06 ޑިސެމްބަރ 2020
އިންސާނުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ޓެކްނޮލޮޖީ އަށް ގެންނަ ބަދަލުތަކާ އެކު ހަކަތަ ބޭނުން ކުރަން ޖެހިފައިވާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުދިކުދި ކަންތައް ކުރުމަށް ކަރަންޓަށް ބަރޯސާ ވާން ޖެހިފައިވާލެއް މިވަނީ ކުރިއަށް ވުރެ އިތުރުވެފަ އެވެ. ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދޭ ސޯލާ ޕެނަލްތަކާ އެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރަން ޖެހުނު ނަމަވެސް ބިލު ކުޑަކުރުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލައިފަ އެވެ.
އިންސާނުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް ޓެކްނޮލޮޖީ އަށް ގެންނަ ބަދަލުތަކާ އެކު ހަކަތަ ބޭނުން ކުރަން ޖެހިފައިވާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުދިކުދި ކަންތައް ކުރުމަށް ކަރަންޓަށް ބަރޯސާ ވާން ޖެހިފައިވާލެއް މިވަނީ ކުރިއަށް ވުރެ އިތުރުވެފަ އެވެ. ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދޭ ސޯލާ ޕެނަލްތަކާ އެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރަން ޖެހުނު ނަމަވެސް ބިލު ކުޑަކުރުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލައިފަ އެވެ.
ސްޓެލްކޯއިން ސޯލާ ޕަވާ ސިސްޓަމްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ފަށާފައިވަނީ އެ ކުންފުނީގެ "ގްރީން ލައިފް" އިނީޝިއޭޓިވްގެ ދަށުންނެވެ. މިއީ އިރުގެ އަލިން އުފައްދާ ހަކަތަ އިތުރުކޮށް ކަރަންޓު ފޯރުކޮށްދިނުމަށް އަންދާ ތެލުގެ އަދަދު މަދު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސިސްޓަމް ހަރު ކުރުމުން ތިމާގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ކުޑަކުރެވޭނެ އެވެ.
ސްޓެލްކޯއިން މި ސިސްޓަމްތައް ލިބެން ހުންނަނީ 30،000ރ. އަށެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ހަތް އަހަރާ ހަމައަށް އިންސްޓޯލްމަންޓަށް ވެސް މި ސިސްޓަމްތައް ނެގޭނެ އެވެ.
ސްޓެލްކޯއިން ބޮޑަށް ބާރު އަޅަނީ ކަރަންޓު ބިލަށް 2000ރ. ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް އަރާ ނަމަ އެ ފަދަ ކަސްޓަމަރުން އިންސްޓޯލްމަންޓަށް ސިސްޓަމްތައް ނެގުމަށެވެ. އެއީ އޭގެ ސަބަބުން ކަސްޓަމަރަށް ބޮޑެތި ފައިދާތަކެއް ވާތީ އެވެ.
ސޯލާ ޕަވާ ސިސްޓަމް އިންސްޓޯލްމަންޓަށް ނަގާ ނަމަ ކޮންމެ ސިސްޓަމެއް ލިބޭނީ 5000ރ. ގެ ޑައުން ޕޭމަންޓެއް ދެއްކުމުންނެވެ. ޑައުން ޕޭމަންޓަށް ދައްކަން ޖެހޭ އަދަދު ބޮޑުވި ނަމަވެސް އިންސްޓޯލްމަންޓަށް ނަގާ ނަމަ ކަސްޓަމަރުގެ އަތުން ދާނީ ހަމައެކަނި 5000ރ. އެވެ. ނަމަވެސް އެއްފަހަރާ ފައިސާ ދައްކައިގެން ނަގާ ނަމަ އެއަށްވުރެ ބޮޑު އަދަދެއް ކަސްޓަމަރުގެ އަތުން ހޭދަވެ އެވެ.
ސްޓެލްކޯގެ މުވައްޒަފުން ސޯލާ ޕެނަލް ހަރު ކުރަނީ-- ފޮޓޯ: ސްޓެލްކޯ
އިންސްޓޯލްމަންޓަށް ތަކެތި ނަގާއިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަނީ އެ ނަގާ މުއްދަތަކަށް އިންޓްރަސްޓް ރޭޓު އިތުރުވުމެވެ. އެހެންނަމަވެސް ސްޓެލްކޯއިން ނަގާ ސޯލާ ޕަވާ ސިސްޓަމް ކިތަންމެ ދިގު މުއްދަތަކަށް ނެގި ނަމަވެސް އިންޓްރަސްޓެއް ނާރާނެ އެވެ. އެހެންކަމުން ނެގެން އޮތް އެންމެ ދިގު މުއްދަތަށް (ހަތް އަހަރު)އަށް ނެގުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެ އެވެ.
