15 ޑިސެމްބަރ 2020
ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާ ސަބްމެރިން ކޭބަލްގެ މަސައްކަތް ނިންމާލައިފި އެވެ. މޯލްޑިވްސް–ސްރީ ލަންކާ ކޭބަލް (އެމް.އެސް.ސީ) ސްރީ ލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ވަނީ ކާމިޔާބުކަމާ އެކު ގުޅާލައިފަ އެވެ.
ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާ ސަބްމެރިން ކޭބަލްގެ މަސައްކަތް ނިންމާލައިފި އެވެ. މޯލްޑިވްސް–ސްރީ ލަންކާ ކޭބަލް (އެމް.އެސް.ސީ) ސްރީ ލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ވަނީ ކާމިޔާބުކަމާ އެކު ގުޅާލައިފަ އެވެ.
ވުލެންތް ޑިވިޝަން މަލްޓިޕްލެކްސިން ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ އަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އަޅާ ކޭބަލެކެވެ.
އުރީދޫ މޯލްޑިވްސް، ދިރާގު އަދި ލަންކާގެ ޑަޔަލޮގް އެކްޒިއާޓާ އާއި ވެފައިވާ އެއްބަސްވުމުގެ ދަށުން، އެމްއެސްސީގެ އަމަލީ މަސައްކަތް މިއަހަރު ކުރީކޮޅު ވަނީ ފަށައިފަ އެވެ. ވާވޭ މެރީން ނެޓްވޯކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންއާ އެކު 3700 މީޓަރު ކަނޑުއަޑީގައި އަޅާފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ އެވެ.
މި ޕްރޮޖެކްޓަށް 22 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
"މި ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމީ ޔަގީންކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަބްމެރިން ކޭބަލް ގުޅައިލަނީ--ފޮޓޯ:އުރީދޫ
ކޮވިޑްގެ ހާލަތާ ގުޅިގެން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ.
އެމްއެސްސީ ޕްރޮޖެކްޓާ އެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި 5ޖީގެ ވަރުގަދަ ނެޓްވޯކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ.
އުރީދޫ-ދިރާގު ކޭބަލް މި އަހަރު ފަހުކޮޅު އަޅައި ނިމޭނެ
ދިރާގު-އުރީދޫ ކޭބަލާއެކު، ކުރިއެރުން އަންނާނެ
އިންޓަނެޓަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރްއޯއެލް
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ޕޯން ސައިޓްތައް އަންނަ ހަފްތާގައި މުޅިން ބަންދުކުރެވޭނެ
ފްލެޓް ލިބިއްޖެ ކަމަށް ބުނެ އީސިމް ސްކޭމެއް ހިންގަނީ!
ޖަލު އެންޓަނާއަށް ލިބޭ މައުލޫމާތު ފުލުހުންނަކަށް ނުދޭ
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް
އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލަނީ!
11 ގައުމެއް ހިމެނޭ ސަބްމެރިންކޭބަލަކާ ދިރާގު ގުޅާލަނީ