Roadha Mihaaru
ޓްރަމްޕުގެ ސަޕޯޓަރުން ގިނަ "ޕާލާ" އެޕް ނަގައިފި

ޓްރަމްޕުގެ ސަޕޯޓަރުން ގިނަ "ޕާލާ" އެޕް ސްޓޯރުތަކުން ނަގައިފި

10 ޖެނުއަރީ 2021

ހަމަނުޖެހުންތަކަށް ހިތްވަރު ދޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކާވާތީ ދާއިމީކޮށް އޭނާ ޓްވިޓާ އިން ބޭރުކޮށްލާފައި ވަނިކޮށް، ޓްވިޓާގެ ބަދަލުގައި ބައެއް މީހުން ބޭނުންކުރާ އަދި ޓްރަމްޕުގެ ސަޕޯޓަރުން ކުއްލިއަކަށް ބޭނުންކުރަން ފެށި "ޕާލާ" އެޕް ޑައުންލޯޑް ނުކުރެވޭ ގޮތަށް ގޫގުލް އާއި އެޕް ސްޓޯރުން ބޭރުކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަމަނުޖެހުންތަކަށް ހިތްވަރު ދޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކާވާތީ ދާއިމީކޮށް އޭނާ ޓްވިޓާ އިން ބޭރުކޮށްލާފައި ވަނިކޮށް، ޓްވިޓާގެ ބަދަލުގައި ބައެއް މީހުން ބޭނުންކުރާ އަދި ޓްރަމްޕުގެ ސަޕޯޓަރުން ކުއްލިއަކަށް ބޭނުންކުރަން ފެށި "ޕާލާ" އެޕް ޑައުންލޯޑް ނުކުރެވޭ ގޮތަށް ގޫގުލް އާއި އެޕް ސްޓޯރުން ބޭރުކޮށްލައިފި އެވެ.

"ޕާލާ" އަކީ ބައެއް މީހުން ސިފަކުރާ ގޮތުގައި ވަކި ކޮޅަކަށް ބުރަނުވެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ތަނަވަސްކޮށް ދީފައި އޮންނަ ޕްލެޓްފޯމެވެ. ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލި ދަނޑިވަޅާ ދިމާކޮށް "ޕާލާ" ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ނެގީ ޓްރަމްޕަށް އެ ފުރުސަތު ވެސް ހަނިކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ޓްރަމްޕަކީ އަދި "ޕާލާ" ބޭނުންކުރައްވާ ބޭފުޅެއް ނޫނެވެ.

ޓްވިޓާގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމް ފަދަ މަޝްހޫރު ފްލެޓްފޯމްތަކުން ވެސް ވަނީ ޓްރަމްޕްގެ އެކައުންޓަކަށް މިހާރު ފިޔަވަޅު އަޅައިފަ އެވެ.

އެމެޒޯންގެ ކްލައުޑް ހޯސްޓިން ސާވިސް، އެމޯޒަން ވެބް ސާވިސް އިން ވެސް ވަނީ "ޕާލާ" ހަމަނުޖެހުންތަކާއި އަނިޔާވެރި ކަމަށް ހިތްވަރުދޭ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"ޕާލާ" ގެ ޗީފް އެކްޒެކެޓިވް ޖޯން މެޓްޒް ވިދާޅުވީ އެ ޕްލެޓްފޯމަކީ ސިޔާސީ ދެކޮޅުވެރިކަމަށް ހިތްވަރުދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެ ޕްލެޓްފޯމަކީ ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ފަރާތްތަކަށް ވާގިދޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ޕާލާ" އަކީ 2018 ގައި ވުޖޫދަށް އައި އެއްޗެކެވެ. އަދި ޓްރަމްޕްގެ ވަރަށް ގިނަ ސަޕޯޓަރުން އެ ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ކަނާތު ފިޔައިގެ ހަރުކަށި ކޮންޒަވޭޓިން ހިމެނެ އެވެ. "ޕާލާ" ބޭނުންކުރާ މީހުންގެ އަދަދު 10 މިލިއަނަށް އަރަ އެވެ.