Roadha Mihaaru
ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް

ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

28 ނޮވެމްބަރ 2023

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮޖެކްޓް މިއަދު އިފްތިތާހުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮޖެކްޓް މިއަދު އިފްތިތާހުކޮށްފި އެވެ.

"މަގޭ ސޯލާ" ޕްރޮޖެކްޓް އިފްތިތާހުކުރީ ރޭޑިއޯ ބިލްޑިންގައި މިއަދު މެންދުރު ފަހު ބޭއްވި ހަފުލާއެއްގަ އެވެ. އެ ހަފުލާގައި މި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ އާ ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ސަރުކާރުގެ އެހެން ބައެއް މިިނިސްޓަރުންނާއި ޔުޓިލިޓީ ހިދުމަތް ދޭ ކުންފުނިތަކުގެ އިސްވެެރިން ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮޖެކްޓް މއިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި (ކ-ވ) ދިވެހިބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ އަމާޒަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގުމަށް ރާވާފައި ވަނީ ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާ އަދި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މިއަދު އިފްތިތާހު ކުރީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ގޭބިސީތަކަށެވެ. އަދި މި ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެ އެވެ.

އެ ތިން މެގަވޮޓުގެ ސޯލާ ޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކާ، ސަރުކާރުން މިއަދު ވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އާއްމުކޮށް ބީލަމަށް ހުޅުވާލައިފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ހަފުލާގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ މީހުންނަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، އިންސްޓޯލްމަންޓް އުސޫލުން ސޯލާ ޕީވީ ގަތުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި ނިޒާމުތައް ގާއިމްކުރަނީ ނެޓް މީޓަރިންގެ އުސޫލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސޯލާ ޕީވީ ނިޒާމުތައް ހަރުކުރާނީ ގޭގޭގެ ފުރާޅުގަ އެވެ.

ތޯރިގް ވިދާޅުވީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށެވެ. ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ރާއްޖެ އަށް އެތެރެކުރުމަށް އަހަރަކު 800 މިލިއަން ޑޮލަރު ދައުލަތުން ހަރަދުކުރާ އިރު، ފިއުލް ސަބްސިޑީގެ ގޮތުގައި ވެސް އަހަރަކު 2.3 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާ "މަގޭ ސޯލާ" ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެހެންވީމަ އަޅުގަނޑުމެންގެ މި ރާއްޖެ ކުރިއަރައިގެން ދާއިރު، ހަކަތަ އަށް ހޭދަކުރާ މިންވަރު ކުޑަކުރުމަކީ އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ކުރަން ޖެހޭ ކަމެއް. އެއީ ހަކަތަ އަށް މި ބޭނުންކުރާ ފައިސާ ތަރައްގީގެ އެހެން ކަމަކަށް ހަރަދުކުރެވޭ ނަމަ، މާ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ،" ތޯރިގް ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގެ އެންމެފަހު ނަތީޖާ އަކީ [އާންމުން] ކަރަންޓް ބިލަށް ކުރާ ހަރަދު ވެސް ކުޑަކުރެވުން."

ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަދި ސޯލާ ޕެނަލް ހަރުކުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އާ ސަރުކާރުގެ "ހަފްތާ 14"ގައި ހިމެނޭ ކަމެކެވެ.