23 ނޮވެމްބަރ 2020
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މުނާފިގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ބައެއް މެމްބަރުން މިއަދު ސިފަކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މުނާފިގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ބައެއް މެމްބަރުން މިއަދު ސިފަކުރައްވައިފި އެވެ.
އިމްރާންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަަލައިގެ ބަހުސްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިމްރާނަކީ އިލްމުވެރިއެއް ކަމަށް ގަބޫލުކުރައްވާ ކަަމަށާއި އެހެެން ނަމަވެސް އެއީ "މުނާފިގު ބޭފުޅެއް" ކަމަށެވެ. އިމްރާނުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވުުމުގައި އިސްކޮށް އުޅުއްވީ ވެސް ޝިޔާމެވެ. އޭނާއާ އެކު އިދިކޮޅު 11 މެމްބަރަކު އެެ މައްސަލަ ހުށަހަޅަން ސޮއިކުރެއްވި އެވެ.
"މިއަދުގެ ހޯމް މިިނިސްޓަރުގެ ތާރީހެއް އެބަ އޮތް މުނާފިގުކަން އަޅުގަނޑުމެންނަށް ފެންނަން އޮތް ދިގު ތާރީހެއް އަޅުގަނޑުމެންނަށް އެބަ އޮތް ސިޔާސީ ތާރީހެއް،" ޝިޔާމް ވިދާޅުވި އެވެ.
އިމްރާނުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން މިއަދު ފާސްނުކޮށްފިއްޔާ މިއަދު ވާނީ ގައުމަށް ލަދުވެތި ދުވަހަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިމްރާނުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ މަޖިލީހުން މިއަދު ނިމުނީ އިމްރާނާ އެއްކޮޅަށެވެ. އޭނާގެ އިތުބާރު ނެތްކަމަށްް ފާސްކުރަން ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އިދިކޮޅު ބައެއް މެމްބަރުން މިއަދު ސިފަކުރެއްވީ އޭނާއަކީ މުނާފިގެއް ކަމަށް
އިމްރާނަކީ މުނާފިގެއް ކަމަށް ސިފަކުރައްވައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓަރުކަމުގައި އިމްރާން ބަހައްޓަން އެމްޑީޕީން މަސައްކަތް ކުރަނީ އޭނާ ވަކިކޮށްްފި ނަމަ ސަރުކާރަށް އުނދަގޫ ކުރާނެތީ ކަަމަށެވެ. އިމްރާނު ވަކިކޮށްފި ނަމަ އޭނާގެ އުނދަގުލާ ހެދި ސަރުކާރަށް ހަމަނޭވާ ނުލެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި ހަމަ މުނާފިގެއް ޝޭހު އިމްރާނަކީ. މުނާފިގުންގެ ހުރިހާ ސިފައެއް ފުރިހަމަވޭ. އެހުރިހާ ކަމަކާ އެއްކޮށް ކުރިއަށް އެދަނީ. އުޅެން ފަސޭހަކައަށް، ދުނިޔޭގެ ހެއްލުމަށް މަސަައްކަތްކުރާ ފަރާތެއް. ޝޭހެއްގެ ތާކިހާ އަޅައިގެން ގައުމު ހަލާކުކުރާ ފަސާދަކުރާ މީހެއް،" އޭނާ ވިދާޅުވި އެވެ.
އިމްރާނަަށް މިފަދަ ގޮތަކަށް ފާޑުވިދާޅުނުވިޔަސް، އޭނާގެ އިތުބާރު ނެތް ކަަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައިި އޭނާ ތަމްސީލުކުރައްވާ ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ އިތުބާރެއް ހޯމް މިނިސްޓަރަަކަށް ނެތް ކަމަށެވެ. އެދާއިރާގެ ރަށްތަކުގެ ތެރެއިން ށ. ފޭދޫގައި ކުށްކުރުން އާއްމުވެފައިވާތީ އެކަމުގެ ޝަކުވާ ތަކުރާރުކޮށް ހޯމް މިނިސްޓަރައް ހުށަހެޅުއްވި ނަމަވެސްް އެ ޝަކުވާ އަޑު ނާއްސަވާ ކަަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"ށ. ފޭދޫގެ ހާލަތު ކިހާވަރަކަށްތޯ ހޯމް މިިނިސްޓަރަށް އެެނގެނީ؟ އަޅުގަނޑުމެން އެކަން އަންގައިދިނުމުގެ ގޮތުން ކައުންސިލުން އެތައް މަސައްކަތެއް ކޮށްފި. ޖަވާބުދާރީއެއް ނުވި. ރޯމާދުވާލު ވަޅި ހިފައިގެން ގޭގެއަށް ވަދެ ބިރުދައްްކަމުން ދަނީ. މިކަން ހައްލުކުރަން ތަކުރާރުކޮށް އަޅުގަނޑުމެންނަށް މިވާހަކަތައް ދެއްކިއްޖެ މިއަދާ ހަމައަށް އައި އިރު ވެސް އަޑުއަހާނެ އެއްވެސްް ފަރާތެެއް ނެތް. ހޯމް މިިިނިސްޓަރުގެ ކަންފަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އިމްރާނުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅު މެމްބަރުން ހުށަހެޅުއްވި މައްސަލަ ބިނާކުރެއްވީ މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން ދޮގު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވާ ދޭހަވުމަށެވެ.
އިމްރާން ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި އޭނާގެ ނިޔަތަކީ އެކަން އާދައިގެ ކަމަކަށް ހެއްދެވުމެއް ނޫނެވެ. އެ މައްސަލާގައި އާންމުންނަށް އޮޅުންއެރީ މީޑިއާ އިން ކަވަރުކުރި ގޮތުން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަތަކަށް މާފަށް ވެސް އެދިވަޑައިގަތެވެ.
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަަޑައިގަންނަވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މިއަދު ވެސް ތަކުރާރުކުރެއްވީ އެވާހަކަ އެވެ.
އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައިފި
ވީޑިއޯތަކުގެ މައްސަލަ ނުބެލުމުން މަޖިލިސް ހޫނުވެއްޖެ!
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ޔާމީނަށް ވަކީލުންނާ ބައްދަލުނުވާ މައްސަލަ މަޖިލިހަށް
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"
މޯދީ ތަގްރީރު ކުރައްވާ ވަގުތާ މެދު ކަންބޮޑުވެއްޖެ
ވަޒީރުންނަށް އައްޔަނުކުރާ މެމްބަރުން އިސްތިއުފާދެއްވަނީ