21 ޑިސެމްބަރ 2020
އެއިބާ (ޑިސެމްބަރު 21) – ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑުން، އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.
އެއިބާ (ޑިސެމްބަރު 21) – ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑުން، އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.
ދެ ޓީމަށް ވެސް 29 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ އެތުލެޓިކޯ އެވެ. ރެއާލް އޮތީ ދެ ވަނައިގަ އެވެ. އެކަމަކު އެތުލެޓިކޯގެ އަތުގައި އިތުރު ދެ މެޗު އޮތުމުން ތަފާތު ބޮޑުކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
ރަށުން ބޭރުގައި ރެއާލް ކުޅުނު މެޗުގައި ތަފާތު ދެއްކީ އެ ޓީމުގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. އޭނާ އެއް ގޯލް ޖަހައި ދެ ގޯލް ޖަހަން މަގުފަހިކޮށްދިނެވެ.
ފުރަތަމަ ގޯލް ރޮޑްރީގޯ ދިން ބޯޅައަކުން ހަ ވަނަ މިނެޓުގައި ޖެހީ ބެންޒެމާ އެވެ. އަދި 13 ވަނަ މިނެޓުގައި ބެންޒެމާ ދިން ބޯޅައަކުން ރެއާލުގެ ދެ ވަނަ ގޯލް ޖެހީ ލޫކާ މޮޑްރިޗެވެ. އޭގެ ފަހުން އެއިބާގެ ކީކޭ ތަފާތު ކުޑަކުރި އެވެ. ރެއާލް ތިން ޕޮއިންޓް ކަށަވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި ބެންޒެމާ ދިން ބޯޅައަކުން ލޫކަސް ވަސްކުއޭޒް ޖެހި ގޯލުންނެވެ.
ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ބެންޒެމާ އަކީ އާދަޔާހިލާފު ކުޅުންތެރިއެއް ކަމަށާއި ލަނޑު ޖެހުމުގެ އިތުރުން ޓީމަށް އެހެން ގޮތްގޮތުން ވެސް އޭނާ އެހީވާ ކަމަށެވެ.
ހަތް މިނެޓު ތެރޭ ބެންޒެމާ ތިން ގޯލް ޖަހައިފި
ރެއާލް މޮޅުވި އިރު ބެންޒެމާ އަށް އުފާވެރިކަން
ބެންޒެމާގެ ދެ ގޯލާ އެކު ރެއާލުން ވެލެންސިއާ ބަލިކޮށްފި
ވިނީ އަށް ރަތެއް، ރެއާލަށް ފަހު ވަގުތު މޮޅެއް
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި
މޮޅުކޮށްދިނުމަށްފަހު ރޮޑްރިގޯ ދެއްކީ އެމްބާޕޭގެ ވާހަކަ
ގޯލެއްނުޖެހި އެއްވަރުވެގެން ރެއާލަށް އެއްވަނަ ގެއްލިއްޖެ