14 ޖެނުއަރީ 2021
އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޮވިޑް-19 ޕޮޒިޓިވް ވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާތީ ކޮންޓެކްޓުންގެ ގޮތުގައި އެއްވެސް ދަރިވަރަކު ނުހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ކޮވިޑް-19 ޕޮޒިޓިވް ވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާތީ ކޮންޓެކްޓުންގެ ގޮތުގައި އެއްވެސް ދަރިވަރަކު ނުހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ ސްކޫލުގެ ގްރޭޑު ތިނަކަށް ކިޔަވައިދޭ ޓީޗަރަކު ޕޮޒިޓިވްވެ، އޭނާއާ ކައިރިން ކޮންޓެކްޓްވި އިތުރު ޓީޗަރުންތަކެއް ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ޓީޗަރުންނާ ދިމާވެފައިވަނީ ސްކޫލު ބޭރުން ކަމަށް ބުންޏަސް ކަރަންޓީންކުރީ ކިތައް ޓީޗަރުން ކަމެއް އެޗުއީއޯސީއަކުން ނުބުނެ އެވެ.
"ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓުންގެ ގޮތުގައި ނުބެލެވޭ،" އެޗްއީއޯސީން ބުންޏެވެ.
ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅާއެކު، އަމީނިއްޔާ ސްކޫލުގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެނީ ދެ ދުވަހުން އެއް ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު މިއަދު ވިދާޅުވީ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެ ސްކޫލެއްގެ ކިޔެވުން ހުއްޓައިނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއެކޭ އެއްގޮތަށް ކިޔެވުން ކުރިއަށް އެބަދޭ،" މުޖާހިދު ވިދާޅުވި އެވެ.
ދަރިވަރުން ސްކޫލަށް ވައްދަނީ ހުން ބަލައި އަތް ސެނެޓައިޒްކުރުމަށް ފަހު އެވެ. ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް ސްކޫލުން އެއްވެސް ކްލަސްޓާއެއް ފެނިފައި ނުވެ އެވެ.
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ
ޓީޗަރުންނާއި ދަރިވަރުން ކިޔަވާ ރަށަށް ދާން އެދިއްޖެ
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
40،000 ކުއްޖަކަށް ވެކްސިން ޖަހާނެ: އެޑިއުކޭޝަން
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ބޭރުން އަންނަ ޓީޗަރުން ފަސް ދުވަހުގެ ކަރަންޓީނަކަށް
އިތުރު އެއް ހަފުތާ އަށް ސްކޫލުތައް ބަންދު
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