Roadha Mihaaru
އައްޑޫގެ ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ހޯދަނީ

އައްޑޫގެ ދުވަސްވީ މީހަކު ބަލައިދޭނެ ބަޔަކު ކައުންސިލުން ހޯދަނީ

29 ޑިސެމްބަރ 2020

އައްޑޫ ހިތަދޫގެ އުމުރުން 65 އަހަރުން މަތީގެ ފިރިހެނަކު ދިރިއުޅޭނެ ތަނަކާއި އޭނާ ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގެ އުމުރުން 65 އަހަރުން މަތީގެ ފިރިހެނަކު ދިރިއުޅޭނެ ތަނަކާއި އޭނާ ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމަށް ދެ މީހަކު ބޭނުންވާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު މާދަމާ އޮފީސް ބަންދުވުމުގެ ކުރިން ސާފުކުރަން އެދޭ ކަމަށެވެ. އަދި ދުވަސްވީ މީހާ ބަލައިދޭން ޝައުގުވެރިވާ މީހުން، އެކަމުގެ ތަފުސީލު އަންނަ މަހުގެ ތިން ވަނަ ހުށަހެޅުމަށް ވެސް ކައުންސިލުން އެދިފައިވެ އެވެ.

ދުވަސްވީ މީހަކު ދިރިއުޅޭނެ ތަނަކާއި އޭނާ ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާންކުރި ނަމަވެސް މިކަމާ އިތުރު އެއްވެސް ތަފުސީލެއް ކައުންސިލުން ހާމައެއްނުކުރެ އެވެ. އެކަމަކު މިއީ ކައުންސިލުން މީހަކު ބަލައިދޭނެ ބަޔަކު ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.