23 ޑިސެމްބަރ 2020
ލިވަޕޫލް (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) އަކީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ތަށްޓެއް ހޯދުމަށް ކުރާ މަސައްކަތުގައި އެ ޓީމަށް އޮތް ބޮޑު ފުރުސަތެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ލިވަޕޫލް (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) އަކީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ތަށްޓެއް ހޯދުމަށް ކުރާ މަސައްކަތުގައި އެ ޓީމަށް އޮތް ބޮޑު ފުރުސަތެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ 2018 ވަނަ އަހަރުގެ ފަހުކޮޅުގައި ހަވާލުވެ މިހާތަނަށް ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ރަނގަޅު ނަތީޖާތަކެއް އެކި ފަހަރު މަތިން ނެރުނު ނަމަވެސް ޖުމްލަ ގޮތެއްގައި އެއް ފެންވަރެއްގައި ނަތީޖާތައް ދެމެހެއްޓޭނެ ގޮތެއް ހޯދިފައިނުވާތީ ތަށްޓެއްގައި އަތްލުމުގެ ނަސީބު އަދި ނުލިބެ އެވެ. ސޯލްޝެއާ ބުނީ މި ފަހަރުގެ ލީގު ކަޕަކި އެކަން ބަދަލުކޮށްވިދާނެ ފަހަރެއް ކަމަށެވެ.
"ކީއްވެ އަހަރެމެންނަށް އެކަން (ލީގު ކަޕް ކާމިޔާބު) ނުކުރެވެންވީ. އެއީ އަހަރެންގެ ނަޒަރުގައި ކުރެވޭނެކަމެއް. އަދި ވަރަށް ބޮޑު ފުރުސަތެއް ވެސް އޮތްކަމެއް. ކޮންމެ އަހަރަކު ވެސް ބޭނުންވަނީ ކުރިއެރުން. މިދިޔަ ސީޒަނަށް ބަލާއިރު މި ފަހަރު ކުރިއެރުމަކަށް ވެދާނެ ފައިނަލަށް ދިއުން. އެކަމަކު ފައިނަލަށް ގޮސްގެން މޮޅެއް ނެތް. ހުރިހާ ކަމެއް އޮންނާނީ ތަށި އުފުލާލާ ޓީމަށް،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ 2017 ވަނަ އަހަރު އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އެ އަހަރުގެ ލީގު ކަޕާއި ޔޫރޮޕާ ލީގުގެ ތަށި އުފުލާލި އެވެ. މިދިޔަ ސީޒަނުގައި ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ތިން މުބާރާތެއްގެ ސެމީ ފައިނަލުން ކަޓައިފަ އެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ރަށުންބޭރުގައި ޔުނައިޓެޑް ކުޅޭނީ އެވަޓަންއާ އެވެ. ސޯލްޝެއާ ބުނީ ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި އެވަޓަން ހޯދާފައިވާ ކުރިއެރުން އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ވިސްނައިގެން ނުކުންނަައިރު މި މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބި ތިބި ބައެއް ކުޅުންތެރިންނަށް ޖާގަ ދިނުމުގެ ވިސްނުމެއް ސޯލްޝެއާ ގެންގުޅެ އެވެ.
އެ ގޮތުން ޖެސޭ ލިންގާޑާއި އެޑިސަން ކަވާނީ ފަދަ މަދު މެޗުތަކެއް ލިބުނު ކުޅުންތެރިން ފުރަތަމަ އެގާރައިން ފުރުސަތު ލިބިދާނެ ކަމުގެ އިޝާރާތެއް ސޯލްޝެއާ ވަނީ ދީފަ އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.
ކުރިއެރުން ދައްކަން ބޭނުމީ ތަށި ހޯދައިގެން: ސޯލްޝެއާ
ފުރަތަމަ ލެގުން ޔުނައިޓެޑް ބަލިވިޔަސް ކޯޗު އުއްމީދުގައި
ލީގު ކަޕުގައި ޔުނައިޓެޑަށް ތަފާތު ބޮޑު މޮޅެއް
ލީގު ކަޕުން ޔުނައިޓެޑް ކަޓައި ހާލަތު ގޯހުން ގޯހަށް
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
މެންޗެސްޓާ ޔުނައިޓެޑް ލީގް ކަޕް ފެށީ ފަސޭހަ މޮޅަކުން
ފަސް ސީޒަނަށް ފަހު ޔުނައިޓެޑަށް ފުރަތަމަ ތަށި
ޔުނައިޓެޑް ފައިނަލަށް، ވާދަކުރާނީ ނިއުކާސަލްއާ
ސެމީގެ ފުރަތަމަ ލެގުގައި ޔުނައިޓެޑަށް ފުރިހަމަ މޮޅެއް
ޔުނައިޓެޑަށް ތަށި ހޯދައިދޭން ކޯޗު އުންމީދުގައި