ހަތް އަހަރަށް ސޯލާ ޕަވާ ސިސްޓަމެއް ނަގާ ނަމަ ޑައުން ޕޭމަންޓަށް 5000ރ. ދެއްކުމަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 485ރ. އެވެ. މިއަދަދު ކަސްޓަމަރުގެ ބިލުގެ ތެރެއެއަށް އިތުރުވި ނަމަވެސް ސޯލާ ޕެނަލް ހަރު ކުރުމަށްފަހު މި އަދަދު ކަސްޓަމަރުން ދައްކާކަށް ނުޖެހޭނެ އެވެ. މި އަދަދު ކެނޑިގެންދާނީ ސޯލާ ޕެނަލުން އުފައްދާ ހަކަތައިންނެވެ. އެގޮތުން، ސޯލާ ޕެނަލުން މަހަކު 637ރ. ގެ ކަރަންޓު އުފައްދާނެ އެވެ. މިއަދަދަކީ ކަސްޓަމަރުގެ ބިލުން އުނިވާނެ އަދަދެކެވެ. އެހެންކަމުން ބިލަށް ކިތަންމެ ބޮޑު އަދަދެއް އެރިނަމަވެސް އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދާއެކު 637ރ. އިން ބާކީވާ ބައި ބިލުން ވެސް ކެނޑޭނެ އެވެ. އެހެންކަމުން ކޮންމެ މަހަކު ކަރަންޓު ބިލު ދައްކާއިރު ދައްކަން ޖެހޭނީ މިހާރު ދައްކާ އަދަދަށްވުރެ ކުޑަ އަދަދެކެވެ.
މިސާލަކަށް 2000ރ. ކަރަންޓު ބިލަށް އަރާ ގެއެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކުރުމުން ކޮންމެ މަހަކު ބިލަށް އަރާނީ 2،485ރ. އެވެ. ނަމަވެސް 637ރ. ކަރަންޓު ސޯލާ ޕެނަލުން އުފައްދާތީ އެ އަދަދު ބިލުން އުނިކުރާނެ އެވެ. އެހެންކަމުން ބިލު ދައްކާއިރު ކަސްޓަމަރު ދައްކަން ޖެހޭނީ 1،848ރ. އެވެ.
އާއްމުކޮށް ގިނައިން ކަރަންޓު ބޭނުންކުރާ ގެއެއް ނަމަ މަހެއްގެ މައްޗަށް ކަރަންޓު ބިލަށް 2،000ރ. އަށްވުރެ މަތިން އަރާނެ އެވެ. އެހެންކަމުން އެފަދަ ގެތަކަށް މިއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ އެވެ.
ސްޓެލްކޯގެ މުވައްޒަފުންތަކެއް ސޯލާ ޕަވާ ސިސްޓަމް ހަރުކުރަނީ-- ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯއިން ސޯލާ ޕަވާ ސިސްޓަމްތައް އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ މީހުންނަށް އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ކަސްޓަމަރަކީ މި ސިސްޓަމް ގަންނަން ޝަރުތު ހަމަވާ މީހެއް ކަމަށްވާނަމަ ފޯމު ލުމަށްފަހު ޑައުން ޕޭމަންޓު ދެއްކުމުން ކަސްޓަމަރު ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުނީ އެވެ. ބާކީ ކުރަން ޖެހޭ އިންސްޓޯލް ކުރުމުގެ މަސައްކަތާއި ސާވޭ އާއި ޑިޒައިނިން އަދި މޮނިޓާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނީ ސްޓެލްކޯ އިންނެވެ.
ގޭގައި ބަހައްޓާ ސޯލާ ޕަވާ ސިސްޓަމުން ދުވާލަކު ހަކަތަ އުފައްދާ މިންވަރު ދައްކުވައި ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް އިންނާނެ އެވެ. މި އެޕް، ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ އެވެ.
ސޯލާ ޕަވާ ސިސްޓަމްތައް ބެހެއްޓުމާއި ސާވޭ އަދި މޮނިޓަރިންގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދޭނީ އިންސްޓޯލްމަންޓަށް މި ސިސްޓަމްތައް ނަގާ ކަސްޓަމަރުންނަށް އެކަންޏެވެ. އެގޮތުން، އެ ކުންފުނިން ހިދުމަތް ދޭ ކޮންމެ ރަށެއްގެ މީހަކަށް ވެސް ސިސްޓަމްތައް އިންސްޓޯލްމަންޓަށް ނެގޭނެ އެވެ.
އިންސްޓޯލްމަންޓަށް ސިސްޓަމްތައް ނަގަން ބޭނުންވާ މީހާއަކީ ގޭގެ ވެރިފަރާތައް ނުވަތަ ގޭގެ ވެރިފަރާތު ހުއްދައާއެކު ފޯމު ލާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި މި ސިސްޓަމްތައް ހަރު ކުރާ ފުރާޅަކީ މަދުވެގެން 100 އަކަ ފޫޓުގެ ޖާގަ ހުރި ފުރާޅަކަށް ވާން ޖެހޭނެ އެވެ.
މި ހިދުމަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:30 އަށް ސްޓެލްކޯގެ ހޮޓްލައިން 3338181އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ އެވެ. މީގެ އިތުރުން sales@stelco.com.mv މެދުވެރިކޮށްވެސް ސޯލާގެ މައުލޫމާތު ލިބޭނެ އެވެ.
ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވަނީ
އަވިކަތަ: ސްޓެލްކޯއަށް ގޭގެ ފުރާޅު ކުއްޔަށް!
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!
ތ. އަތޮޅުގައި ސޯލާ ހަކަތައިން ކަރަންޓު އުފައްދަނީ
ސޯލާ ހަކަތަ ނިޒާމު ގާއިމްކުރަން އިންވެސްޓަރުން ހޯދަނީ
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
ފަހުމީގެ އަމާޒު: ސްޓެލްކޯގެ ފައިދާ 500 މިލިއަނަށް
ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް
"ހައިވޭގައި ސޯލާ ހަރުކުރަން ނިންމީ ކުރީގެ ސަރުކާރުން"