19 ޑިސެމްބަރ 2020
އާޖެންޓްކޮށް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ގުޅައިލަން ބަލައިލާ އިރު ފޯނުގައި ކްރެޑިޓް ނެތްކަން އެނގުމުން މާޔޫސްވެ އެވެ. އެކަމަކު ވަގުތުން ރީޗާޖުކޮށްލަން ދެވެން ނެތިއްޖެ ނަމަ ކިތަންމެ މުހިއްމު ވާހަކައެއް ވެސް ނުބުނެވި ފަސްކޮށްލަން ޖެހެ އެވެ. މިއީ ޕްރީޕެއިޑް ނަންބަރުތައް ގެންގުޅޭ މީހުންނަށް އޮންނަ އެންމެ ބޮޑު ތަކްލީފެވެ. އަބަދު ޖެހިފައި އޮންނަނީ ރީޗާޖު ކުރާށެވެ.
އާޖެންޓްކޮށް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ގުޅައިލަން ބަލައިލާ އިރު ފޯނުގައި ކްރެޑިޓް ނެތްކަން އެނގުމުން މާޔޫސްވެ އެވެ. އެކަމަކު ވަގުތުން ރީޗާޖުކޮށްލަން ދެވެން ނެތިއްޖެ ނަމަ ކިތަންމެ މުހިއްމު ވާހަކައެއް ވެސް ނުބުނެވި ފަސްކޮށްލަން ޖެހެ އެވެ. މިއީ ޕްރީޕެއިޑް ނަންބަރުތައް ގެންގުޅޭ މީހުންނަށް އޮންނަ އެންމެ ބޮޑު ތަކްލީފެވެ. އަބަދު ޖެހިފައި އޮންނަނީ ރީޗާޖު ކުރާށެވެ.
ނަމަވެސް އުރީދޫން އެ އުނދަގޫތަކަށް ވެސް ދާއިމީ ހައްލެއް ހޯދައިދީފި އެވެ. އަވަހަށް "އާޗާ" ޕެކޭޖެއް ސަބްސްކްރައިބުކޮށްލާށެވެ. އޭރުން އަބަދު ރީޗާޖު ކުރަން ޖެހޭ ޖެހުމަށް ހައްލެއް ލިބުނީ އެވެ.
އުރީދޫން "އާޗާ ޕްރިޕެއިޑް"ގެ ނަމުގައި ރާއްޖެއަށް އަލަށް ތައާރަފްކުރި މި ޕްލޭންގައި އެއް ފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވެ އެވެ. އެގޮތުން ތިން މަސް، ހަ މަސް އަދި އެއް އަހަރަށް ވެސް މި ޕްލޭނެ ނެގޭނެ އެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ މިއީ ކޮވިޑާ ގުޅިގެން އާންމުންނަށް ކުރިމަތިވެފައިވާ މާލީ އުނދަގޫތަކަށް ލުޔެއް ދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭންތަކެއް ކަމަށެވެ. މީގެ ކުރިން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ލުއިތަކެއް ދީފައިވާކަމަށާއި މިފަހަރު އާޗާއިން ލުއި ލިބޭނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި މި ޕްލޭންތަކާ އެކު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވުނީ އެވެ.
އުރީދޫގެ ކަސްޓަމަރަކަށް މުވައްޒަފަކު މައުލޫމާތު ދެނީ: އާ ހިދުމަތްތައް އަންނަނީ ތައާރަފުކުރަމުން --ފޮޓޯ:އުރީދޫ
"ކޮވިޑްގެ ހާލަތުގައި އެންމެން ވެސް އެބަ ބުނޭ އިންޓަނެޓްގެ އަގު ހެޔޮ ކޮށްދޭން. ދެން އަޅުގަނޑުމެން ބެލީ ކިހިނެތްތޯ މިކަން ކުރެވޭނީ. އެގޮތުން އާޗާ އިން ޑޭޓާއަށް ކުރިން ހަރަދު ކުރާ ވަރުގެ 30 ޕަސެންޓާއި 40 ޕަސެންޓް ކޮންމެ ކަސްޓަމަރެއްގެ ޖީބުން ސަލާމަތް ކުރެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.
މިދުވަސްވަރު މިވަނީ އާންމުން އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، އޮފީސް މަސައްކަތާއި، ސްކޫލް ކުދިންގެ އޮންލައިން ކްލާސްތަކާއި އެހެނިހެން ކަންކަމުގައި ވެސް އިންޓަނެޓަށް ބަރޯސާވެފައި އޮތް މިންވަރު ވަރަށް ބޮޑެވެ.
އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކުރުމުން އެއް ފަހަރު ރިޗާޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ އެއް އަހަރަށް ލުއިފަސޭހަ ކަމާއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސްއެމްއެސް ކޮންމެ މަހަކު އާވާނެ އެވެ.
އުރީދޫގެ ކަސްޓަމަރުންނަށް ހިދުމަތް ދޭ ޝޮޕެއް: މިއިން ޝޮޕަކަށް ގޮސްގެން ވެސް އާ ޕްލޭންތައް ނެގޭނެ --ފޮޓޯ:އުރީދޫ
"އާއިލާ އާއި ރައްޓެހިންނާ އެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށް ވެސް މަގު ފަހިވެގެންދާނެ މި ޕްލޭންތަކާ އެކު،" ނިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތްކުރަނީ މިފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާ އެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭތޯ."
