Roadha Mihaaru
ސްކޫލްތައް ކައިރިން ވެހިކަލްތައް ނަގަން އަންގައިފި

ސްކޫލްތައް ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން އަންގައިފި

09 ޖެނުއަރީ 2021

މާދަމާ މާލޭގެ ސްކޫލްތައް ހުޅުވާ އިރު ސްކޫލްތަކުގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ޓްރެފިކް ފުލުހުން މިއަދު އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާދަމާ މާލޭގެ ސްކޫލްތައް ހުޅުވާ އިރު ސްކޫލްތަކުގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ޓްރެފިކް ފުލުހުން މިއަދު އަންގައިފި އެވެ.

ފުލުހުން ބުނީ ސްކޫލްތަކުގެ ކުރިމަތީގައި ހުރި ނިޝާންތަކާއި އެންގުންތަކާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް މިއަދު ހަވީރު 6:00ގެ ކުރިން ނަގަން ޖެހޭނެ ކަމަށެވެ.

ޓްރެފިކް ފުލުހުން މިއަދު ކުރި ޓްވީޓެއް

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގެ އިތުރުން އެތަކެތި ޓޯކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި ސްކޫލްތައް ދޮށުގައި އެގޮތަށް ޕާކްކޮށްފައި ހުރި ނަމަ މިރޭ އެ އެއްޗެހި ނަގާނެ ކަމަށް ވެސް ބެލެވެ އެވެ.

ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ކުރިއަށް ނުގެންދާތާ އަހަރެއް ވާން ކައިރިވެއްޖެ އެވެ. ސްކޫލްތައް އަލުން ހުޅުވަނީ ބަލިން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކަކާ އެކުގަ އެވެ.

މާލޭ ސަރަހައްދުގެ ހުރިހާ ގްރޭޑަކާއި ނާސަރީ އާއި ބޭބީ ނާސަރީގެ ކިޔެވުން ވެސް މާދަމާ ފަށަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.