06 ޑިސެމްބަރ 2020
މި ސީޒަނަށް ވަރުގަދަ ސްކޮޑަކާ އެކީ ކުރިމަތިލާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ގަދަ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިނެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.
މި ސީޒަނަށް ވަރުގަދަ ސްކޮޑަކާ އެކީ ކުރިމަތިލާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ގަދަ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިނެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.
މި ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީން ޓީމު ވަރުގަދަ ކުރިއިރު އެންމެ ބޮޑު އަގުދީފައި ގެނައީ ތަޖުރިބާކާރު މިޑްފީލްޑަރު ބަކާ އެވެ. ބަކާ އަށް ޓީމުގެ ކެޕްޓަންކަން ހަވާލުކޮށްފައިވާއިރު، އޭނާ ހުރީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެދީ މެނޭޖްމަންޓުން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވާން އަޒުމުކަނޑައަޅައިގެންނެވެ.
"ޕްރެކްޓިސްތަކާ އެއްޗެހި ވެސް ރަނގަޅަށް ދިޔައީ. ވަރަށް ހިތްހަމަޖެހޭ. ކުޅުންތެރިންނާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ. ކޯޗާއި މެނޭޖްމަންޓުން އެ ބުނިހެން ޓާގެޓަކީ ގަދަ ތިނެއް. އަދި އަނެއްކާ ޔޫވީ ކުރިން ނުފެންނަ ވަރުގަދަ ކުޅުން ރީތި ކުޅުމަކާ އެކީ ގަދަ ތިނަކަށް ދާނެ،" ލީގު ފެށުމުގެ ކުރިން އެފްއޭއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ބަކާ ބުންޏެވެ.
އައިއެފްސީން 2004 ވަނަ އަހަރު ވިދާލި ބަކާ އަކީ ރާއްޖޭން އެންމެ ގިނަ ޓީމުތަކަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ އައިއެފްސީގެ އިތުރުން ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، ވިކްޓްރީ، މާޒިޔާ، އީގަލްސް އަދި ގްރީންސްޓްރީޓްސް އަށް ކުޅެފަ އެވެ. މީގެ އިތުރުން މިޔަންމާގެ ކޭބީޒެޑަށް ވެސް އެއް އަހަރު ކުޅުނެވެ. ބަކާ އަކީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް 2008 އާއި 2018 ގައި ކާމިޔާބުކުރިއިރު އެ ދެ ޓީމުގައި ވެސް ހިމެނުނު މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ މިދިޔަ ސީޒަނުގެ މެދުތެރެއިން ހަވާލުވި މުހައްމަދު އާދަމް މި ސީޒަނަށް ޓީމު އެކުލަވާލާން ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކުރިއިރު އެދުނު އެއް ކަމަކީ ބަކާ އާއި އިސްމާއިލް އީސާ (މެސީ) ގެނެވެން އޮތް ނަމަ އެކަން ކުރާށެވެ. ޔުނައިޓެޑް ވިކްޓްރީ މެނޭޖްމަންޓުން އެކަން ކޮށްދިނުމުން ހިތްހަމަޖެހިފައި ހުރެ މުހައްމަދު ބުނީ ބަކާ އާއި ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ އޭނާ ކުރާ ގޮތަށް ޓީމު ލީޑުކުރެވޭނެ އެހެން ކުޅުންތެރިއަކު އެ ޓީމުގައި ނެތުމުން ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި މި ޓީމުގައި ލީޑަޝިޕް ނެގޭނެ ކުޅުންތެރިއަކަށް ހުރީ ބަކާ. ބަކާ ނުދަންނަ ކުޅުންތެރިއަކު ނުހުންނާނެ. މެސީ (އީސަ) އަށް ރެސްޕެކްޓް ނުކުރާ ކުޅުންތެރިއަކު މި އަލަށް އަރާ ކުޅުންތެރިންތެރެއަކު ނުހުންނާނެ ކަންނޭނގެ. ބަކާ ދައްކާ ވާހަކަ ވެސް އަދި މެސީ ދައްކާ ވާހަކަ ވެސް ހުރިހާ ކުޅުންތެރިން އަހާނެ،" ކުރިން ވިކްޓްރީ އާއި ސްރީލަންކާގެ ޓީމުތަކަށް ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް އިންޓަވިއުއެއް ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ދެން