13 ނޮވެމްބަރ 2020
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ގަވާއިދުގައި އެތުލީޓުންނަށް ބާރު ލިބޭގޮތަށް މިދިޔަ އަހަރު އުފެއްދި އެތުލީޓްސް ކޮމިޝަނަށް ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ އައިމިނަތު ސަޖަން ހޮވައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ގަވާއިދުގައި އެތުލީޓުންނަށް ބާރު ލިބޭގޮތަށް މިދިޔަ އަހަރު އުފެއްދި އެތުލީޓްސް ކޮމިޝަނަށް ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ އައިމިނަތު ސަޖަން ހޮވައިފި އެވެ.
ގިނަ ބާރުތަކެއް ލިބޭގޮތަށް އުފެއްދި އެތުލީޓްކްސް ކޮމިޝަނުގެ ފަރާތުން ދެން އޮންނަ އޮލިމްޕިކް ކޮމިޓީގެ އެނުއަލް ޖެނެރަލް އެސެމްބްލީގައި ސަޖަން އާއި ސާއިދު ބައިވެރިވާނެ އެވެ. މި ދެ އެތުލީޓުން ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެތުލީޓްސް ކޮމިޝަނުގެ ގޮތުގައި އެމްއޯސީގެ ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.
މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އެތުލީޓްސް ކޮމިޝަނެއް އުފެދިގެން ދިއުމަކީ ކުޅިވަރުގައި ބަސްބުނުމުގެ ހައްގު ކުޅުންތެރިންނަށް ލިބި ކުޅުންތެރިންގެ ދައުރު އިތުރަން ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
"އައިއޯސީން ފާސްވެގެންދިޔަ ކަންތައްތައް ހިމަނާލަން ޖެހުނު އޭގެ ތެރެއިން އެއް ކަންތައް އެތުލީޓު ކޮމިޝަން އަކީ. ފާހަގަކޮށްލަން ބޭނުންވޭ އަލަށް ހެދިގެން މި އައި އަސާސީ ގަވާއިދުގައި ބައިގެ ބޮޑު ބާރުތަކެއް ލިބިގެންދާނެ އެތުލީޓުންނަށް. ރާއްޖޭގެ ނެޝަނަލް ޓީމުތަކުގެ އެތުލީޓުންގެ ތެރެއިން ވޯޓަކުން ހޮވޭ މެމްބަރުން އަންނާނެ. ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމުގެ ހައްގު ލިބިގެންދާނެ. ހަމައެއާ އެކު އެތުލީޓުންނަށް އެބަ ލިބޭ އެގްޒެކްޓިވް ކޮމިޓީ އަށް މީހުން އައްޔަނުކުރުމުގެ ބާރު. އެހެންވީމަ ކުރީގައި ނުލިބޭ ވަރަށް ބައިވަރު ބާރުތަކެއް އެތުލީޓުންނަށް ލިބިގެންދާ ގޮތަށް އަސާސީ ގަވާއިދު ބައްޓަން ކުރެވިފައި މިވަނީ،" މަރޭ އޭރު ވިދާޅުވި އެވެ.
އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނުއިރުއްސުރެން ވެސް ހިމެނޭ ބައެކެވެ. އެކަމަކު މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ނެތެވެ. އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާގައި ގެނެވުނު ބަދަލުތަކާ އެކު އެތުލީޓްސް ކޮމިޝަންގެ މަސައްކަތް މިހާރު މި ވަނީ ފަށައިގަނެވިފަ އެވެ.
ސާއިދު އަކީ ރާއްޖެ އަށް މިހާތަނަށް ބައިނަލްއަގުވާމީ މުބާރާތްތަކުން މެޑަލަށާއި ކާމިޔާބަށް ބަލާއިރު އެންމެ ބޮޑެތި ވަނަތައް ހޯދައިދިން އެތުލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދު އެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.
އެ އަހަރަށް ފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން ނުލިބުނަސް ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދައި އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފަ އެވެ.
ސަޖަން އަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީ ސަރަހައްދުގެ ގޭމްސް އެއްގައި ސްވިމިން އިން ރާއްޖެ އަށް ގެނައި ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ. އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ އިތުރުން އެ މުބާރާތުގައި ވެސް ވާދަކުރި ސަޖަން ވަނީ ރާއްޖޭގެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ރާއްޖޭގެ ގިނަ ފެތުމުގެ ރެކޯޑްތަކެއް ވެސް މީގެ ކުރިން ހަދައިފަ އެވެ.
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން
އޮލިމްޕިކްސްއާ މެދު ސުވާލު އުފެދި ތައްޔާރީތަކަށް ހިޔަނި
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
އޮލިމްޕިކްސްގައި ބައިވެރިވުމަކީ ފަހުރެއް: ސަޖަން
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!
އުލްޔާގެ ހީޓުން ރާއްޖޭން ނިންމާލީ އުންމީދާ އެކު
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު