08 ސެޕްޓެމްބަރ 2024
ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ޔޫތު ގައުމީ ޓީމުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެކަޑަމީގެ ބައެއް ކުޅުންތެރިން ބާކީކުރީ ބޭއިންސާފުން ކަމަށް ބުނެ އެ ކުޅުންތެރިންގެ ފެންވަރު އަންގައިދޭ ތަފާސްހިސާބުތަކެއް އެ އެކަޑަމީން އާއްމުކޮށްފި އެވެ.
ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ޔޫތު ގައުމީ ޓީމުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެކަޑަމީގެ ބައެއް ކުޅުންތެރިން ބާކީކުރީ ބޭއިންސާފުން ކަމަށް ބުނެ އެ ކުޅުންތެރިންގެ ފެންވަރު އަންގައިދޭ ތަފާސްހިސާބުތަކެއް އެ އެކަޑަމީން އާއްމުކޮށްފި އެވެ.
ފާޑުކިޔުން އަމާޒުވެފައިވާ ކޯޗު މުހައްމަދު އާދަމް މުބާރާތަށް ނެގި ސްކޮޑުން، ސަސް އެކަޑަމީގެ ހަތަރު ކުޅުންތެރިޔަކު އުނިކުރި އެވެ. އެ ކުޅުންތެރިން މީގެ ކުރިން އެހެން މުބާރާތްތަކުގައި ދައްކާފައިވާ ކުޅުމާ އެކު، ސްކޮޑުން އުނިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެ އެކަޑަމީގެ ހެޑް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) ބުންޏެވެ.
"ސަތާރަ އަހަރުން ދަށުގެ ޓީމު ނެގުމުގެ ކުރިން އެ އުމުރުފުރާގެ ޔޫތު މުބާރާތެއް ނެތް. ދެން ނޭނގެ ކިހިނެއްކަމެއް ކުޅުންތެރިންގެ ފެންވަރު ދެނެގަތީ. އަޅުގަނޑުމެންގެ މި ކުޅުންތެރިންނަކީ އެ ކުދިން އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި މޮޅަށް ކުޅުނު ކުޅުންތެރިން އަދި މިހާރު ވެސް ރަނގަޅު ކޮންޑިޝަނުގައި ތިބި ކުޅުންތެރިން،" ފަރީދު ބުންޏެވެ.
ޓީމުން ބާކީ ކުރީ އައިދަން ސާޖިދު (އައިދު) ވަނީ މިދިޔަ މަހު މެލޭޝިއާގައި ބޭއްވި ލަލީގާ ޔޫތު މުބާރާތުގެ 16 އަހަރުން ދަށުގެ މުބާރާތުން ތިން ވަނަ ހޯދި ސަސްގެ ޓީމު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މިދިޔަ އަހަރުގެ ސާފްގެ މުބާރާތުގައި އޭރު 16 އަހަރުންދަށުގެ ޓީމު ހިމެނި، މުބާރާތުގައި ރާއްޖޭން ކުޅުނު ތިން މެޗުގައި ވެސް އޭނާ ކުޅުނެވެ.
އެންމެ ފަހުން ބޭއްވި އިންޓަ ސްކޫލް މުބާރާތުގައި 15 އަހަރުންދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލަށް ހޯދައި ދިނުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ ހަ ލަނޑު ޖަހައި އެ ފަހަރު މުބާރާތުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި އައިދު ހިމެނުނެވެ.
ޓީމުން އުނިކުރި އަނެއް ކުޅުންތެރިޔަކީ، ލަލީގާ ޔޫތު މުބާރާތުގައި ވެސް ކުޅުނު ލައިތު އައްބާސް އެވެ. އެ މުބާރާތުގެ އެއް މެޗުގައި ސަސްގެ ކެޕްޓަންކަން ވެސް ލައިތު ކުރި އެވެ. މިދިޔަ ސީޒަނުގައި ސަސްގެ ސީނިއާ ޓީމުގައި ދެ މެޗު ވެސް އޭނާ ކުޅެފައިވެ އެވެ. އަދި 2022 ގެ އެކަޑަމީ މުބާރާތާއި އިންޓަ ސްކޫލް މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިންޓަ ސްކޫލް މުބާރާތުގައި އޭނާ ހަ އެސިސްޓް ކުރި އެވެ.
