Roadha Mihaaru
އެސްބީއައިގެ ކާޑު ލިމިޓު 100 ޑޮލަރަށް ދަށްކޮށްފި

އެސްބީއައިގެ ކާޑު ލިމިޓު 100 ޑޮލަރަށް ދަށްކޮށްފި

03 ޖެނުއަރީ 2021

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކާޑުތަކުން އޭޓީއެމް އާއި ޕީއޯއެސްތަކުން ފައިސާ ނެގޭ އަދަދު 100 ޑޮލަރަށް ދަށްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކާޑުތަކުން އޭޓީއެމް އާއި ޕީއޯއެސްތަކުން ފައިސާ ނެގޭ އަދަދު 100 ޑޮލަރަށް ދަށްކޮށްފި އެވެ.

އެ ބޭންކުން ކަސްޓަމަރުންނަށް ފޮނުވާފައިވާ އީމެއިލެއްގައި ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރިކުރެވޭނީ އަދި ފައިސާ ނެގޭނީ 100 ޑޮލަރާ ހަމައަށް ކަމަށް މެއިލްގައި ބުނެފައިވެ އެވެ.

އެސްބީއައި އިން މީގެ ކުރިން ކާޑު މެދުވެރިކޮށް މަހެއްގެ މައްޗަށް 250 ޑޮލަރު އޭޓީއެމުން ނެގެ އެވެ.

މި ބަދަލު ގެނައި ސަބަބެއް އެސްބީއައި އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ބޭންކުތަކުން ލިމިޓުކުރީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު ދަށްވުމާ ގުޅިގެންނެވެ.

ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލުން ވެސް ވަނީ އެ ބޭންކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ބައެއް އީ ކޮމާސް ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.