Roadha Mihaaru
"12 ވަނަ ކުޅުންތެރިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުން"

12 ވަނަ ކުޅުންތެރިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުން: އިމްރާން

02 ޖޫން 2016

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދިނުމަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ގޯލްކީޕަރު އިމްރާން މުހައްމަދު އެދިއްޖެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ޔަމަނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދިނުމަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ގޯލްކީޕަރު އިމްރާން މުހައްމަދު އެދިއްޖެ އެވެ.

"ގަލޮޅު ދަނޑުގައި މިހާތަނަށް ރާއްޖެ ޓީމަށް ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ވަނީ ދިވެހި ސަޕޯޓަރުން. އެ ސަޕޯޓް މިރޭ ބޭނުންވޭ،" އިމްރާން ޓްވީޓްކޮށްފައިވެ އެވެ. "ދަނޑަށް ވަޑައިނުގެންނެވޭ ބޭފުޅުން ވެސް ޓީމަށް ކާމިޔާބީ ދެއްވުން އެދި ދުއާ ކުރުމަކީ މުހިއްމު ކަމެއް."

އިމްރާންގެ ޓްވީޓް

ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި 2007 ވަނަ އަހަރު މާލޭގައި ޔަމަނާއި ރާއްޖެ ކުޅުނު މެޗަކީ ދިވެހި ސަޕޯޓަރުންނަށް ވަރަށް ހާއްސަ މެޗެކެވެ. ޔަމަނުގެ ސަންއާގައި ކުޅުނު މެޗުން ރާއްޖެ 3-0 އިން ބަލިވެފައިވަނިކޮށް މާލޭގައި އެ ނަތީޖާ އަނބުރާލަން ނުކުތްއިރު އޮތީ ދަނޑު އޮތީ ފުރިފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޝަމްވީލް ގާސިމް (ބޮންޑާ) ފޮނުވާލި ބާރު ބޯޅައެއް ގޯލަށް ވަންއިރު، ދެ ވަނަ ހާފުގައި ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައިދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެންމެ ލަނޑެއް މަދުވެ، ދެ ލެގުން ރާއްޖެއަށް ކުރިނުލިބުމުން އެ ފަހަރު ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ނުހޮވުނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ ބައްސާމްގެ ޓްވީޓް.