02 ޖެނުއަރީ 2021
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އާ އަހަރާ އެކު ސޯޝަލް މީޑިއާއާ ފެއަށް ޖެހިލައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އާ އަހަރާ އެކު ސޯޝަލް މީޑިއާއާ ފެއަށް ޖެހިލައިފި އެވެ.
އިންޓަގްރާމްގައި 52 މިލިއަން އަދި ޓްވިޓާގައި 27 މިލިއަން ފޮލޯވަރުން ތިބި ބަތަލާގެ އެކައުންޓްތަކުގައި މިހާރު އެއްވެސް ޕޯސްޓެއް ނެތެވެ. ހުރިހާ އެއްޗެއް ހުރީ ޑިލީޓްކޮށްލައިފަ އެވެ، އެކަމަކު މީގެ ސަބަބެއް ސާފެއް ނުވެ އެވެ. އަދި ދީޕިކާ ވެސް މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި ކުއްލި ގޮތަކަށް ދީޕިކާ އިންސްޓަގްރާމާއި ޓްވިޓާއާ ދުރަށް ދިޔަ އެއް ސަބަބަކީ ފިލްމެއްގެ ޕްރޮމޯޝަނަލް ސްޓަންޓަކަށް ވެދާނެ އެވެ. ބައެއް މީހުން ބުނެފައި ވަނީ އެކައުންޓްތައް ހެކްކުރީ ކަމަށް ވެސް ވެދާނެ ކަމަށެވެ. ބޮލީވުޑް މަޝްހޫރު ފަންނާނުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމަކީ ވަރަށް އާންމު ކަމެކެވެ.
އެކަމަކު ދީޕިކާގެ އެކައުންޓް ހެކްކުރީ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ސަބަބަކީ ހެކް ކޮށްފި ނަމަ އާންމުކޮށް ހުރިހާ ތަރިން ވެސް އެކަން ކޮންމެވެސް ގޮތަކުން ފޭނުންނާ ހިއްސާކުރާތީ އެވެ.
އިންސްޓަގްރާމާއި ޓްވިޓާއާ ދީޕިކާ ދުރަށް ދިޔަ އިރު، އޭނާ އަކީ އެ ދެ ޕްލެޓްފޯމްގައި ވެސް އެކްޓިވް ތަރިއެކެވެ. އަދި ފިރިމީހާ ރަންވީރް ސިންގް އަކީ ވެސް ސޯޝަލް ޕްލެޓްފޯމްތަކުގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ.
ދީޕިކާ އާއި ރަންވީރް މި ވަގުތު ތިބީ އާ އަހަރުގެ ޗުއްޓީއަށް ރާޖަސްތާނުގަ އެވެ.
ދީޕިކާ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ޝާކްރުކް ޚާންގެ "ޕަތާން" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ އަދި ނަން އިއުލާންނުކުރާ ފިލްމެކެވެ. މި ދެ ފިލްމުގެ ޝޫޓިންގެ ތެރެއިން ޝަކުންގެ ފިލްމުގައި ބޮޑު ބައި ނިމިފައިވާ އިރު، "ޕަތާން" ގެ ފުރަތަމަ ޝެޑިއުލް މުމްބާއީގައި ނިންމާލައި މި މަހުގެ ތެރޭގައި ދެވަނަ ޝެޑިއުލް އަބޫ ދާބީގައި ފަށާނެ އެވެ.
މިދިޔަ އަހަރު "ޗަޕާކް" އިން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ ރަންވީރާ އެކު ކުޅެފައިވާ "83" އިންނެވެ.
ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ނަމަކީ "ދުޢާ"
ދީޕިކާ ބަނޑުބޮޑު ކަމަށް ރިޕޯޓްތައް ބުނެފި
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ފަރުވާ ހޯދަމުން ހީނާ އަރާމުކޮށްލަން ސިޔާމް ވޯލްޑަށް
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބިއްޖެ
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
ގޯހަރްގެ ދަރިފުޅުގެ މޫނު ދައްކާލީ އުމްރާ ދަތުރުގައި
ދީޕިކާ ބަލިވެއިނުމުން ރަންވީރް ޗުއްޓީއަށް ދަނީ