20 ޖޫން 2022
މީގެ ހަފުތާއެއް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ތަރި، އަނުޝްކާ ޝަރްމާ އަދިވެސް ވަރަށް ބޮޑަށް ރާއްޖެ "މިސްވާ" ކަމަށް ބުނެފި އެވެ.
މީގެ ހަފުތާއެއް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ތަރި، އަނުޝްކާ ޝަރްމާ އަދިވެސް ވަރަށް ބޮޑަށް ރާއްޖެ "މިސްވާ" ކަމަށް ބުނެފި އެވެ.
އަނުޝްކާ އާއި އޭނާގެ ފިރިމީހާ، ކްރިކެޓް ތަރި ވިރާޓް ކޯލީ އެމީހުންގެ ދަރިފުޅު ވަމިކާއާ އެކު ރާއްޖޭގައި ހޭދަކުރީ އެންމެ ދެތިން ދުވަހެވެ. އެކަމަކު އެ ދަތުރަކީ އަނުޝްކާ އަށް އެންމެ "ބެސްޓް މެމޮރީސް" ކަމަށް އޭނާ ބުނެ އެވެ.
އަނުޝްކާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ބައެއް މަންޒަރުތައް ވެސް އާންމުކޮށްފަ އެވެ. ޗުއްޓީ ދަތުރު ނިންމާލި ގޮތަށް ފިލްމީ މަސައްކަތްތައް ވެސް ފަށާފައިވަނިކޮށް ކުރި އެ ޕޯސްޓުގައި ވަނީ ރާއްޖެ ވަރަށް ހަނދާންވާ ކަމަށް ވެސް ބުނެފަ އެވެ.
އަނަންދު އެލް ރާއީގެ "ޒީރޯ" އިން އެންމެ ފަހުން ފެނުނު އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ. އެއީ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ ޖުލަން ގޮސްވާމީގެ ހަޔާތަށް ނެރޭ ފިލްމެކެވެ. އެއީ ދަރިއަކު ލިބުނު ފަހުން އަނުޝްކާ ކުޅޭ ފުރަތަމަ ފިލްމެވެ.
އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ނެޓްފްލިކްސް މެދުވެރިކޮށެވެ.
މިއީ ޝާހްރުކެއް ނޫން، އޭނާގެ ބޮޑު ފޭނެއް
ފަރުވާ ހޯދަމުން ހީނާ އަރާމުކޮށްލަން ސިޔާމް ވޯލްޑަށް
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
އަކޭ ގޮވައިގެން އަނުޝްކާ އިންޑިއާ އަށް ހިނގައްޖެ
ގޯހަރްގެ ދަރިފުޅުގެ މޫނު ދައްކާލީ އުމްރާ ދަތުރުގައި
އަނުޝްކާ އާއި ވިރާޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެެ
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް
ކެޓްރީނާ އިޝްތިހާރެއް ކުޅެން ރާއްޖޭގައި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