09 ނޮވެމްބަރ 2022
އިޓާލިއަން ލީގުގައި ރޭ ކްރެމޮނީސޭއާ 0-0 އިން އޭސީ މިލާން އެއްވަރުވުމުން ތާވަލުގެ ކުރީގައި ނަޕޯލީ އަށް 8 ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.
އިޓާލިއަން ލީގުގައި ރޭ ކްރެމޮނީސޭއާ 0-0 އިން އޭސީ މިލާން އެއްވަރުވުމުން ތާވަލުގެ ކުރީގައި ނަޕޯލީ އަށް 8 ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.
ނަޕޯލީ ވަނީ މިލާން މެޗުގެ ކުރިން އެމްޕޮލީ އަތުން 2-0 އިން މޮޅުވެފަ އެވެ.
ނަޕޯލީ އެއް ވަނައިގައި އޮތީ 38 ޕޮއިންޓާ އެކު އެވެ. މިލާން ދެ ވަނައިގައި އޮތީ 30 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 27 ޕޮއިންޓާ އެކު އޮތް ލާޒިއޯ އާއި ހަތަރު ވަނައިގައި 27 ޕޮއިންޓާ އެކު އޮތް އެޓަލާންޓާ މި ހަފުތާގައި ކުޅޭ މެޗުތަކުން މޮޅުވެ މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.
އެޓަލާންޓާ އިން މިރޭ ރަށުން ބޭރުގައި ނުކުންނާނީ ލެއްޗޭއާ ދެކޮޅަށެވެ. ލާޒިއޯ މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ މޮންޒާއާ ދެކޮޅަށެވެ.
ވޯލްޑް ކަޕަށް ލީގު މެދުކަނޑާލާއިރު، ނަޕޯލީއާ އަށް ޕޮއިންޓުގެ ފަރަގަކަށް ދިއުމަކީ ލީގު ޗެމްޕިއަންކަން ދިފާއުކުރަން ނުކުމެ އޮތް މިލާނަށް ކުރިމަތިވި މައްސަލައެކެވެ.
ރަށުން ބޭރުގައި ކްރެމޮނީސޭއާ ދެކޮޅަށް މިލާން ކުޅުނު މެޗުގައި އެ ޓީމުން ލަނޑު ޖަހާން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު ކްރެމޮނީސޭގެ ޑިފެންސް ލައިނާއި ގޯލްކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ހާފުގައި މިލާނުގެ ޑިވޮކް އޮރީގީ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެ ލަނޑު އޮފްސައިޑް ކަމަށެވެ.
އަމިއްލަ ދަނޑުގައި އެމްޕޮލީ އަތުން ނަޕޯލީ މޮޅުވީ ހަވިއޭ ލޮޒާނޯ ޕެނަލްޓީއަކުން ޖެހި ލަނޑުންނާއި ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ލަނޑުންނެވެ.
ނަޕޯލީ އާއި މިލާނަށް ކާމިޔާބު ރެއެއް
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ނަޕޯލީ އަށް އެއް ވަނަ ގެއްލިއްޖެ، އެޓަލާންޓާ ފޯމުގައި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ލުކާކޫގެ މޮޅު ކުޅުމާ އެކު ނަޕޯލީ އެއް ވަނައިގައި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
އަރާމުކުރަން ބޭނުންވާތީ ނަޕޯލީގެ ކޯޗު މަގާމުން ވަކިވަނީ
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް