ގިނަ އަދަދެއްގެ މީހުން ބަދަލުވަމުން އަންނަ ހުޅުމާލޭ ހިޔާ ފްލެޓުތަކުގައި އިރުއޮއްސި 6:00 އިން ފެށިގެން މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
24 މެއި 2022
ގިނަ އަދަދެއްގެ މީހުން ބަދަލުވަމުން އަންނަ ހުޅުމާލޭ ހިޔާ ފްލެޓުތަކުގައި އިރުއޮއްސި 6:00 އިން ފެށިގެން މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
ހިޔާ ފްލެޓަށް އަދިވެސް މީހުން ބަދަލުވަމުން އަންނަ އިރު މަރާމާތު ކުރުމުގެ މަސައްކަތްތައް ގިނަ އަދަދެއްގެ ފްލެޓުގައި ކުރިޔަށް ދެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން ރޭގަނޑު 10:00 ގެ ފަހުން އަޑު ގަދަވާ ޒާތުގެ މަސައްކަތެއް ނުކުރެވޭނެ އެވެ.
ނަމަވެސް އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 8:00 އާ ދެމެދު އަޑުގަދަވާ ފަދަ މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.
މީގެ އިތުރުން ފްލެޓުތަކުގެ މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓުތަކަށް އުނދަގޫ ނުވާ ގޮތަށް މަސައްކަތް ކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިޔާ ފްލެޓުތަކަށް އަލަށް ބަދަލުވާ މީހުންގެ ޝަކުވާއަކީ މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދާތީ ފްލެޓަށް ކުލި ދައްކަން ޖެހުމެވެ. އެ މުއްދަތު އިތުރު ކޮށްދިނުމަށް ފަހު އެޗްޑީސީން ވަނީ މި މަހުން ފެށިގެން ވަނީ ކުލި ނަގަން ފަށައިފަ އެވެ.
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ސީލައިފާއި ގުޅިފަޅު ފްލެޓް ލިބުނު މީހުން ލިސްޓަކު ނެތް
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ޖޫރިމަނާއަކާ ނުލައި މަސް ނިމެންދެން ފްލެޓް ކުލި ދެއްކޭ
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހަތް މަހަށް ފަހު ހިޔާފްލެޓްތަކުން ކުލި ނަގަން ފަށައިފި
ސީލައިފް މީހުންނަށް ވިނަރެސް ފްލެޓް ވިއްކަން ފަށައިފި
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ފްލެޓްތަކުގެ ކުލި ފަސްކުރުމުގެ 171 މިލިއަން ގެއްލޭނެ
ހިޔާ ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްފި