15 ޖެނުއަރީ 2021
މުވައްޒަފުންގެ މެދުގައި ބަލި ފެތުރި ކޮވިޑް-19 ގެ ކްލަސްޓާތައް ބޮޑުވަމުން އަންނަ ރިސޯޓްތަކުގައި، ބަލި ކޮންޓްރޯލްކުރުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކުރުމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.
މުވައްޒަފުންގެ މެދުގައި ބަލި ފެތުރި ކޮވިޑް-19 ގެ ކްލަސްޓާތައް ބޮޑުވަމުން އަންނަ ރިސޯޓްތަކުގައި، ބަލި ކޮންޓްރޯލްކުރުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކުރުމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި ރިސޯޓްތަކަށް ބަލި ފެތުރެނީ މާލޭންކަން ނުވަތަ އެހެން ދިމާލަކުން ކަން މިހާތަނަށް ބެލިފައި ވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޒްލާ ވިދާޅުވީ ބަލި އައީ ކޮން ދިމާލަކުންކަން ވިދާޅުވާން ދަތިކަމަށެވެ. ނަމަވެސް ރިސޯޓްތަކުން ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރި މީހުން ވެސް ބައެއް ރިސޯތްތަކުގައި ޓެސްޓްނުކުރެވި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ޓެސްޓް ނުކޮށް ގިނަ ދުވަސްވީ ތަންތަނުގައި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އޮ ބްލޫ ސަންގަލި ރިސޯޓް، އޮޅުވެލި ރިސޯޓް އަދި ބިޔާދޫން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މި ތަންތަނުގައި ބަލި ފެތުރިގެން ދިޔައިރު، ބަލީގެ އަލާމާތްތައް ހުރި މީހުން ކުރިން ޓެސްޓްކޮށްފައި ނެތްކަން ނަޒްލާ ފާހަގަކުރެއްވި އެވެ. ކޮވިޑްގެ އެންމެ އަލާމާތެއް ހުއްޓަސް މިހާރު ބައްޔަށް ޓެސްޓްކުރަންޖެހޭ ގޮތަށް މިދިޔަ ހަފުތާގައި ކޭސް ޑެފިނީޝަން ބަދަލުކޮށް އިއުލާނުކޮށްފައިވާކަން ފާހަގަކުރައްމުން ނަޒްލާ ވިދާޅުވީ ރިސޯޓްތަކުގައި ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން އެއަށް އަމަލުކުރެއްވުން މުހިންމު ކަމަށެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި މިހާތަނަށް 42 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި އޮ ބްލޫ ސަންގަލި ރިސޯޓްގެ ކްލަސްޓާ ވެސް ފެށުނީ ބަލީގެ އަލާމާތްތައް ހުރި މުވައްޒަފަކު ޓެސްޓް ކުރި އިރު ބައްޔަށް ޕޮޒިޓިވްވި ހިސާބުންނެވެ.
އެ ރިސޯޓްގެ ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު ވެސް އަލާމާތްތައް ހުރި ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި 42 މީހުންގެ ތެރެއިން އަނެއް 37 މީހުންނަކީ އިއްޔެ އާއި މިއަދު ޓެސްޓްކުރި މީހުންނެވެ. ނަޒްލާ ވިދާޅުވި ގޮތުގައި އެ ކޭސްތައް ފެނުނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނާއި ރެންޑަމް ސާމްޕަލް ޓެސްޓްކުރުމުގެ ތެެރެއިންްނެވެ. އެ ރިސޯޓުގައި 52 ކޮންޓެކްޓުން މިހާތަނަށް ފާހަގަވެފައި ވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް އެބަ ކުރެ އެވެ.
"ތޭރަ ޖެނުއަރީގައި 27 މީހަކު އަދި މިއަދު މި ވަނީ 10 މީހަކު އެތަނުން ޕޮޒިޓިވް ވެފައި،" ނަޒްލާ ވިދާޅުވި އެވެ.
ރިސޯޓްތަކުގެ ކްލަސްޓާތަކުގެ ތެރެއިން ބޮޑުވަމުން އަންނަ އަނެއް ކްލަސްޓާ އަކީ މާލެ އަތޮޅު އޮޅުވެލި ރިސޯޓްގެ ކްލަސްޓާ އެވެ. އެ ރިސޯޓުން މިހާތަނަށް 26 މުވައްޒަފަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެ ތަނުގައި ވެސް 54 ކޮންޓެކްޓުން އެބަ ތިއްބެވެ.
