ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރަން ހުޅުވައިލި ޖާގަތަކުގެ އަގުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާއްމުކޮށްފި އެވެ.
22 ޑިސެމްބަރ 2020
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރަން ހުޅުވައިލި ޖާގަތަކުގެ އަގުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާއްމުކޮށްފި އެވެ.
އެ ކުންފުނިން އާއްމުކުރި ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި ވިޔަފާރި ކުރުމަށް ދޫކުރާ ޖާގަތަކުގެ ތެރެއިން ކްލިނިކް ހިންގަން ދޭ 2،196.91 އަކަފޫޓުގެ ޖާގައިގެ ޔުނިޓަށް ފުރަތަމަ ދެ އަަހަރު ނަގާނީ އަކަފޫޓަކަށް 15ރ. ކަމަށެވެ. އަދި ތިން ވަނަ އަހަރުން ފެދިގެން ފަސް ވަނަ އަހަރާ ހަމައަށް އެ ޔުނިޓަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ވެސް އަކަފޫޓަކަށް 15ރ. އެވެ.
ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރި އަށް ދޫކުރަން މިހާރު ހުޅުވާލައިފައިވާ އަނެއް ޖާގައަކީ ފާމަސީ ހިންގަން ދޭ 542.39 އަކަފޫޓުގެ ޔުނިޓެކެވެ. އެތަނުގެ ކުއްޔަކީ ވެސް ފުރަތަމަ ދެ އަހަރު، އަކަފޫޓަކަށް 15ރ. އެވެ. އަދި ތިން ވަނަ އަހަަރުން ފެށިގެން ފަސްވަނަ އަހަރާ ހަމައަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30ރ. އެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނިގޮތުގައި، ސުޕަމާކެޓް ހިންގުމަށްޓަކައި ދޫކުރަން އިއުލާނުކޮށްފައިވާ 31،06.89 އަކަފޫޓްގެ ޖާގައިގެ ވެސް ފުރަތަމަ ދެ އަހަރުގެ ކުއްޔަކީ އަކަފޫޓަކަށް 15ރ. އެވެ. ދެވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް 30ރ. އެވެ.
ހުރިހާ ޖާގައަކަށް ވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވާނެ ތާރީހުތައް ވެސް މިއަދުގެ ބަޔާނުގައި ހިމެނެ އެވެ.
ކްލިނިކް ހިންގަން ދޫކުރާ ޖާގައާއި ފާމަސީ ހިންގަން ދޫކުރާ ޖާގައާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ އެޗްޑީސީން ބުނިގޮތުގައި މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގަ އެވެ. ސުޕަމާކެޓް ހިންގަން ދޫކުރާ ޖާގައިގެ މައުލޫމާތު ދޭނީ މި މަހުގެ 29 ވަަނަ ދުވަހު މެންދުރުފަހު 2:00 ގަ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅެން އަދި ނުފެށި ނަމަވެސް، އެކަމަށް މިހާރު ގިނަ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ 7،000 ހައުސިން ޔުނިޓުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.
އެޗްޑީސީން ބުނީ ކޮމާޝަލް ޖާގަތައް ދޫކުރަނީ ފްލެޓްތަކުގައި މީހުން އުޅެން ފެށުމުގެ ކުރިން އެ ސަރަހައްދަށް އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތައް ފޯރުކޮށްދޭން ފަށަން ކަމަށެވެ.
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ސީލައިފާއި ގުޅިފަޅު ފްލެޓް ލިބުނު މީހުން ލިސްޓަކު ނެތް
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ހިޔާގައި 6:00 އަށް ފަހު މަސައްކަތް ކުރުން މަނާ
ޖޫރިމަނާއަކާ ނުލައި މަސް ނިމެންދެން ފްލެޓް ކުލި ދެއްކޭ
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހަތް މަހަށް ފަހު ހިޔާފްލެޓްތަކުން ކުލި ނަގަން ފަށައިފި
ސީލައިފް މީހުންނަށް ވިނަރެސް ފްލެޓް ވިއްކަން ފަށައިފި
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ފްލެޓްތަކުގެ ކުލި ފަސްކުރުމުގެ 171 މިލިއަން ގެއްލޭނެ