣައިރު ހާޒިރުގައި ހުކުމްތައްކޮށް، ފިޔަވަޅު އަޅަން" ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، ކަރެކްޝަންސްގެ އިސް ވެރިން ކޯޓަށް ހާޒިރުކުރާނެ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.
ދައުވާ ލިބޭ އަސީލަށް ޖަލުގައި ލިބުނު އަނިޔާތަކަކާ ގުޅިގެން އޭނާގެ ވަކީލު އެކަން ފާހަގަކުރި އެވެ. ދައުލަތުން ބުނީ ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ބަލަމުންދާ ކަމަށާއި އެކަމަކު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލައިގައި ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ހައި ކޯޓުގެ އަމުރަކަށެވެ. އެ އަމުރަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ދެ ކިލޯ ޑްރަގް: ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި
ވަންވޭ ފަޅާފައި ދުއްވަނިކޮށް ހުއްޓުވިއިރު ފެނުނީ ޑްރަގް
ޖިންސީ ގުނަވަނުގައި ޑްރަގް ފޮރުވައިގެން އުޅުމުން ޖަލަށް
ފަސް ކިލޯގެ ޑްރަގް އެތެރެ ކުރުން ސާބިތެއް ނުވި
ބޮކްސާ ތެރެއިން ޑްރަގް ފެނުނަސް، ކުށް ސާބިތެއް ނުވި
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހްސާނާއި ފުލުހުން ކޯޓު ހުރުމަތް ކެނޑި މައްސަލައެއް