12 ޑިސެމްބަރ 2020
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސް ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތުކުރަން 107 މިލިއަން އެމެރިކާ ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ރާއްޖޭގައި ހިންގަން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްފި އެވެ.
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސް ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތުކުރަން 107 މިލިއަން އެމެރިކާ ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ރާއްޖޭގައި ހިންގަން ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްފި އެވެ.
އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު ބިނާވެފައި ވަނީ، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށެވެ.
މި ދެ މަޝްރޫއު ވެސް އަމާޒުކޮށްފައި ވަނީ، ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރަން އެހީވުމަށެވެ.
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ފެށުމުން، ތެލަށް ބަރޯސާވުން ކުޑަވާނެ އެވެ. މިއީ އެހެންކަމުން މިއީ ސަރުކާރުން ވެސް ސަމާލުކަން ދެމުން އަންނަ ދާއިރާއެކެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަވަހަށް އަރައިގަތުމަށާއި އިގްތިސާދު އާރާސްތުކުރަން އެ ބޭންކުން އެހީވަމުން ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުން ހިންގާ ޕްރޮގްރާމުތަކަށް ބަދަލުތައް ވެސް ގެންނަމުން އަންނަ ކަމަށް، އޭނާ ވިދާޅުވި އެވެ.
އެރައިޒް އަދި އެސްޕަޔާ މަޝްރޫއު ވެސް ވަނީ ކޮވިޑް-19ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވޯލްޑް ބޭންކުން ގެންގުޅޭ ވިސްނުމާ ގުޅިފަ އެވެ.
އާ މަޝްރޫއުގެ ބޭނުމަކީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމެވެ.
"ރާއްޖެއަށް އިއާދަކުރަނިވި ހަކަތަ ވަރަށް މުހިންމު"
އަވިން ކަރަންޓް އުފައްދާ ޕެނަލް ލިންކް ރޯޑަށް
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
ރާއްޖެ، އިންޑިއާގެ ގްރިޑާ ގުޅާލެވޭނެ ގޮތް ބަލައިފި
ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި
އިޔާދަކުރަނިވި ހަކަތައާ ގުޅޭ ބައްދަލުވުުމެއް ބާއްވަނީ
އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއު ހަ ރަށެއްގައި
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
އިއާދަކުރަނިވި ހަކަތައާ ގުޅޭ ވޯކްޝޮޕެއް ފަށައިފި
ދިވެހި ކުންފުންޏަކުން ލަންކާގައި ކަރަންޓު ދެނީ