27 ޖޫން 2022
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޔާސީ އިސް ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ނުބެލޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ނިންމެވުމާއެކު، އިދިކޮޅު މެމްބަރުން މަސައްކަތް ހުއްޓާލައްވައި ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޔާސީ އިސް ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ނުބެލޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ނިންމެވުމާއެކު، އިދިކޮޅު މެމްބަރުން މަސައްކަތް ހުއްޓާލައްވައި ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކާ ގުޅިގެން ކުއްލި ދެ މައްސަލައެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަތައް ބަލައިގަނެވޭނެ ޖާގައެއް ނެތް ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވީ، އެ ފޮޓޯތަކުގެ ސައްހަކަން ފުލުހުންނަށް ކަށަވަރު ނުކުރެވޭތީ އެއީ އަސްލެއް ކަމަށް ބަލައި މަޖިލީހުގައި ބަހުސް ކުރަން ޖާގަ ދެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރެއްވުމެވެ.
"ފޮޓޯއެއްގެ ޗެއިން އޮފް ކަސްޓަޑީ ނުވަތަ އެ ފޮޓޯ އުފެދިފައި އޮތް ގޮތާއި އުފެދިފައި އޮތް ހަމަތައް ދެނެނުގަނެ އެހެން މީހެއްގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި އާދަކާދަ ޖާގަ ދޭ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެ އަށް ފަހު މިއަދުގެ އެޖެންޑާގައި އޮތް ގޮތަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްއާ، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމަށް ނަޝީދު އެދިވަޑައިގަތެވެ.
ނަމަވެސް ޝިޔާމް ތެދުވެވަޑައިގެން ވިދާޅުވީ އޭނާގެ އެ ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމެވީތީ، ހިތާމަ ކުރައްވާ ކަމަށާއި ފުލުހުން ނުބުނާ ހިނދަކު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށް ރިޔާސަތުން ނިންމެވުމުން ކަންބޮޑުވާ ކަމަށެވެ.
އެކަމަކު، ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަތީ، މިއަދުގެ އެޖެންޑާގައި ބުނާ ގޮތަށް މިނިސްޓަރު އަސްލަމާ ސުވާލު ކުރެއްވުމަށެވެ. ނަމަވެސް މިނިސްޓަރާ ސުވާލު ކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ޝިޔާމް އަޑުއުފުއްލަވަން ފެއްޓެވީ އެވެ.
ޝިޔާމް ސުވާލު ކުރައްވަން ދެކޮޅު ހެއްދެވުމުން އެޖެންޑާގައި ދެވަނަ އަށް އޮތް މަސައްކަތަށް ނަޝީދު އެނބުރިވަޑައިގަތެވެ. އެއީ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު، އަސްލަމްއާ ސުވާލު ކުރެއްވުމެވެ.
ނަމަވެސް ސައީދު ވެސް ތެދުވެވަޑައިގެން ވިދާޅުވީ އިންސާފުވެރިކަމާއެކީ މަޖިލިސް ކުރިޔަށް ނުގެންދާތީ މިނިސްޓަރާ ސުވާލު ކުރައްވަން ބޭނުން ނުވާ ކަމަށެވެ.
ސައީދާއި އިދިކޮޅުގެ ފަސް މެމްބަރުން، މަޖިލީހުގެ ޗެމްބަރުގެ އިދާރީ މޭޒުގެ ކުރިމައްޗަށް ވަޑައިގެން އަޑުއުފުލައި އިހުތިޖާޖު ކުރައްވަން ފެއްޓެވި އެވެ. އަދި މަޖިލީހުގެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިޔަށް ގެންދަން ފުރުސަތެއް ނުދެއްވި އެވެ.
އެހެންކަމުން ނަޝީދު ނިންމެވީ މަޖިލިސް މެދު ކަނޑާލުމަށެވެ.
އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ ކުއްލި މައްސަލާގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތާ ހިލާފު ފާހިޝް އަމަލުތައް ހިންގި މައްސަލަ ބަލައި އަދަބު ދިނުމާއި އެކަން ހުއްޓުވައި ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއެއް ވެސް ހިމެނެ އެވެ. ފުލުހުން ގެންދަނީ ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުރުސަތެއް ލިބިއްޖެ ނަމަ ނަޝީދު ވަކިކުރާނަން: ސަލީމް
"ނުފޫޒު ފޯރުވި" އޯޑިއޯ ނަޝީދު ދިފާއު ކުރައްވައިފި
އިންޑިއާއާ އެކު ބާއްވަނީ ފަޚުރުވެރި ގުޅުމެއް: އީވާ
އިދިކޮޅުގެ ބޮޑު ބެނާއެއް ރައީސްގެ ކުރިފުޅުމައްޗަށް
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
އިމްރާނަކީ މުނާފިގެއް ކަމަށް ސިފަކޮށްފި
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި
ޔާމީނަށް ވަކީލުންނާ ބައްދަލުނުވާ މައްސަލަ މަޖިލިހަށް
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
"ވިސާ މައްސަލާގައި ނަޝީދުގެ އަމަލު ގަވާއިދާ ޚިލާފު"