Roadha Mihaaru
އީލޮން އެންމެ މުއްސަނދި މީހާގެ މަގާމަށް

ގޭޓްސް އަށް ފަހު ޖެފް ވައްޓާލައި، އެންމެ މުއްސަނދި މީހާގެ މަގާމަށް އީލޮން

09 ޖެނުއަރީ 2021

ބިލް ގޭޓްސް ފަހަތަށް ޖައްސާލައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކަށް ލިބުނުތާ ދޮޅު މަހެއްހާ ދުވަސް ފަހުން، ޖެފް ބެޒޯސް ވެސް ވައްޓާލައި އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބިލް ގޭޓްސް ފަހަތަށް ޖައްސާލައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކަށް ލިބުނުތާ ދޮޅު މަހެއްހާ ދުވަސް ފަހުން، ޖެފް ބެޒޯސް ވެސް ވައްޓާލައި އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި އެވެ.

އުމުރުން 49 އަހަރުގެ އީލޮން އަކީ ކާރު އުފައްދާ ކުންފުނި ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އެވެ. އޭނާގެ މިލްކިއްޔާތު މިހާރު 195 ބިލިއަން ޑޮލަރަށް އަރަ އެވެ. އީލޮންގެ ތަނަވަސްކަން އުފުލިގެން ދިޔައީ ޓެސްލާ ކުންފުންޏަށް މި ފަހުން ލިބެން ފެށި ފައިދާއާ ގުޅިގެންނެވެ.

ޒަމާނީ ކާރު އުފައްދާ އެ ކުންފުނީގެ އަގު މިހާރު 700 ބިލިއަން ޑޮލަރަށް އަރަ އެވެ.

އީލޮން އަށް އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު ވާހަކަ ޓެސްލާގެ ޓްވީޓާ އެކައުންޓެއްގައި ހިއްސާކުރުމުން އޭނާ ޓްވީޓަށް ކުރި ރިޕްލެއްގައި "މިކަން ގަބޫލުކުރަން ވެސް ދަތި" ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެހެން ޓްވީޓެއްގައި "އަލުން އެނބުރި މަސައްކަތަށް ނުކުތީ" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހިފަހައްޓަމުން އައި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތަކީ މިހާރު 184 ބިލިއަން ޑޮލަރެވެ.

ތިން ވަނަ މަގާމުގައި އޮތް މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ގޭޓްސްގެ މިލްކިއްޔާތަކީ 120.3 ބިލިއަން ޑޮލަރެވެ.