02 އެޕްރީލް 2022
ކުލި ދެއްކުން ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓުތަކުން އިއްޔެ އިން ފެށިގެން ކުލި ނަގަން ފަށައިފި އެވެ.
ކުލި ދެއްކުން ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓުތަކުން އިއްޔެ އިން ފެށިގެން ކުލި ނަގަން ފަށައިފި އެވެ.
ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ހަތަރު މަހުގެ މުއްދަތެއް ދިނުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުލި ނަގަން ފެށުމަށެވެ. ނަމަވެސް ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލު ނުވުމާއި ފިނިޝިން ނުނިމޭތީ އާންމުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިދިޔަ މަހާ ހަމަޔަށް ކުލި ނުނަގާ ގޮތަަށް ނިންމީ އެވެ.
އެކަމަކު އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ކުރިން އަންގާފައިވާ ގޮތަށް މި މަހުން ފެށިގެން ކުލި ނަގަން ފަށަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުލި ދެއްކޭނެ ކަމަށާއި އެ ކުންފުނީގެ މައި އޮފީހުން ވެސް ކުލި ބަލައިގަންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިހާރު 3،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުން މަހު ކުއްޔެއް ގޮތުގައި ނަގާނީ 7،500ރ. އެވެ. ނަމަވެސް ސާވިސް ފީއާއެކު ޖުމުލަ 8،500ރ. ދައްކަން ޖެހެ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ އެ އަގުތައް ކުޑަ ކުރުމަށް ގޮވާލަމުންނެވެ. އެކަމަށްޓަކައި 1،500 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ.
ނަމަވެސް އެ ކުންފުނިން ބުނި ގޮތުގައި ފްލެޓްގެ ކުއްޔަށް ބަދަލު ނުގެނެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން މާކުރިން އޮތީ ނިންމާފަ އެވެ. އަދި އެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާގެ ބިރުވެރިކަން ގުޅިފައި އޮތީ ސިނގިރޭޓް ފިލްޓަރާ!
ވިނަރެސްގެ ފްލެޓްތައް ތިން މަސް ލަސްވެއްޖެ
ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ
ފްލެޓް ކުއްޔަށް ދިނަސް އެޗްޑީސީއަށް ކުރެވޭނެކަމެއް ނެތް
"ހާލުގައި އުޅޭތީ" ލިބުނު ހިޔާ ފްލެޓްތައް ކުއްޔަށް!
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ހައްލު ނުލިބިގެން، ފްލެޓް ލިބުނު މީހުން މަގުމައްޗަށް