ނިޔާޒް ވިދާޅުވީ ކުރިން 1،000 ރުފިޔާ ހަރަދުކޮށްގެން ލިބޭ މިންވަރަށް މިހާރު 500 ރުފިޔާއިން ޑޭޓާ ލިބޭނެ ކަމަށެވެ.
- 750ރ: ތިން މަސް ދުވަހަށް
މި ޕެކޭޖުގެ މުއްދަތުގައި ކޮންމެ މަހަކު 2.5 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް އަންލިމިޑެޓްކޮށް ގުޅޭނެ އެވެ. އެހެން ނެޓްވޯކްތަކަށް 25 މިނެޓް ހިލޭ ގުޅައިލުމާއި 50 ލޯކަލް އެސްއެމްއެސް ލިބޭނެ އެވެ.
- 1،500ރ: ހަ މަސް ދުވަހަށް
މި ޕްލޭނުން 3 ޖީބީ، އުރީދޫ ނަންބަރުތަކަށް އަންލިމިޑެޓް ކޯލް، އެހެން ނެޓްވޯކްތަކަށް 50 މިނެޓް ހިލޭ އަދި ލޯކަލް ނަންބަރުތަކަށް 100 އެސްއެމްއެސް ހިލޭ ކޮށްލެވޭނެ އެވެ.
- 3،000ރ: އެއް އަހަރު ދުވަހަށް
މި ޕްލޭންގެ ދަށުން ކޮންމެ މަހަކަށް 3.5 ޖީބީ، އުރީދޫ ނަންބަރުތަކަށް އަންލިމިޑެޑް ކޯލް، އެހެން ނެޓްވޯކްތަކަށް 100 މިނެޓް ހިލޭ، އަދި 200 އެސްއެމްއެސް ހިލޭ ކޮށްލެވޭނެ އެވެ. \
މި ޕްލޭންތައް އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ. އެގޮތުން ކީވޯޑް "3" (3 މަހުގެ ޕްލޭން)، "6" (6 މަހުގެ ޕްލޭން) ނުވަތަ "12" (12 މަހުގެ ޕްލޭން) ޖެހުމަށް ފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނަގާ ނަމަ އުރީދޫ ޝޮޕަކަށް ގޮސް ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭނެއް ގަތުމަށް ފަހު އާޗާ ޕްލޭނެއް ނެގޭނެ އެވެ.
އާ ސަބްމެރިން ކޭބަލް: އުރީދޫން ބުނަނީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް --ފޮޓޯ:އުރީދޫ
ކޮންމެ ދުވަހަކު ޑޭޓާ އާވާނެ ޕްލޭނެއް ވެސް އުރީދޫގެ އާޗާ ޕްރިޕެއިޑްގެ ދަށުން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން "އާޗާ ޑެއިލީ 1 ޖީބީ"ގެ ނަމުގައި ތައާރަފްކުރި މި ޕްލޭންގެ ދަށުން މަހަކަށް 500 ރުފިޔާ ހޭދަކޮށްގެން 30 ދުވަހަށް 30 ޖީބީ ލިބެ އެވެ. ހަފްތާއަކަށް ނަގާ ނަމަ 150 ރުފިޔާއަށް ހަތް ދުވަހަށް ހަތް ޖީބީ ލިބެ އެވެ.
މި ޕްލޭންތައް އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލާ ނަމަ ކީވޯޑް “UD150” (އާޗާ ވީކްލީ ޕެކް)، “UD500” (އާޗާ މަންތްލީ ޕެކް) ޖެއްސެމަށް ފަހު 555 އަށް މެސެޖް ފޮނުވުމުން އެކްޓިވޭޓް ވާނެ އެވެ. ނުވަތަ #1*929* ގުޅައިގެން ވެސް އާޗާ ޕްލޭނެއް އެކްޓިވޭޓް ކުރެވޭނެ އެވެ.
އުރީދޫން އަންނަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މުހިއްމު މަސައްކަތްތަކެއް ކުރެ އެވެ.
ޕްރިޕެއިޑް ކަސްޓަމަރުންނަށް އާޗާގެ ދަށުން އާ ޕެކޭޖުތަކާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އެކު" ގެ ދަށުން ހާއްސަ ކަންތައްތައް ތައާރަފްކުރަން އުރީދޫން އަންނަނީ ތައްޔާރުވަމުންނެވެ.
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދު އަށް 18: ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
އުރީދޫ ޕާސްޕޯޓް ސިމް ކާޑުތަކުން ބޮޑު ޑިސްކައުންޓް
އުރީދޫން "އިސްރަށްވެހިޕްލޭން" ޕެކޭޖެއް ތައާރަފްކޮށްފި
އުރީދޫގެ އަންނަ އަހަރުގެ ކަލަންޑަރުގައި ކަނޑުގެ ދިރުން
އުރީދޫން ކުޅުދުއްފުއްޓާއި ސިންގަޕޫރާއި ޔޫރަޕް ގުޅާލަނީ
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒް
އުރީދޫ 5ޖީގެ ހިދުމަތް ސެމްސަންގް އެސް21 އަށް ދީފި
އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ފަށައިފި