Roadha Mihaaru
މިލާން ތާވަލުގެ ކުރި އަލުން ހޯދައިފި

މިލާން ތާވަލުގެ ކުރި އަލުން ހޯދައިފި

04 ޖެނުއަރީ 2021

ބެނެވެންޓޯ (ޖެނުއަރީ 4) – އެކަކު މަދުކޮށް ކުޅެ ބެނެވެންޓޯ 2-0 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ ތާވަލުގެ ކުރިއަށް އަނެއްކާ ވެސް އަރައިފި އެވެ.

ބެނެވެންޓޯ (ޖެނުއަރީ 4) – އެކަކު މަދުކޮށް ކުޅެ ބެނެވެންޓޯ 2-0 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ ތާވަލުގެ ކުރިއަށް އަނެއްކާ ވެސް އަރައިފި އެވެ.

އެ ޓީމަށް ތާވަލުގެ ކުރި ވަގުތީ ގޮތުން ގެއްލުނީ ކުރިން ދެ ވަނައިގައި އޮތް އިންޓަ މިލާން އިއްޔެ ހަވީރު ކްރޮޓޯނޭ އަތުން 6-2 އިން މޮޅުވުމުންނެވެ. މިލާން އަލުން އެއް ވަނަ އަށް އެރީ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ތިން ވަނައިގައި 15 މެޗުން 30 ޕޮއިންޓާ އެކު އޮތީ ރޭ ސަމްްޕްޑޯރިއާ އަތުން 1-0 އިން މޮޅުވި ރޯމާ އެވެ.

ރޭ ބެނެވެންޓޯއާ ދެކޮޅަށް މިލާން ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ފްރޭންކް ކެެސީ ޖެހި ޕެނަލްޓީއަކުން އެ ޓީމު ލީޑު ނެގި އެވެ. އެކަމަކު މިލާނުގެ ސަންޑްރޯ ޓޮނާލީ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން 33 ވަނަ މިނެޓުގައި ރަތްކާޑު ދެއްކުމުން އެކަކު މަދުވި އެވެ. މިލާނުގެ ދެ ވަނަ ގޯލް ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ ރަފައެލް ލީއޯ އެވެ.

ޗެމްޕިއަން ޔުވެންޓަސް ވަނީ ރޭ އުދިނޭޒީ އަތުން 4- އިން މޮޅުވެފަ އެވެ. މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލް ޖެހިއިރު އަނެއް ދެ ގޯލް ޖެހީ ފެޑެރިކޯ ޗިއެސާ އާއި ޕައޮލޯ ޑީބަލާ އެވެ. ޔުވެންޓަސް އޮތީ 14 މެޗުން 27 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.