Roadha Mihaaru
ގޯހަރްގެ ދަރިފުޅުގެ މޫނު ދައްކާލީ އުމްރާ ދަތުރުގައި

ގޯހަރްގެ ދަރިފުޅުގެ މޫނު އުމްރާ ދަތުރުގެ ތެރެއިން ދައްކާލައިފި

22 މާޗް 2024

އިންޑިއާގެ ފިލްމީ ތަރި ގޯހަރް ހާންގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.

އިންޑިއާގެ ފިލްމީ ތަރި ގޯހަރް ހާންގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.

ގޯހަރް އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒައިދު ދަރްބާރް އަށް އަލަތު ދަރިފުޅު، ޒީހާން ލިބުނީ މިދިޔަ އަހަރު މެއި 10 ގަ އެވެ. އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހު އެ ދެމަފިރިން އުޅުނީ ދަރިފުޅުގެ މޫނު ޕަޕަރާޒީންނަށް ފޮރުވައިގެންނެވެ.

ޒީހާންގެ މޫނު އާންމުންނަށް ދައްކާލީ ގޯހަރްގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުންނެވެ.

އެ ފޮޓޯއިން ފެންނަނީ އުމްރާގެ އަޅުކަމަށް މި ރޯދަމަހު މައްކާގައި ތިބި އެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ގެފުޅުގެ ކުރިމަތީގައި ތިއްބަ އެވެ. ގޯހަރް ހުރީ ޒީހާން އުރާލައިގެންނެވެ. ކައިރީގައި ޒައިދު ވެސް ހުއްޓެވެ. ޒީހާންގެ މޫނުމަތިން ހިނިތުންވުމެއް ވެސް ފެނެ އެވެ.

ޒައިދު އާއި ގޯހަރް ކައިވެނިކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. މިއީ ކައިވެނީގެ ފަހުން އެ ދެމަފިރިން އުމްރާއަށް ދިޔަ ދެވަނަ ފަހަރެވެ.