އޮޅުވެލީގެ ފުރަތަމަ ކޭސްތައް ފެނުނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެއީ ތިން މީހެކެވެ. އޭގެ ފަހުން ޖެހިގެން އައި ދުވަހު އެކަކު ޕޮޒިޓިވް ވުމަށް ފަހު ހޯމަ ދުވަހު 20 މީހުން އަދި އަންގާރަ ދުވަހު އެހެން ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ރިސޯޓްތަކަށް އެޗްޕީއޭ އިން ތައްޔާރުކޮށްފައި މި އޮތް ގައިޑްލައިން، ޓޫރިޒަމް އިންޑަސްޓްރީއަށް ތައްޔާރުކޮށްފައި މިއޮތް ގައިޑްލައިން އިނގޭތޯ، ގެސްޓް ހައުސް އަދި ސަފާރީތަކަށް ވެސްް އެބަ އޮތް. މި ގައިޑްލައިންގައި ހުރި ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިއްމުކަމެއް: ޑރ. ނަޒްލާ
ނަޒްލާ ވިދާޅުވީ ބިޔާދޫ އައިލެންޑް ރިސޯޓްގައި ވެސް 53 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށާއި ނަމަވެސް އެ ރަށުގެ ހާލަތާ ބެހޭ އިތުރު އަޕްޑޭޓެއް މިވަގުތު ނެތް ކަަމަށެވެ. އޭގެ އިތުރުން އިރުވެލި ރިސޯޓުން ވެސް އަލަށް ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ މީހުން ވެސް ޓެސްޓްކުރީ އަލާމާތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އިރުވެލީގައި ވެސް އަންނަނީ ކުރަމުންނެވެ.
ނަޒްލާ ވިދާޅުވީ މާލެއިން ރިސޯޓަށް ދާ މީހުން ކަަރަންޓީނުކުރަން އުސޫލުގައި އޮންނަ އިރު ބައެއް ރިސޯޓްތަކުން އެގޮތަށް އަމަލުނުކުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ރިސޯޓްތަކަށް އެޗްޕީއޭ އިން ތައްޔާރުކޮށްފައި މިއޮތް ގައިޑްލައިން، ޓޫރިޒަމް އިންޑަސްޓްރީއަށް ތައްޔާރުކޮށްފައި މިއޮތް ގައިޑްލައިން އިނގޭތޯ، ގެސްޓް ހައުސް އަދި ސަފާރީތަކަށް ވެސްް އެބަ އޮތް. މި ގައިޑްލައިންގައި ހުރި ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިއްމުކަމެއް،" އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ބައެއް ރިސޯޓްތަކުގެ މުވައްޒަފުން ޓޫރިސްޓުން އުޅޭ ސަރަހައްދުތަކަށް ދާއިރު މާސްކް އަޅާފައި، ސްޓާފް އޭރިއާއަށް ދާ އިރު މާސްކް ނާޅާ އުޅޭކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސްޓާފް އޭރިއާގައި ވެސް ސަމާލުކަންދޭންޖެހޭނެ އެވެ.
ރިސޯޓްތަކުގައި ކޮވިޑް ކޭސްތައް ގިނަވަމުން ދާތީ އެ ތަންތަނަށް އިރުޝާދު ދިނުމުގެ ސެޝަންތައް އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބާއްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި 48 މީހުންނާއި އެކު ރާއްޖޭން އެބަލި ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 14،325 އެވެ. އެބަލީގައި ރާއްޖޭން މަރުވިމީހުންގެ އަދަދަކީ 49 އެވެ.
ރިސޯޓްތަކުގެ ކޮވިޑް ކޭސްތައް ގިނަވަނީ
ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ އަދި ނުލިބޭނެ
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ދެއްވަދޫ ކްލަސްޓާގައި ހައިރިސްކުމީހުން ވަރަށް ގިނަ
އާ ވޭރިއަންޓުތޯ ބަލަން ބައެއް ސާމްޕަލްތައް ބޭރަށް
ޕާޓީއަށް ނުދާ، ޔޫކޭން އައި މީހަކު ކްލަސްޓާގައި ހިމެނޭ
ކޮވިޑް-19: އަނެއްކާވެސް ނުބައި އަލާމާތެއް