ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީހާ ވެސް އަވަހަކަށް، އެ ދަރިވަރަކު ކިޔަވާ ސްކޫލް ހުންނަ ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
10 ޖެނުއަރީ 2022
ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީހާ ވެސް އަވަހަކަށް، އެ ދަރިވަރަކު ކިޔަވާ ސްކޫލް ހުންނަ ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ދަރިވަރުންގެ ކިޔެވުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތަކާ މެދު ބެލެނިވެރިން ސުވާލު އުފައްދަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަންތައް ކަމަށެވެ.
އެހެންވެ، ދެ ވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު ހުރިހާ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ވަރު އިތުރުވަމުންދިއުމާއެކު، އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓް ހިފައިގެން ދަތުރުކުރުމަށް އިއްޔެ އަންގައިފަ އެވެ.
އެކަމަކު، އެޗްޕީއޭއިން އެގޮތަށް އެންގިއިރު މިއީ ސްކޫލްގެ ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކުގައި މާލެއަށް އައިސްފަ އެވެ. އެއް ބަޔަކު ތިބީ އަނބުރާ ރަށަށް ދިއުމަށް ޓިކެޓު ނަގައި ތައްޔާރުވެގެންނެވެ.
"މި ވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް، ވީ އެންމެ އަވަހަކަށް ރަށަށް ވަޑައިގެން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ،" ބަޔާނުގައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން އަންގައިފަ އެވެ.
ފިޔަވަޅުތަކަށް އަމަލުކުރަން ސްކޫލުތަކަށް އަންގައިފި
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ނިއު ނޯމަލްގައި ކިޔަވައިދިނުން: އެންމެ ބޮޑު ގޮންޖެހުން
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ
11،000 ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި
40،000 ކުއްޖަކަށް ވެކްސިން ޖަހާނެ: އެޑިއުކޭޝަން
ސްކޫލް ކުދިން ވެކްސިން ޖެހުމަށް ތައްޔާރުވާން އަންގައިފި
ކިޔަވައިދޭނީ އާންމު ހާލަތުގައި ވެސް އަމަލުކުރި ވަގުތަށް