28 ޑިސެމްބަރ 2020
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެކަމަކު އެ ކުންފުނިން އެ ދައުވާއަށް އިންކާރު ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސަން ކުންފުނީގެ ވަކީލް އަލީ ޝާހު ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަން ހުށަހެޅީ އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެއަށް ވާ ދިވެހި ރުފިޔާ އެ މަނިކުފާނަށް އެ ކުންފުނިން ދޫކުރިކަން ސާބިތުކުރަން ކަމަށެވެ. ދެވަނަ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝާމިލް ކިޔާ މީހެކެވެ.
މީގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި 30 ލިޔުމެއް ވެސް ސަން ކުންފުނީގެ ފަރާތުން މިއަދު ހުށަހެޅި އެވެ. އޭގެ ތެރޭގައި ޔާމީންގެ ތަހުގީގު ބަޔާނާއި ބައެއް ތަހުގީގު ރިޕޯޓްތަކާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބައެއް ލިޔުންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ސަން ކުންފުނީގެ މުވައްޒަފުންނާއި ވިޔަފާރީގެ މައުލޫމާތުތައް ހިމެނޭ ބައެއް ލިޔުންތައް އާންމު ނުކުރެވޭ ގޮތަށް، ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ ކުންފުނިން އެދުނެވެ. ނަމަވެސް ދައުލަތަށް އެ ލިޔުންތައް ހިއްސާކުރަން ދެކޮޅު ނަހަދާ ކަމަށް ޝާހު ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދެ ފަރާތުން ވެސް ހުށަހެޅުން ކަމަށެވެ. އެ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ފަސް ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ސަން ކުންފުނީގެ ފަރާތުން ދިފާއުގައި ޔާމީން ހެއްކެއްގެ ގޮތުގައި ހުށަހެޅިއިރު، ދައުލަތުން ކުރިން އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން އެ ކުންފުންޏާ ދެކޮޅަށް ކުރިން ހުށަހަޅައިފަ އެވެ. އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ.
ފުއްގިރި މައްސަލައަށް ސަން އިންވެސްޓްމަންޓުން އިންކާރު
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ފުއްގިރި މައްސަލަ:ތަހުގީގު ފައިލްތައް ދޭން އަންގައިފި
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ޔާމީންގެ މައްސަލަ:އާ ހެކި އުފެއްދިކަމަށް ތުހުމަތުކޮށްފި
ޔާމީންގެ ހެކި ދޮގުކުރަން ހުށަހެޅި އާ ހެކި ބަލައިގެންފި