އުއްމީދީ ޑިފެންޑަރު ޝަރާހް ޝަރްހަބީލް ވެސް ޓީމުން އުނި ކުރި އެވެ. އޭނާ ވެސް ވަނީ ލަލީގާ ޔޫތު މުބާރާތުގެ އެއް މެޗުގައި ވެސް ކެޕްޓަންކޮށްފަ އެވެ. ސަސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލަލީގާ ޔޫތު މުބާރާތުގައި ހަތަރު ކްލިއަރެންސް އަދި ހަ ޑުއަލް ބޯޅަ އޭނާ ސަލާމަތް ކުރި އެވެ. ޓީމުގެ ފަހަތުގައި ހުރެ އެހެން ކުޅުންތެރިންނަށް ވެސް ހިތްވަރު ދޭ ކުޅުންތެރިޔެއްގެ ގޮތުގައި ލައިތު ފާހަގަ ކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު ފަރީދު ބުންޏެވެ.
"މި ފެންވަރުގެ ކުޅުންތެރިޔެއް ޓީމުން ބާކީ ކުރީމަ ގަބޫލުކުރަން ވެސް އުނދަގޫ،" އޭނާ ބުންޏެވެ.
ސަސްގެ ލިސްޓްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޓީމުން ބާކީވި، އުއްމީދީ އަނެއް ކުޅުންތެރިޔަކީ ލަލީގާ ޔޫތު މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ހޮވުމަށް ޝޯޓްލިސްޓް ކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ޝަޔާން ހިމެނޭ ކަމަށް ސަސްއިން ބުނެފައިވެ އެވެ. އަދި އެ މުބާރާތުގައި ޖެހި އެންމެ ހިތްގައިމު ލަނޑު ޖެހީ ވެސް އޭނާކަމަށް އެ އެކަޑަމީން ބުނެފައިވެ އެވެ. އަދި އެކަޑަމީ މުބާރާތްތަކާއި އިންޓަ ސްކޫލް މުބާރާތްތަކުގައި ވެސް ފޯވާޑަކަށް ކުޅޭ ޝަޔާން މޮޅު ކުޅުމެއް ދެއްކި އެވެ.
ފަރީދު ބުނީ ކުޅުންތެރިންގެ ފެންވަރަށް ބަލާނަމަ، އެ އުމުރުގެ ކުޅުންތެރިން އެންމެ ފަހުން ވާދަކުރި މުބާރާތްތަކުގައި ދެއްކި ކުޅުމަށް ބަލަން ޖެހޭނެ ކަމަށެވެ.
"ރާއްޖޭގެ ޓީމަކުން އިންޓަނޭޝަނަލް މުބާރާތެއްގައި މި އަހަރު އެންމެ ރަނގަޅު ރަނގަޅު ނަތީޖާއެއް ނެރުނީ ސަސްގެ 16 އަހަރުންދަށުގެ ޓީމުން،" މިދިޔަ މަހު މެލޭޝިއާގައި ބޭއްވި ލަލީގާގެ ޔޫތު މުބާރާތުން ތިން ވަނަ ހޯދި ސަސްގެ ޓީމުގެ ކާމިޔާބަށް އިޝާރާތްކޮށް ފަރީދު ބުންޏެވެ.
"މި ދައްކަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ވާހަކަ. ގައުމީ ޓީމު އެކުލަވާލާއިރު އެންމެ ރަނގަޅަށް ބަލާފަ ނަގަން ޖެހޭނެ."
މިކަމުގައި ކޯޗު މުހައްމަދު އާދަމްގެ ބަހެއް ހޯދަން ކުރި މަސައްކަތް، އޭނާގެ ފޯނާ ނުގުޅޭތީ ވަނީ ނާކާމިޔާބުވެފަ އެވެ.
ބޫޓާންގައި ބާއްވާ 17 އަހަރުންދަށުގެ މުބާރާތް އޮންނާނީ މި މަހު 20-30 އަށެވެ. ރާއްޖެ ލައްވާލީ ވަރުގަދަ އިންޑިއާ އާއި ބަންގްލަދޭޝާ އެކު އެއް ގުރޫޕެއްގަ އެވެ.
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ތޮއްޑޫގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން ސަސް އަށް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މާލޭން ވަރުގަދަ ޓީމެއް ނެރެ، ޗެލެންޖް ދޭނެ