13 ނޮވެމްބަރ 2020
ބީނޯޒް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 13) - ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި ރޭ އާޖެންޓީނާ އިން އަމިއްލަ ދަނޑުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ބީނޯޒް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 13) - ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި ރޭ އާޖެންޓީނާ އިން އަމިއްލަ ދަނޑުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ރޭގެ މެޗު ފަށައިގެން 22 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޕެރަގުއޭ އަށް ލީޑުނަގައިދިނީ އެންހެލް ރޮމޭރޯ އެވެ. މިއީ ޕެރަގުއޭގެ މިގޭލް އަލްމިރޯން އަށް އޭރިއާތެރެއިން އާޖެންޓީނާގެ ލޫކަސް މާޓިނޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އާޖެންޓީނާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 41 ވަނަ މިނިޓްގަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ނިކޮލަސް ގޮންޒާލޭޒް އެވެ، މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޖެންޓީނާގެ ޖިއޮވާނީ ލޮ ސެލްސޯ ނަގައިދިން ކޯނަރަކުން ބޮލުން ގޮންޒާލޭޒް ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. ލޮ ސެލްސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ޖެހި މި ގޯލު ބަލައިނުގަންނަން ރެފްރީ ނިންމި ސަބަބަކީ އެ އެޓޭކް ފެށިއިރު އާޖެންޓީނާގެ ގޮންޒާލޭޒް ޕެރަގުއޭ ކުޅުންތެރިއަކަށް ފައުލުކޮށްފައިވުމުންނެވެ. ރެފްރީގެ އެ ނިންމުމާ މެދު އާޖެންޓީނާގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ފަހުން ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ ރޭގެ މެޗުގައި ޕެރަގުއޭ ގޯލުގައި މޮޅު ކުޅުމެއް ދެއްކި އެންތަނީ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.
ކޮލިފައިންގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާ އެކު އާޖެންޓީނާ އެއް ވަނައިގައި އޮތްއިރު، މިރޭގެ މެޗުތަކަށް ފަހު އެ މަގާމު އެ ޓީމަށް ގެއްލުމުގެ ފުރުސަތު ބޮޑެވެ. ކޮލަމްބިއާ އާއި އެކުއެޑޯ އަދި ބްރެޒިލަށް އާޖެންޓީނާ އަށް ވުރެން މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަނިޔާގެ ސަބަބުން ބްރެޒިލްގެ ނޭމާ މިރޭ އެ ޓީމުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެ އެވެ.
އާޖެންޓީނާ ދެން ކުޅޭ މެޗުގައި ނުުކުންނާނީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ޕެރޫއާ ދެކޮޅަށެވެ.
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ސަޕޯޓަރުންގެ ހަމަނުޖެހުމެއް، ބްރެޒިލަށް ހިތި ބައްޔެއް
ޑިއާޒްގެ ގޯލުތަކާއެކު ބައްޕަގެ ލޮލުން އުފަލުގެ ކަރުނަ
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި
ބްރެޒިލް އާއި އާޖެންޓިނާގެ މެޗު އަލުން ނުކުޅެނޭ
ޗިލީ އަށް މިއަހަރުގެ ވޯލްޑް ކަޕުގެ އުންމީދު ކުޑަވެއްޖެ
މެސީ ގައުމީ ޓީމަށް ނުނެގީ ކޮވިޑްގެ ސަބަބުން
އޮޓަމެންޑީއަށް އަދަބު ނުދިނުމުން ރެފްރީން ސަސްޕެންޑް
ނެދަލެންޑްސް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް
ބްރެޒިލްގެ ހެލްތު އޮތޯރިޓީން މެޗު ހުއްޓުވައިފި