ޓެކްސް އެޕީލް ޓްރައިބިއުނަަލަށް ފަސް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
29 ނޮވެމްބަރ 2020
ޓެކްސް އެޕީލް ޓްރައިބިއުނަަލަށް ފަސް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޓްރައިބިއުނަލްގައި މަސައްކަތް ކުރައްވަމުން ގެންދެވި މެމްބަރުންގެ ދައުރު އިއްޔެގެ ނިޔަލަށް ހަމަވާތީ، ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ އޮކްޓޫބަރު މަހެވެ.
މި މަގާމަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރުންނަކީ އެ ޓްރައިބިއުނަލަށް އާ ބޭފުޅުންނެވެ. މެމްބަރުން އައްޔަން ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން އެ ފަސް ބޭފުޅުންނަށް ރުހުން ދެއްވި އެވެ.
- މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް، އއ. މަތިވެރި
- ފާތިމަތު މިންހަތު އިއްޒަތު، ގ. ގޮފި، ކ. މާލެ
- ހުސެއިން ޒައިދާން، މ. ފާމްދޭރިގެ، ކ. މާލެ
- އިސްމާއިލް ސާޖިދު، މއ. ވިލާރޮދި، ކ. މާލެ
- އަހުމަދު އަޝްރަފު، ދަފްތަރު ނަންބަރު ރސ 7883
ޓްރައިބިއުނަލަށް އައްޔަނުކުރި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކަށް ފަހު މިދިޔަ ދައުރުގައި މަސައްކަތް ކުރެއްވި މުނައްވަރު ރައީސް ކަމަށް އަދި މިންހަތު ވަނީ ނައިބު ރައީސް ކަމަށް ހޮވައިފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
ދެ އިދާރާއެއްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް
"ވެރިކަން ބަދަލުވުން އޮމާންކަމާ އެކު ދަނީ މިފަހަރު"
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި