29 ޑިސެމްބަރ 2020
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ހަ ދައުވާއެއްކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ހަ ދައުވާއެއްކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ނިހާނަށް ކުރާ ދައުވާތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް މި ދައުވާތަކާ އެކު ކޯޓުގައި އެދިފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ނިހާންގެ މައްޗަށް ދައުވާކުރަނީ މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިފައިވާ ފައިސާ އޭނާ އަށް ލިބުނު މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ރިޔާސީ ކޮމިޝަން ގުޅިގެން ކުރި ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ހުށަހެޅުމުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ނިހާން، މަޖިލީހުގެ މެމްބަރުކަމާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުން ރިޝްވަތަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެއާއެކު، އަދީބު ދެއްވި ރިޝްވަތު ގަބޫލުކޮށް، ކުށްކޮށް ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ބުންޏެވެ.
އެކަމަކު ނިހާނަށް އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން 2014-2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ފާހަގަކުރި އެވެ.
- ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މި ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހިވަޑައިގަންނަވާ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މެދުވެރިވެގެން އެސްއޯއެފްގެ 150،000ރ. ޑޮލަރުގެ ޗެކެއް ލިބިވަޑައިގެންފައިވާތީ)
- މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ (މި ދައުވާކުރަނީ އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިވަޑައިގެން، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑެންޝަލް އިން ފްލެޓް ބައްލަވައިގެންފައިވާތީ)
- ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ (މި ދައުވާ އުފުލަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް 2014 ވަނަ އަހަރު ބޭފުޅަކު އައްޔަންކުރުމާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ] އަށް އައްޔަންކުރާ މެމްބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑުގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބުގެ އަރިހުން އެދިވަޑައިގެންފައިވާތީ)
- ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
(މި ދައުވާކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް 2014 ވަނަ އަހަރު ބޭފުޅަކު އައްޔަންކުރުމާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ] އަށް އައްޔަންކުރާ މެމްބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑުގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބުގެ އަރިހުން އެދިވަޑައިގަނެ، މ. ވިލާދަށު، މުހައްމަދު މަނިކު [ބިސް މަނިކު) މެދުވެރިކޮށް އަދީބު ދެއްވި ރޮލެކްސް ގަޑި ބަލައިގެންފައިވާތީ).
- ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ
(މިއީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، މެމްބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގަވާގޮތަށް އަދާކުރުމުގެ ބަދަލުގެ ގޮތުގައި 650،000ރ. ދިނުމަށް އަދީބު އަރިހުން އެދިވަޑައިގެންފައިވާތީ ކުރާ ދައުވާއެއް)
- ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
(މި ދައުވާ އުފުލަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، މެމްބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގަވާގޮތަށް އަދާކުރުމުގެ ބަދަލުގެ ގޮތުގައި 650،000ރ. ދިނުމަށް އަދީބު އަރިހުން އެދިވަޑައިގެން އެ އަދަދަށް ފައިސާ ދެއްވުމުން އެ ބަލައިގެންފައިވާތީ)
އެމްއެމްޕީއާރްސީގެ މައްސަލައިގައި ނިހާންގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހެޅިއިރު، އޭނާ ރާއްޖެއިން ފިލައިގެން ވަޑައިގެންފާނެތީ މި މަހުގެ ތެރޭގައި ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އެސެޓް ރިކަވަރީ ކޮމިޝަނުން އިސްކަންދީގެން އަންނަނީ ބަލަމުންނެވެ. އެކަމަކު ބޮޑު ހިޔާނާތާ ގުޅިގެން މިހާތާނަށް ހުކުމްކޮށްފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
މި މައްސަލައިގައި ކުރީގެ ސަރުކާރާއި މި ސަރުކަރުގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް ތުހުމަތުކުރެ އެވެ. އެގޮތުން ކުރީގެ ސަރުކާރުގެ އިސްކޮށް ތިއްބެވި 30 ބޭފުޅުންނާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެ އެވެ.
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު