Roadha Mihaaru
ތުހުމަތުތަކާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުން: ޖޭއެސްސީ

ފަނޑިޔާރުންނަށް ކުރި ތުހުމަތުތަކާ މެދު ގޮތް ނިންމާނީ ކޮމިޝަނުން: ޖޭއެސްސީ

12 ސެޕްޓެމްބަރ 2016

ސަރުކާރުގެ ޚިޔާނާތާއި ކޮރަޕްޝަންގެ އޮތް މިންވަރާ ބެހޭގޮތުން އަލް ޖަޒީރާއިން ގެނެސްދިން ޑޮކިއުމެންޓްރީގައި ފަނޑިޔާރުންނާ ބެހޭގޮތުން ފެންމަތިކުރި މައްސަލަތަކާ ބެހޭގޮތުން ގޮތެއް ނިންމާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާއަކުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަރުކާރުގެ ޚިޔާނާތާއި ކޮރަޕްޝަންގެ އޮތް މިންވަރާ ބެހޭގޮތުން އަލް ޖަޒީރާއިން ގެނެސްދިން ޑޮކިއުމެންޓްރީގައި ފަނޑިޔާރުންނާ ބެހޭގޮތުން ފެންމަތިކުރި މައްސަލަތަކާ ބެހޭގޮތުން ގޮތެއް ނިންމާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާއަކުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސްޓީލިން ޕެރަޑައިސްގެ ނަމުގައި މިދިޔަ ބުދަ ދުވަހު އާންމުކުރި ޑޮކިއުމެންޓްރީގައި ބުނާގޮތުން 4،000 ޑޮލަރު ދޭން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިބައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަލީ ހަމީދު އެދިވަޑައިގަތެވެ. އެގޮތަށް އެދުމުން އެ ފައިސާ އަލީ ހަމީދަށް ފޯރުކޮށްދިން ކަމަށް، އަދީބުގެ ފޯން މެސެޖްތަކާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަކީ ވެސް ރައީސް އަބްދުﷲ ޔާމީނާއި އަދީބު ބައިވެރިވެވަޑައިގެން ލިޔުނު އެއްޗެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކުރި ކަންކަމާ މެދު ގޮތެއް ނިންމާނީ އެ ކޮމިޝަންގެ ޖަލްސާއަކުން ކަމަށެވެ. އެފަދަ ނިންމުމެއް މިހާތަނަށް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ އިތުރުން ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް ވެސް އެ ރިޕޯޓުގައި ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.