ދަނޑުމަތީގައި ހުންނަން ޖެހޭނީ އިންސްޓްރަކްޝަން ދެވޭނެ ކެޕްޓަނަކަށްވާތީވެ ބަކާ ޗޫސްކުރީ. އަހަންނަށް 100 ޕަސެންޓް ޔަގީން. އަހަންނަށް ދަސްވެފައި ހުރި ބަކާ އަކީ އޭނަ ހުންނަ ޓީމެއް ޕާފޯމް ނުކުރާ ސަބަބެއް އެ ހުންނަ ކޯޗަކާ ޑިސްކަސްކުރާ މީހެއް. ކޯޗެއް ނޫނަސް ކުޅުންތެރިންނާ ވާހަކަ ދައްކައިގެން ރަނގަޅުކުރާ ކުޅުންތެރިއެއް އެއީ. އެ ގޮތަށް ބަލާއިރު މި ޓީމުގައި ބަކާ ނޫން މީހަކު ނެތް އެ ގޮތަށް ކެޕްޓަންކަން ކުރެވޭނެ،"
ޔުނައިޓެޑް ވިކްޓްރީގެ މެނޭޖަރު މުހައްމަދު ފަސީން ބުނީ އެ ޓީމުން އަބަދުވެސް ޓީމު ހަދަނީ ލިބޭނެ ބަޖެޓަކަށް ބަލައިގެން ކުޅުންތެރިންނަށް މުސާރަ ދެވޭނެ ކަމުގެ ޔަގީންކަމާ އެކު އެވެ. އަދި އެ ވިސްނުމުގައި މި ފަހަރުގެ ސީޒަނަށް ސްކޮޑު އެކުލަވާލައި ގަދަ ތިނަކަށް ޓާގެޓް ކުރާ ކަމަށް ފަސީން ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމުގައި ކުރިން އީގަލްސް އަށް ކޯޗުކޮށްދިން އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއްކޮށްފައިވާ ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ)ގެ އިތުރުން ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ވެސް އަންނަނީ ބައިވެރިވަމުންނެވެ. މީގެ ތެރެއިން ސާންތީ އާއި ޒަރިޔަންދު އަންނަނީ ވޮލަންޓިއާކޮށް ބޭނުންވެގެން ކަމަށް ޔޫވީން ބުނެ އެވެ.
މުހައްމަދު ބުނީ އޭނާ އަކީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗުންގެ އެހީތެރިކަމާއި ލަފާ އަބަދުވެސް ހޯދާ މީހެއް ކަމަށާއި ކޮވިޑް-19ގެ ސަބަބުން ނުވަ މަސް ދުވަހު ނުކުޅެ ހުރެފައި އަލުން ކުޅުން ފަށާއިރު އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އަދި އޭނާ ދެކޭގޮތުގައި އަލުން ސީޒަން ފަށަން ޕްރެކްޓިސް ކުރަން ލިބުނީ ޓީމެއް ފިޓްކުރަން އެންމެ އެކަށޭނެ ވަގުތެއް ނޫން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ސީޒަނުގައި އަނިޔާގެ މައްސަލަތައް ގިނަވާނެ ކަމަށް ބުންޏެވެ.
"އަހަންނަށް ފެންނަނީ މިއީ އެފްއޭގެ މެޑިކަލް ޑިޕާޓްމަންޓަށް ވަރަށް ބުރަ ސީޒަނެއްގެ ގޮތުގައި،" މުހައްމަދު ބުންޏެވެ.
މިދިޔަ މަހު އެއް ވަނަ ދުވަހު ޕްރެކްޓިސް ފެށި ގޮތަށް ތައްޔާރުވަމުން އަންނަނީ މި މަހު 13 ވަނަ ދުވަހު ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އޭނާ ބުންޏެވެ. ތައްޔާރީތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ޔުނައިޓެޑް ވިކްޓްރީން ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންނަށް ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަކުރެވޭ ވަރަށް ވަގުތު އޮއްވައި ޓީމާ ގުޅުމުގައި ދަތިތަކެއް ދިމާވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
ބަކާ ޔުނައިޓެޑް ވިކްޓްރީ އަށް ސޮއިކޮށްފި
ގޮންޖެހުން ގިނަ، އެކަމަކު ޓާގެޓަށް މަސައްކަތްކުރާނަން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
"ޔޫތު ޓީމުން ސަސް ކުޅުންތެރިން ބާކީކުރީ ބޭއިންސާފުން"
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި
ބަކާ: ރަން ޖީލުގެ މައި ތަނބެއް، ނަމޫނާ އެތުލީޓެއް
ބަކާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި
ބަކާ އެންމެ ފަހުން އެދުނީ ދުއާ ފޮތަކަށް!
"ހަވާލުވި ހުރިހާ ހައްޖުވެރިން ވެކްސިން ފުރިހަމަކުރި"