13 ޑިސެމްބަރ 2020
"ހިއުމަން ރައިޓްސް ކޮމިޝަނަށް ފެންނާނީ ގައިދީންގެ ހައްގުތައް އެކަނި. އެކޮމިޝަނުން އުޅޭނީ އެކަމާ،" މިއީ ހިއުމަަން ރައިޓްްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އާ މެދު އާއްމުންގެ ފަރާތުން އެންމެ ގިނައިން އިވޭ އެއް ވާހަަކައަކީ މި އެވެ. އެ ކޮމިޝަަނާ މެދު މިގޮތަށް ދެކޭ އެއް ސަބަބަކީ އާއްމު ގޮތެއްގައި ކޮމިޝަނުގެ އަޑެއް އިވެނީ ގައިދީންނަށް އިހާނެތިކޮށް ހިތޭ ވަގުތެއްގައި ކަަމަށް ވުމާއި އެ ކޮމިޝަނަށް ގިނަ މައްސަލަ ހުށަހަޅަނީ ވެސް އެފަދަ ކަންތައްތަކާ ގުޅިގެން ކަމަށް ވުމެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކޮމިޝަން އުފެއްދީ ވެސް އެކަހަލަ މައްސަލަގަނޑެއްގެ ތެރެއިންނެވެ.
"ހިއުމަން ރައިޓްސް ކޮމިޝަނަށް ފެންނާނީ ގައިދީންގެ ހައްގުތައް އެކަނި. އެކޮމިޝަނުން އުޅޭނީ އެކަމާ،" މިއީ ހިއުމަަން ރައިޓްްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އާ މެދު އާއްމުންގެ ފަރާތުން އެންމެ ގިނައިން އިވޭ އެއް ވާހަަކައަކީ މި އެވެ. އެ ކޮމިޝަަނާ މެދު މިގޮތަށް ދެކޭ އެއް ސަބަބަކީ އާއްމު ގޮތެއްގައި ކޮމިޝަނުގެ އަޑެއް އިވެނީ ގައިދީންނަށް އިހާނެތިކޮށް ހިތޭ ވަގުތެއްގައި ކަަމަށް ވުމާއި އެ ކޮމިޝަނަށް ގިނަ މައްސަލަ ހުށަހަޅަނީ ވެސް އެފަދަ ކަންތައްތަކާ ގުޅިގެން ކަމަށް ވުމެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކޮމިޝަން އުފެއްދީ ވެސް އެކަހަލަ މައްސަލަގަނޑެއްގެ ތެރެއިންނެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން އެޗުއާރުސީއެމުން ހެދި ސާވޭ ރިޕޯޓް "ދަ ރައިޓް ސައިޑް އޮފް ލައިފް" އިން އެނގޭ ގޮތުގައި މީގެ 15 އަހަރު ކުރިއާ އަޅާބަލާއިރު ދިވެހިންނަށް އެޗްއާރްސީއެމް އެނގޭލެއް މިހާރު ބޮޑެވެ. ސާވޭއަށް ޖަވާބުދިން މީހުންގެ ތެރެއިން 72.8 ޕަސެންޓް މީހުންނަށް ކޮމިޝަނަކީ ކޮން ކަމެއް ކުރާ ތަނެއްކަަން އެނގެ އެވެ. މިއީ 2005 ވަނަ އަހަރާ އަޅާބަލާއިރު ރަނގަޅު މިންވަރެކެވެ. އޭރު ކޮމިޝަން އޮންނަ ކަމާއި ކުރާ މަސައްކަތް އެނގެނީ އެންމެ 40.8 ޕަސެންޓް މީހުންނަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އެތައް ހައްގަކަށް އަރައިގަންނަ އިރު އެޗުއާރުސީއެމް އެނގެނީ އެންމެ 9.4 ޕަސެންޓް މީހުންނަށެވެ.
