ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެ، އާސެނަލް އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އަތުވެއްޖެ އެވެ.
ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެ، އާސެނަލް އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އަތުވެއްޖެ އެވެ.
މި މެޗާ ކުރިމަތިލިއިރު ލީގުގެ ތިން މެޗު ހިމެނޭ ގޮތަށް އާސެނަލުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އެކަމަކު ރޭގެ މެޗުން އެއްވަރުވެ އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިއިރު، ލީގުގެ ކުރިއަށް ޖެހިލަން އޮތް ފުރުސަތު ވެސް ގެއްލުނީ އެވެ.
ޕެލަސް ބަލިކޮށްގެން ލީގުގެ އަށް ވަނަ އަށް އެރުމުގެ ފުރުސަތު އާސެނަލަށް އޮތެވެ. އެކަމަކު އެއްވަރުވުމުން 18 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ 11 ވަނައިގަ އެވެ. ލީޑްސް އިން މެޗު ހަމަކުރާއިރު މޮޅުވެއްޖެނަމަ އެ ޓީމުން ލީގުގެ 11 ވަނަ އަށް ޖެހިލާނެ އެވެ. އަދި އާސެނަލް 12 ވަނަ އަށް ވެއްޓޭނެ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޕެލަސް އަތުން މޮޅުނުވެވުމުގެ އެއް ސަބަބަކީ މިދިޔަ ހަފްތާތަކުގައި އާސެނަލުން ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ގިނަ ވަގުތު ބޭނުންކޮށްފައިވަނީ އެއް ކުޅުންތެރިންތަކެއް ކަމަށްވާތީ އޭގެ ސަބަބުން ކުޅުންތެރިންނަށް ވަރުބަލިވުން ކަމަށެވެ،
"މީގައި މި މަދުވީ ފައިނަލް ކޮލިޓީ. އަހަރެމެން ވަރަށް މަަސައްކަތްކުރި ދުވަހެއް މިއީ. އެކަމަކު ލަނޑެއް ޖަހަން އެ ބޭނުންވާ ކަންތައް ނުވެ މިދިޔައީ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް އަހަރެން މި ދެކެނީ މި މެޗަށް ބޭނުންވާ ވަރަށް ތާޒާކޮށް ކުޅުންތެރިން ނެތުން،" އާޓެޓާ ބުންޏެވެ.
އާސެނަލަށް ލަނޑު ޖަހައިދޭން އަލެކްސަންޑަ ލަކަޒޭޓް ޖެހި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ބޯޅަ ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ޕެލަސް އިންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ޖޭމްސް ޓޮމްކިންސް ޖެހި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާން ލެނޯ ވަނީ މަތަކޮށްފަ އެވެ.
ޕެލަސް އިން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފަ އެވެ. އޭގެ ތެރެއިން އެ މެޗުން ޕެލަސް މޮޅުވެސް ވި އެވެ. ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބުނީ ފާއިތުވި ހަފްތާތަކުގައި ޕެލަސްގެ ނަތީޖާ ހުރި ގޮތަށް ބަލާއިރު އާސެނަލާ އެއްވަރުވުމަކީ އޭނާ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
އާސެނަލް ފުއްދާލީ ޕެނަލްޓީއަކުން، އާޓެޓާ ހުރީ އުފަލުން
ބްރޭކަށް ފަހު ވެސް އަންނަން ވާނީ އާސެނަލްގެ ގޮތުގައި
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ފުރަތަމަ މެޗުން މޮޅުވެ އާސެނަލް އިތުބާރު ހޯދައިފި
ވިއެރާގެ ކްރިސްޓަލް ޕެލަސް އިން އާސެނަލް ބަލިކޮށްފި
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ލަކަޒޭގެ ގޯލުން އާސެނަލް ބަލި ނުވެ ސަލާމަތްވެއްޖެ
ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މޮޅެއް
މުހިއްމު މޮޅަކާ އެކު ޗެލްސީ ތިން ވަަނަ އަށް