04 ޖެނުއަރީ 2021
ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވެ، ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވެ، ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ޑިސެމްބަރު މަހާ ހަމައަށް ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޗެލްސީ އަށް ލިބުނީ އެންމެ މޮޅެކެވެ. ރޭގެ ބައްޔާ އެކު އެ ޓީމު ވަނީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. އަދި މިރޭ ސައުތެމްޓަނުން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފިނަމަ ޗެލްސީ ނުވަ ވަނަ އަށް ވެއްޓޭނެ އެވެ.
ލަމްޕާޑް ބުނީ އޭނަގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ކްލަބްގެ ބޯޑަށް އޮތް ކަމަށާއި އޭނާ ކޮންމެ ދުވަހަކު މަސައްކަތްކުރަނީ ކްލަބްގެ ހާލަތު ރަނގަޅުކޮށް ފުޓްބޯޅަ މެޗުތަކުން މޮޅުވާން ކަމަށެވެ.
"އަހަރެންގެ ކޮންޓްރޯލްގައި ނެތްކަމަކާ މެދު ނުވިސްނަން. ކްލަބްގެ ވެރިންގެ އަތްމަތީގައި ވަކި ކަންކަމުގެ ބާރު އޮންނާނީ. އަހަރެންގެ ފޯކަސް ހުރީ ދަނޑުމަތީގައި ނަތީޖާ ނެރެން. އެކަން މި ވަގުތު މި ދަނީ ނުވެ. އެހެންވީމަ ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި،" ލަމްޕާޑް ބުންޏެވެ.
ލަނޑު ޖެހުމަށް ފަހު ސިޓީގެ ފޯޑެން (ވ) އާއި ޑިބްރޭނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކޮވިޑް-19ގެ ސަބަބުން ސިޓީގެ މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅުނުއިރު އެ ޓީމުން ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 18 ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ސިޓީ އަށް ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ތިން މިނިޓް ފަހުން ފިލް ފޯޑެން ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. ކައުންޓަ އެޓޭކެއްގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ އެވެ.
ސިޓީން އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރު އެޑަސަން މޮރާއެސް ނުލައި ކުޅުނު މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ އެމެރިކާގެ ޒުވާން ކީޕަރު ޒެކް ސްޓެފެން އެވެ. އަނިޔާއިން ރަނގަޅުވެ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް ރޭގެ މެޗުގައި ކުޅުނުއިރު ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ވިންގް ކަލުމް ހަޑްސަން އޮޑޯއި އެވެ.
މި މޮޅާ އެކު ސިޓީ ވަނީ ލީގުގެ ފަސް ވަނަ އަށް އަލުން ޖެހިލައިފަ އެވެ. އެ ޓީމަށް 15 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށްގެން އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓަކަށް ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ރަށުންބޭރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ ލެސްޓާ ސިޓީ ވަނީ ލީގުގެ ތިން ވަނަ އަށް އަލުން އަރައިފަ އެވެ. ތިން ވަނައިގައި އޮތް ލެސްޓާ އަށް 17 މެޗުން ވަނީ 32 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި 16 މެޗުން 29 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ކުޅުމަށް ބަލާނަމަ އެންމެ މޮޅީ ސިޓީ: ލަމްޕާޑް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ފަހަތުން އަރައި ހޯދި ލީގު ތަށި ސިޓީ އިން އުފުލާލައިފި
ލަމްޕާޑާ އެކު ޗެލްސީން ފުރަތަމަ ފަހަރަށް ހަމަނޭވާއެއް
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް