26 ޑިސެމްބަރ 2020
ލަންޑަން (ޑިސެމްބަރު 26) - އާސެނަލްގެ ސީޒަން ސަލާމަތްކުރަން ބޭނުންނަމަ މިރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ކޮންމެހެން މުހިއްމު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ލަންޑަން (ޑިސެމްބަރު 26) - އާސެނަލްގެ ސީޒަން ސަލާމަތްކުރަން ބޭނުންނަމަ މިރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ކޮންމެހެން މުހިއްމު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އާސެނަލް މޮޅުވީ އެންމެ މެޗަކުންނެވެ. އާސެނަލަށް 14 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު މިއީ 1974-1975 ގެ ސީޒަނަށް ފަހު އެ ޓީމުގެ އެންމެ ދަށް ސީޒަނެވެ. އަނެއްކޮޅުން މިއީ 1982-1983 ވަނަ އަހަރުގެ ސީޒަނަށް ފަހު ޑިސެމްބަރު ފަހުކޮޅާ ހަަމައަށް އައިިރު އާސެނަލުން ލީގު ތާވަލުގައި ދަށް ހިސާބެއްގައި އޮތް ފުރަތަމަ ފަހަރެވެ. އެ ފަހަރު 16 ވަނައިގައި އޮތްއިރު، މި ފަހަރު އެ ޓީމު އޮތީ 15 ވަނައިގަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުރިއަށް ހަތެއް ނޫނީ އަށް ވަރަކަށް ދުވަހަކީ އާސެނަލްގެ ސީޒަނުގައި އެ ޓީމަށް ހާސިލްކުރެވޭނީ ކޮން ކަމެއްތޯ އުފެދިފައިވާ ސުވާލަށް ޖަވާބުދޭން ކަންތައްތަކެއް ފެނިގެންދާނެ ދުވަސްތަކެއް ކަމަށެވެ.
"ކުރިއަށް މި އޮތް މެޗުތަކަށް ދާއިރު އަހަރެމެން ފުރަތަމަ ކަމަކަށް އެބަޖެހޭ ސީޒަން ސަލާމަތްކުރާނަމަ މި މެޗުން މޮޅުވާން. ޗެލްސީ ބަލިކުރެވިއްޖެނަަމަ އެ ވެގެންދާނެ ކުޅުންތެރިންގެ އިތުބާރު މައްޗަށް ޖައްސާލަން ވެސް ލިބޭ ފުރުސަތަކަށް،" އާޓެޓާ ބުންޏެވެ.
އާސެނަލްގެ ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅަ އެނަލިސްޓުން އަންނަނީ އާޓެޓާ އެ ޓީމުގެ ކުޅުންތެރިން ދިފާއުކޮށް ވާހަކަ ދައްކާ މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ކުޅުންތެރިންގެ މަސައްކަތުގެ ރޭޓު އެކަށީގެންވާ ވަރަށް ނެތި އެ މީހުންގެ ދިފާއުގައި ވާހަކަ ދައްކަނީ ކީއްވެތޯ ނޫސްވެރިއަކު އާޓެޓާ ގާތުގައި ސުވާލުކުރުމުން އޭނާ ބުނީ ސަބަބުތަކެއް ނެތި އެ ގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.
"މިއީ އަހަރެން ކުރަން ޖެހޭ ކަމެއް. އަހަންނަށް ފެނޭ އެ މީހުން އެ ކުރާ މަސައްކަތް. އަހަންނަށް ފެނޭ މެޗުތަކުން ބަލިވީމަ އެ މީހުންނަށް އެ ކުރިމަތިވާ މާޔޫސްކަން. އެހެން ބައިވަރު ސަބަބުތަކެއް ވެސް އެބަހުރި. އަހަރެން ކުޅުންތެރިން ހިމާޔަތްކުރާނަން،" އާޓެޓާ ބުންޏެވެ.
އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އާއި ބްރެޒިލްގެ ޒުވާން ތަރި ގަބްރިއެލް މާޓިނޭލީ މެޗުގެ ކުރިން ފިޓްނަސް ޓެސްޓެއް ހަދާނެ އެވެ. ތިން މެޗުގެ ސަސްޕެންޝަނަކަށް ފަހު މި މެޗުގައި އާސެނަލްގެ ގްރޭނިޓް ޝާކާ ވެސް ކުޅޭނެ ކަމަށް ބެލެވެ އެވެ.
މިދިޔަ ސީޒަނުގެ އެފްއޭ ކަޕު ފައިނަލުގައި ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދި އެވެ. އާޓެޓާ ބުނީ މިހާރު އޮތީ އެ ޗެލްސީ ޓީމު ނޫން ކަމަށާއި 220 މިލިއަން ޕައުންޑަށް ވުރެ ގިނައިން އިންވެސްޓްކޮށް ޗެލްސީ ޓީމު އޮތީ ވަރުގަދަކޮށްފައިކަން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 10:30 ގަ އެވެ.
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް
އާސެނަލް 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ
މެޗުން ބަލިވެއްޖެ ނަމަ އާޓެޓާގެ މަގާމާމެދު ވިސްނާނެ
އާޓެޓާ އާއި ހުޑްސޮން-އޮޑޯއީ ކޮވިޑް-19 އަށް ޕޮޒިޓިވް
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި