17 އޮކްޓޯބަރ 2022
ބޮލޯނިއާ 3-2 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އަލުން އެރިއިރު ފަހު ވަގުތު ވެރޯނާ 2-1 އިން ބަލިކޮށް ޗެމްޕިއަން އޭސީ މިލާނުން ތާވަލުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެވެ.
ބޮލޯނިއާ 3-2 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އަލުން އެރިއިރު ފަހު ވަގުތު ވެރޯނާ 2-1 އިން ބަލިކޮށް ޗެމްޕިއަން އޭސީ މިލާނުން ތާވަލުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެވެ.
ޗެމްޕިއަންސް ލީގު ހިމެނޭހެން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 10 މޮޅު ރޭ ހަމަކުރި ނަޕޯލީ އެއް ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހުގެރޭ ސަސުއޮލޯ އަތުން 2-1 އިން މޮޅުވި އެޓަލާންޓާ އެވެ. ނަޕޯލީ މެޗުގެ ކުރިން އެއް ވަނައިގައި އޮތީ އެ ޓީމެވެ. މިލާން ތިން ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 41 ވަނަ މިނެޓުގައި ބޮލޯނިއާގެ ޖޯޝުއާ ޒިރްކްޒީ އެ ޓީމަށް ކުރި ހޯދައިދިނެވެ. ނަޕޯލީން ފަހަތުން އަރައި ކުރި ހޯދީ ހުއާން ޖީސަސް އާއި ހާވިން ލޮޒާނޯ ޖެހި ގޯލުތަކުންނެވެ. އޭގެ ފަހުން ބޮލޯނިއާގެ މޫސާ ބެރޯ އެ ޓީމަށް އެއްވަރުކޮށްދިނެވެ. ނަޕޯލީ މޮޅުވީ ވިކްޓަ އޮސިމިހެން ޖެހި ލަނޑުންނެވެ.
ރަށުން ބޭރުގައި ރޭ މިލާން ކުޅުނު މެޗުގައި އެ ޓީމުން ވަނީ ކުރީކޮޅު ލީޑު ނަގައިފަ އެވެ. މިއީ އެ ޓީމުގެ ރަފައެލް ލިއާއޯ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅައެއް ވެރޯނާގެ މިގުއެލް ވެލޯސޯގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެ ފަހުން ލީޑު ފުޅާކުރަން މިލާނުގެ އޮލިވިއޭ ޖިރޫ އަށް ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. ދެން ފެނިގެން ދިޔައީ މިލާނުގެ މަޓެއޯ ގަބިއާ އަތުން ބައިކޮޅަށް ވަން ލަނޑުން ވެރޯނާ އިން އެއްވަރުކުރި މަންޒަރެވެ.
މިލާން މޮޅުވީ 81 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ޖެހި ގޯލުންނެވެ. މިއީ ބަދަލު ކުޅުންތެރިޔާ އަންޓެ ރެބިޗް ނެގި ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އިއްޔެ މެންދުރުފަހު އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި ސަލެނެޓިއާނާ އަތުން 2-0 އިން މޮޅުވެފަ އެވެ. ގޯލް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އާއި ނިކޯލޯ ބަރެއްލާ އެވެ. މި ނަތީޖާއާ އެކު އިންޓަ އޮތީ 18 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މިލާން އެއްވަރުމުން ނަޕޯލީ އަށް ބޮޑު ލީޑެއް
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ނަޕޯލީ އަށް އެއް ވަނަ ގެއްލިއްޖެ، އެޓަލާންޓާ ފޯމުގައި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ލުކާކޫގެ މޮޅު ކުޅުމާ އެކު ނަޕޯލީ އެއް ވަނައިގައި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އަރާމުކުރަން ބޭނުންވާތީ ނަޕޯލީގެ ކޯޗު މަގާމުން ވަކިވަނީ
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް