Roadha Mihaaru
މޫމިންގެ އާ އަހަރުގެ ހަދިޔާ އަކީ "ފީހާލި"

މޫމިންގެ އާ އަހަރުގެ ހަދިޔާ އަކީ "ފީހާލި"

31 ޑިސެމްބަރ 2020

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ޑައިރެކްޓަރު މޫމިން ފުއާދުގެ ކުރު ފިލްމެއް "ފީހާލި" ގެ ނަމުގައި އަންނަ މަހުގެ އެކެއްގައި ބައިސްކޯފުން ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ޑައިރެކްޓަރު މޫމިން ފުއާދުގެ ކުރު ފިލްމެއް "ފީހާލި" ގެ ނަމުގައި އަންނަ މަހުގެ އެކެއްގައި ބައިސްކޯފުން ގެނެސްދޭން ނިންމައިފި އެވެ.

މީގެ ޓީޒާ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބައިސްކޯފުން ބުނީ މިއީ އާ އަހަރުގައި ބައިސްކޯފްގެ އަހުލުވެރިންނަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަށް ވާނެ ކަމަށެވެ.

ބައި ގަޑިއިރުގެ "ފީހާލީ" ގައި ކިޔައިދޭނީ މާލޭގައި އުޅޭ ބައެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ. މީގެ ކާސްޓްގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ނަތާޝާ ޖަލީލު، އަލީ ފިޒާމް، އަހުމަދު އިޝާރް، މުހައްމަދު ޒުހުރީ އަދި ވާޝިޔާ މުހައްމަދު (ޝިޔާ) ހިމެނެ އެވެ.

މި ފިލްމުން "މަލިކާ" އާއި "އުމުރަށް" އަދި "އެ ތޫފާނީ ރޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަލީ މުސްތަފާ (ސެމީ) ގެ ދަރިފުޅު އަނޫފް އަލީ މުސްތަފާ ވެސް ފިލްމީ ދާއިރާ އަށް ތައާރަފުކުރާނެ އެވެ.

މިދިޔަ އަހަރު ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" ގެނެސްދިން މޫމިންގެ އުފެއްދުމަކަށް ބެލުންތެރިންނަށް އެންމެ ފަހުން ގެނެސްދިނީ މިދިޔަ މަހު ނިންމައިލި 13 އެޕިސޯޑްގެ ވެބް ސީރީޒް "ގަމިނި" އެވެ.

"ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ފަދަ ގިނަ އެވޯޑްތަކެއް ހޯދި ފިލްމުތައް ގެނެސްދިން މޫމިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓަށް ހަދާނެ ކަމަށް ބެލެވޭ "ބައިސާ" ހިމެނެ އެވެ.