02 ޖޫން 2016
މި ފެށޭ ރޯދަމަހު "ރަމަޟާން ފްރެޝް"ގެ ނަމުގައި ކާބޯތަކެތީގެ ނައިޓް މާކެޓެއް ބާއްވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ފެށޭ ރޯދަމަހު "ރަމަޟާން ފްރެޝް"ގެ ނަމުގައި ކާބޯތަކެތީގެ ނައިޓް މާކެޓެއް ބާއްވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ތަފާތު 10 ވައްތަރެއްގެ ކާބޯތަކެތި ވިއްކަން ކާނިވަލުގައި 30 ސްޓޯލް ހިންގަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހުގެ ކުރިން ފޯމު ބަލައިގަންނަން ފަށާނެ ކަމަށެވެ.
އެ ބާވަތްތަކަކީ:-
-މޭވާ ވިއްކާ ފަސް ސްޓޯލް
-ތަރުކާރި ވިއްކާ ފަސް ސްޓޯލް
ކަދުރު ވިއްކާ އެންމެ ސްޓޯލެއް
ފިޔާ، އަލުވި ވިއްކާ ދެ ސްޓޯލް
މަހުގެ ބާވަތްތަކަށް ތިން ސްޓޯލް
ރެސްޓޯރެންޓްގެ ގޮތުގައި ދެ ސްޓޯލް
އެއްގަމު މަހަށް ތިން ސްޓޯލް
ހެދިކާ ހަދައިދޭ ތިން ސްޓޯލް
ޖޫސް ވިއްކާ ދެ ސްޓޯލް
ތައްޔާރީ ބުއިންތަކަށް ދެ ސްޓޯލެއް
ރަށްތަކަށް ހާއްސަކޮށް ދޫކުރާ ދެ ސްޓޯލް
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތައުފީގު (ކ-2) ވާހަކަދައްކަވަނީ. --މިހާރު ފޮޓޯ
ތައުފީގު ވިދާޅުވީ ސްޓޯލްތައް ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފިހާރަތަކަށް އެކަނި ކަމަށާއި އަދި ނައިޓް މާކެޓް އޮންނަ މުއްދަތުގައި ބަރާބަރަށް ތާޒާކަމާއެކު ތަކެތި ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ލޯކަލް މާރުކޭޓުން ތަކެތި ލިބޭ އަގާ އެއްވަރަށް ނުވަތަ އެއަށްވުރެ ހެޔޮކޮށް އެއްޗެހި ގަންނަން ލިބޭނެ ކަމަށެވެ.
ރޯދަ މަސް ފެށެން ބާކީ އޮތީ ހަތަރު ދުވަހެވެ. މިނިސްޓްރީން ބުނަނީ ނައިޓް މާކެޓް ބާއްވަން ބުރަކޮށް ތައްޔާރުވަމުން އަންނަ ކަމަށާއި ސްޓޯލްތައް ތައްޔާރުކޮށް އެ ވިޔަފާރިވެރިންނަށް ދޫކޮށް ފުރަތަމަ ދުވަހު ހިދުމަތް ދޭން ފެށޭވަރުވުމަކީ އުއްމީދެއް ކަމަށެވެ.
މި ނައިޓް މާކެޓް ކުރި އަށް ގެންދަނީ އިވެންޓް މެނޭޖްކުރާ ބަޔަކާ ހަވާލުކޮށްގެންނެވެ. އެގޮތުން ސްޓޯލެއްގެ އަގަކީ 7000ރ. އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަ މަހު މެންދުރު ނަމާދަށް ފަހު ސްޓޯލްތައް ހުޅުވާނެ ކަމަށާއި ނަމާދު ވަގުތުތަކަށް ބަންދު ކުރުމަށް ފަހު ދަންވަރު އެކެއް ޖަހަންދެން ވިޔަފާރި ކުރަމުން ދާނެ ކަމަށެވެ.
ނައިޓްމާކެޓްތައް 10 ދުވަހަށް ބޭއްވޭ ގޮތަށް ހުއްދަދީފި
ނައިޓް މާކެޓް ހުއްދަ ދެން ދޭނީ އިކޮނޮމިކް މިނިސްޓްރީން
ނައިޓުމާކެޓުން ވިއްކޭނީ ފިހާރަތަކުން ނުވިކި ހުންނަ މުދާ
އާ ދާއިރާތަކުން އިގްތިސާދު ފުޅާކުރަން އުއްމީދެއް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް
45 އަހަރަށްފަހު ފޮރިން އިންވެސްޓްމަންޓުގެ އާ ގާނޫނެއް
ރާއްޖޭގެ ޕްރޮޕޯޒަލް ޕޭޕަލް އަށް ފޮނުވައިފި