20 ޖޫން 2022
ސޯލާ ޕެނަލް ހަރުކުރަން ސްޓެލްކޯއަށް ގޭގެ ފުރާޅު ކުއްޔަށް ދީގެން އާމްދަނީ ހޯދޭނެ ސްކީމެއް "އަވިކަތަ" ނަމުގައި ލޯންޗުކޮށްފި އެވެ.
ސޯލާ ޕެނަލް ހަރުކުރަން ސްޓެލްކޯއަށް ގޭގެ ފުރާޅު ކުއްޔަށް ދީގެން އާމްދަނީ ހޯދޭނެ ސްކީމެއް "އަވިކަތަ" ނަމުގައި ލޯންޗުކޮށްފި އެވެ.
ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި މި ސްކީމް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.
މިއީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާ އެކު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މަގްސަދުގައި ފެށި ސްކީމެކެވެ.
ސްކީމުގައި ބައިވެރިވެވޭނީ ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފަސޭހައިން އަވި ލިބޭ، މަދުވެގެން 100 އަކަފޫޓު ހުންނަ ފުރާޅަކަށް ވުމާ އެކު ފުރާޅުގައި 150 ކިލޯ ބަރުދަން އުފުލާނެ ވަރު ހުންނަ ނަމަ އެވެ.
ސްޓެލްކޯގެ ސޯލާ ޕެނަލް ހަރުކޮށްފައި ހުރި ފުރާޅުތަކެއް ---ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ބުނީ ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ބަރާބަރަށް ކުލި ލިބޭނެ ކަމަށާއި ސޯލާ ހަރުކުރުމާއި މަރާމާތުކުރުމަށް އެއްވެސް ހަރަދެއް އަދި މަސައްކަތެއް ވެސް އެ ފަރާތްތަުން ކުރަންނުޖޭހޭނެ ކަމަށެވެ.
ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ހުޅުވާލާނެ އެވެ. ސްޓެލްކޯއިން ބުނީ ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހާއްސަކޮށްފައިވާ ފޯމު ފުރުމަށް ފަހު ސްޓެލްކޯގެ އޮފީހަށް ނުވަތަ avikatha@stelco.com.mv އަށް މެއިލް ކުރެވޭނެ ކަމަށެވެ.
ބައިވެރިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ސްޓެލްކޯއިން ބަލާނެ އެވެ. ޝަރުތު ހަމަވާ ނަމަ ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އަދި ކުއްޔަށް ނަގާ ފުރާޅުގެ ކުލި ކަނޑައެޅިފައިވާ ބޭންކް އެކައުންޓަކަށް ކޮންމެ މަހަކު ޖަމާކޮށްދޭނެ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކުރުމުގެ މަސައްކަތުުގެ ތެރެއިން، އެ ކުންފުނިން އިންޖީނުގެ ހިންގާ 20 ރަށެއްގައި ވަނީ ސޯލާ ޕެނަލް ހަރުކޮށްފަ އެވެ. އަދި މިހާރު ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން 4.6 މެގަ ވޮޓްގެ ހަކަތަ އެ ކުންފުނީގެ ގްރިޑަށް ވަދެ އެވެ.
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!
ފަހުމީގެ އަމާޒު: ސްޓެލްކޯގެ ފައިދާ 500 މިލިއަނަށް
ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑަށް ގުޅުވަނީ
ކަރަންޓު ބިލު ބޮޑުތަ؟ މިއޮތީ ހައްލެއް
"އަވިން އުފައްދާ ކަރަންޓުން ފީ ނަގާކަށް ނޫޅެން"
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި
އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި
5 އަހަރަށް ހެދި ހަކަތައިގެ ސިޔާސަތު އިފްތިތާހުކޮށްފި
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
ތ. އަތޮޅުގައި ސޯލާ ހަކަތައިން ކަރަންޓު އުފައްދަނީ