ޔޫއެންޑީޕީގެ އެހީގައި ކުރި ސާވޭއިން ދައްކާ ގޮތުގައި މީހުންނަށް އެޗްއާރްސީއެމް އެނގޭވަރު މިދިޔަ ފަސް އަހަރުދު ތެރޭގައި އިތުރުވި އެވެ. ނަމަވެސް ބިދޭސީ މަސަައްކަތްތެރިންނަށް އެކޮމިޝަން އެނގޭވަރު މިންވަރު ވަރަށް ދަށެވެ.
ސާވޭއިން ދައްކާ ގޮތުގައި އެޗްއާރްސީއެމްއާ ބެހޭ މައުލޫމާތު މީހުންނަށް ލިބުނު ވަރަކަށް އެކޮމިޝަންގެ މަގުބޫލުކަން ދިޔައީ ދަށަށެވެ. އެ ކޮމިޝަނުން ރަނގަޅު މަސައްކަތްތަކެއް ކުރަަމުން އަންނަ ކަމަށް ގަބޫލުކުރަނީ އެންމެ 26.7 ޕަސެންޓް މީހުންނެވެ. މިއީ 2005 ވަނަ އަހަރު ކޮމިޝަނާ މެދު އެގޮތަށް ދުށް މީހުންނަށް ވުރެ މާ މަދު ނިސްބަތެކެވެ. ކޮމިޝަންގެ މަސަައްކަތް ރަނގަޅުކަމަށް އޭރު 39.7 ޕަސެންޓް މީހުން ބުނެފައި ވެ އެވެެ.
ކޮމިޝަނުން ފުދޭވަރެއްގެ މަސަައްކަތްތަކެއް ކުރާ ކަމަށް މިފަހަރުގެ ސާވޭގައި ބުނީ 19.9 ޕަސެންޓް މީހުންނެވެ. އެކަމަކު މިއީ 2005 ވަނަ އަހަރު 16.8 ޕަސެންޓްގައި ހުރި ނިސްބަތުން މަތީ މިންވަރެކެވެ.
ސާވޭ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެޗްއާރްސީއެމްއާ މެދު މީހުންގެ ހޭލުންތެރިކަން އޮތް ވަރާއި އެކޮމިޝަނާ މެދުގައި މީހުން ދެކޭ ގޮތް މިފަހަރު ވެސް ބެލީ 2005 ގައި އެ ދާއިރާއިން ކުރި ސުވާލުތައް ތަކުރާރުކޮށްގެންނެވެ.
ކޮމިޝަނާ މެދު ހެޔޮކޮށް ދެކޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެކަމަކު އަންހެނުންނާއި ފިރިހެނުންގެ މެދުގައި 2005 ވަނަ އަހަރު އޮތް ވަރުގެ ތަފާތެއް މިހާރަކު ނެތެވެ. އޭރު ކޮމިޝަނާ މެދުގައި ހެޔޮކޮށް ދުށް މީހުންގެ 84.9 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. އެކަމަކު މިހާރު އެ ނިސްބަތް އޮތީ 64.8 ޕަސެންޓްގަ އެވެ.
އެޗްއާރްސީއެމް އޮތްކަން އެނގޭ މީހުން ރާއްޖޭގައި އިތުރުވި ނަމަވެސް ސާވޭއިން ދައްކާ ގޮތުގައި އެ ކޮމިޝަނުގެ ޒިންމާތަކާއި ކޮމިޝަނަށް ލިބިފައިވާ ބާރުތައް އެނގޭ މީހުން އަދިވެސް މަދެވެ. ހައްގުތައް ގެއްލިގެން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނަށް އޮތް ބާރުތައް އެނގެނީ ސާވޭގައި ޖަވާބުދިން މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށް ވުރެ މަދު ބަޔަކަށެވެ.
ހައްގުތައްް ގެއްލިގެން ހުށަހަޅާ މައްސަލަތައް ބަލައިގަނެ ތަހުގީގުކުރުުމުގެ ބާރު ކޮމިޝަނަށް އޮންނަކަން އެނގެެނީ އެންމެ 31 ޕަސެންޓް މީހުންނަށެވެ. މިއީ 2005 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ކުޑަ ކުރިއެރުމެކެވެ. އޭރު 24.8 ޕަސެންޓް މީހުންނަށް ކޮމިޝަނުގެ މަސްއޫލިއްްޔަތު އެނގެ އެވެ.
