04 ނޮވެމްބަރ 2016
ދިވެހި ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ގުޅޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ނެރުނު "ސްޓީލިން ޕެރަޑައިސް" އިނގިރޭސިވިލާތުގެ މަޝްހޫރު އެވޯޑަކަށް ޝޯޓްލިސްޓްވެއްޖެ އެވެ.
ދިވެހި ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ގުޅޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ނެރުނު "ސްޓީލިން ޕެރަޑައިސް" އިނގިރޭސިވިލާތުގެ މަޝްހޫރު އެވޯޑަކަށް ޝޯޓްލިސްޓްވެއްޖެ އެވެ.
އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ވިލް ޖޯޑަން އިސްވެ ހުރެ އުފެއްދި ޑޮކިއުމަންޓްރީ ޝޯޓް ލިސްޓްވެފައި ވަނީ ލަންޑަންގެ ފޮރިން ޕްރެސް އެސޯސިއޭޝަނުން ދޭ "2016 އެފްޕީއޭ މީޑިއާ އެވޯޑްސް" އަށެވެ.
ސްޓީލިސް ޕެރަޑައިސް ޑޮކިއުމަންޓްރީ ހެދި ވިލް ޖޯޑަން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޑޮކިއުމަންޓްރީ އެ އެވޯޑަށް ޝޯޓް ލިސްޓްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ޑޮކިއުމަންޓްރީ ޝޯޓް ލިސްޓްވެފައި ވަނީ "ޗިލްޑްރަން އޮން ދަ ފްރަންޓް ލައިން: ދި އެސްކޭޕް" ނަމުގައި ޗެނަލް 4 އިން ހެދި ޑޮކިއުމަންޓްރީ އާއި ރެޑް ވެލްވެޓް ފިލްމް އިން ހެދި "ބޮލްޝޮއި ބޭބީލޮން" އާއެކު އެވެ.
އަލް ޖަޒީރާއިން ހެދި ޑޮކިއުމަންޓްރީގެ މަންޒަރެއް.
އެ ޖަމިއްޔާގެ ވެބްސައިޓްގައި ބުނެފައި ވަނީ އެފްޕީއޭ އިން ދޭ އެވޯޑު ހަފުލާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު ލަންޑަންގެ ޕާކް ލޭން ހޮޓެލްގައި ކަމަށެވެ. އެ ހަފުލާގައި ތަފާތު އެކި ކެޓަގަރީން ޝޯޓް ލިސްޓްވި އެހެން ދާއިރާތަކުން ހޮވުނު އެކި ފަރާތްތަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ އެފްޕީއޭގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ސަރުކާރުން ހިންގާ ކޮރަޕްޝަންތަކާއި ޖަރީމާތަކާ ގުޅޭ ގޮތުން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ޑޮކިއުމެންޓަރީގައި ގިނައިން ބޭނުންކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި ބައެއް ލިއުންތަކާއި އަދީބާ ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ.
ރައީސް ޔާމީނަށް އަމާޒުކުރައްވާފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ މަނީލޯންޑެރިންގައި ބައިވެރިވެވަޑައިގަތުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަޝީދަށް ކުރަން ޖެހޭ ހުކުމް ވެސް އެންގެވީ ރައީސް ޔާމީން ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ.
ނުއަގުގައި ރަށްތައް ވިއްކައިގެން ރައީސް ޔާމީން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެވަޑައިގަތުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުއްވައިގެން ކޮންޓްރޯލްކުރެއްވުމާއި ގޭންތައް އޮޕަރޭޓްކުރައްވާ ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ ތަހުގީގަށް އެމަނިކުފާނު ނުފޫޒު ފޯރުއްވި ކަމަށް ވެސް ޑޮކިއުމެންޓްރީގައި ތުހުމަތުކުރެ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އޭރު ވިދާޅުވެފައި ވަނީ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ބަޔަކު ދައްކާ އެކަހަލަ ވާހަކަތަކެއްގެ މައްޗަށް ވީޑިއޯ ހަދާފައިވާއިރު، ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވެފައިވެ އެވެ.
ޝައްކުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކުރަން އުޅެފި
"ކޮރަޕްޝަން ހިންގެނީ ބާރުތައް އެއްވެ އަދަބު ނުލިބޭތީ"
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
މީޑިއާ ނެޓް ފަސް ލައްކައިން ޖޫރިމަނާ ކުރީ ރަނގަޅަށް
މީޑިއާ ނެޓުން ފަސް ލައްކަ ރުފިޔާ ދައްކައިފި
މީޑިއާނެޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ޑޮކިއުމެންޓްރީއާ ގުޅިގެން އަދީބާ އޭސީސީން ސުވާލު ކޮށްފި
ބޭނުންވާ މައުލޫމާތު ޑޮކިއުމެންޓްރީގައި އެބަހުރި: އޭސީސީ
ތުހުމަތުތަކާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުން: ޖޭއެސްސީ
އަދީބަކީ ރައީސް ޔާމީންގެ ޝިކާރައަކަށްވި ބޭފުޅެއް:ނަޝީދު