އިންސާނީ ހައްގުތައް މީހުންނަށް ކިޔައިދީ މީހުން ހޭލުންތެރިކުރުމުގައި ކޮމިޝަނަށް އޮތް ޒިންމާ އެނގޭ މީހުންގެ އަދަދު މިއަށް ވުރެ ވެސް މަދެވެ. ކޮމިޝަނަށް އެ ޒިންމާ އޮންނަކަން އެނގެނީ އެންމެ 22 ޕަސެންޓް މީހުންނަށެވެ. މިއީ ވެސް 2005 ގައި ހާލަތު އޮތް ގޮތާ މާ ބޮޑު ތަފާތެއް ނެތް ނަތީޖާއެކެވެ. އޭރު 17.5 ޕަސެންޓް މީހުންނަށް ކޮމިޝަނުގެ މި ޒިންމާ އެނގެ އެވެ.
އެޗްއާރްސީއެމްއަކީ އިންސާނީ ހައްގުތަކުގެ ކަންކަމުގައި ސަރުކާރަށް ލަފާދީ، ބަސްކިއުމުގެ ޒިންމާ އޮންނަ ކޮމިޝަނެއްކަން އެނގޭ މީހުން އަދި މިއަށް ވުރެ ވެސް މަދެވެ. އެކަން އެނގެނީ އެންމެ 15 ޕަސެންޓް މީހުންނަށެވެ. ކޮމިޝަނުގެ ޅަފަތުގައި 2005 ގައި، 11 ޕަސެންޓް މީހުންނަށް ކޮމިޝަނުގެ މި ޒިންމާ އެނގެ އެވެ.
ކޮމިޝަނާ ބެހޭ ގޮތުން މީހުންނަށް އެނގޭ ތަފްސީލުތައް މަދު ނަމަވެސް އެެއީ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކޮމިޝަނެއްކަން ގިނަ ބަޔަކަށް އެނގެ އެވެ. އެގޮތުން މިފަހަރުގެ ސާވޭގައި ޖަވާބުދިން މީހުންގެ 70 ޕަސެންޓް މީހުންނަށް އެކަން އެނގެ އެވެ. އެކަަމަކު 2005 ވަނަ އަހަރާ އަޅާބަލާއިރު މި ހޭލުންތެރިކަން ވަނީ ދަަށަށް ގޮސްފަ އެވެ. އޭރު 72.7 ޕަސެންޓް މީހުންނަށް ކޮމިޝަނުގެ މި ޒިންމާ އެނގެ އެވެ.
ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންސާނީ ހައްގުތައް ކުރިއަަރުވަން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަން އެބަ ހުއްޓެވެ. އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިި އޮތީ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރަން ރާއްޖޭގައި ޖުމްލަ ގޮތެއްގައި އޮތް ތާއީދު ދަށްވެފައި ވުމެވެ. މިއީ މީހުންގެ ހޭލުންްތެރިކަން ބޮޑުކުރަން ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ދާއިރާއެއް ކަމަށް ރިޕޯޓްގައި ބުންޏެވެ.
ކޮމިޝަނާ މެދު ރައްޔިތުންގެ އޮތް ހިތްހަމަނުޖެހުމަކީ ވެސް އެޑްރެސްކުރަން ޖެހޭ ކަމެއް ކަމަށް ރިޕޯޓްގައި ބުންޏެވެ. އެހެންކަމުން ކޮމިޝަނުން އެ މަސައްކަތް ކުރުން އަވަސްކުރަން ޖެހެ އެވެ.
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ
އިންސާނީ ހައްގުތަކުގެ ހާލަތު އދ.އިން އޮޅުންފިލުވައިފި
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ސާބިތު ކޮށްދިނީ ރާއްޖެ ބާކީ ނުވާކަން: ޝާހިދު
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
ހަނގުރާމައިގެ މައިދާނުން ދިވެހިން ގެންނަން ގޮވާލައިފި
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު